12 ޑިސެމްބަރ 2021
އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) ގައި މިހާރު ތިއްބެވި މެމްބަރުންނަށް ނުފޫޒު ފޯރުވޭ ކަމުގެ ތުހުމަތެއް ނެތެވެ؛ މިހާތަނަށް ކުރިއަށް ނެރުނީ މިނިވަންކަމެވެ. އެކަމަކު މައްސަލަތައް ތަހުގީގު ކުރުން ލަސްވެ، ނަތީޖާ ނުނެރެވޭތީ މަގާމުން ވަކިކުރުމުގެ މަރުހަލާ ފަށަން ރައްޔިތުންގެ މަޖިލީހުގެ ކޮމިޓީން ވަނީ ފާސްކޮށްފަ އެވެ. މިއާއެކު، ކޮމިޓީގެ ނިންމުމަށް ކޮމިޝަނުން ރައްދު ވެސް ދީފި އެވެ.
އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) ގައި މިހާރު ތިއްބެވި މެމްބަރުންނަށް ނުފޫޒު ފޯރުވޭ ކަމުގެ ތުހުމަތެއް ނެތެވެ؛ މިހާތަނަށް ކުރިއަށް ނެރުނީ މިނިވަންކަމެވެ. އެކަމަކު މައްސަލަތައް ތަހުގީގު ކުރުން ލަސްވެ، ނަތީޖާ ނުނެރެވޭތީ މަގާމުން ވަކިކުރުމުގެ މަރުހަލާ ފަށަން ރައްޔިތުންގެ މަޖިލީހުގެ ކޮމިޓީން ވަނީ ފާސްކޮށްފަ އެވެ. މިއާއެކު، ކޮމިޓީގެ ނިންމުމަށް ކޮމިޝަނުން ރައްދު ވެސް ދީފި އެވެ.
ކޮމިޝަންގެ ރައީސް މަރިޔަމް ޝިއުނާ ވިދާޅުވެފައި ވަނީ ނުފޫޒު ނުފޯރުވައި، މަސައްކަތް ކުރަން އޭސީސީ އަށް ޖާގަ ދޭން ޖެހޭ ކަމަށެވެ. ފުނިޖެހިފައި ހުރި މައްސަލަތައް ނިންމަން ވަސީލަތްތައް ހަމަޖައްސައިދޭން ޖެހޭ ކަަމަށް ވެސް ވިދާޅުވި އެވެ.
އޭސީސީގެ މެމްބަރުން ވަކިކުރުމުގެ މަރުހަލާ ފަށަން މަޖިލީހުގެ މިނިވަން މުއައްސަސާތަކާ ބެހޭ ކޮމިޓީން މިދިޔަ ބުރާސްފަތި ދުވަހު ނިންމީ މަޖިލިސް ޗުއްޓީގައި އޮއްވަ އެވެ. އެހެންކަމުން، ކޮމިޓީގެ މި ނިންމުން މަޖިލީހުގެ ތަޅުމުގައި އިއުލާންކޮށް، އަލުން އެ މަސައްކަތް މަޖިލީހުގެ ކޮމިޓީން ނިންމުމާ ހަމައަށް އެ ކޮމިޝަންގެ މެމްބަރުން މަގާމުގައި ދެމިތިއްބަވާނެ އެވެ.
ވަކިކުރަން ނިންމާފައި ތިބި މެމްބަރުން އެ މުއްދަތުގައި ތަހުގީގުތައް ނުފޫޒެއް ނެތި ކުރިއަށް ގެންދާނެ ކަމާ މެދު ސުވާލު އުފެއްދުމުގެ ޖާގަ ލިބެ އެވެ. މުއައްސަސާގެ މިނިވަންކަމާއި ތަހުގީގު ނިންމައި ދައުވާކުރަން ފޮނުވާ މައްސަލަތަކާ މެދު ޝައްކު އުފައްދާނެ ޖާގަ ވެސް އެބަ ލިބެ އެވެ.
ބޮޑެތި ފާޑުކިއުންތަކާއި އިންޒާރުތަކާއެކު، މެމްބަރުން ވަކިކުރުމުގެ މަރުހަލާ ފަށަން ފާސްކުރުމަށް ފަހު ވެސް ތަހުގީގު ކުރުމާއި ދައުވާ އުފުލަން ފޮނުވުމުގެ ފުރުސަތު ލިބިފައި ވުމަކީ، މުއައްސަސާގެ މިނިވަންކަމާ މެދު އުފެއްދޭނެ ޖާއިޒު، ސުވާލެއް ކަމަށް މިނިވަން މުއައްސަސާތަކާ ބެހޭ ކޮމިޓީގެ މުގައްރިރު ރޮޒައިނާ އާދަމް (ރޮޒޭ) ވެސް ގަބޫލު ކުރައްވަ އެވެ.
އޭނާ ވިދާޅުވި ގޮތުގައި ވަކިކުރުމުގެ މަރުހަލާގެ ތެރޭގައި، ފަހުން ސުވާލު އުފެއްދިދާނެ ކަންކަން ކޮމިޝަންގެ މެމްބަރުންނަށް ކުރެއްވިދާނެ ގޮތަށް އޮންނަނީ މަޖިލީހުގެ ގަވާއިދުގެ އުނިކަމެއްގެ ސަބަބުންނެވެ. އެކަން އިސްލާހުކުރަން ޖެހޭ ކަމަށް އޭނާ ދެކެވަޑައިގަންނަވަ އެވެ.
މީގެ ކުރިން، ހިއުމަން ރައިޓްސް ކޮމިޝަނާއި ސިވިލް ސާވިސް ކޮމިޝަންގެ މެމްބަރުން ވަކިކުރަން ނިންމި އިރު ވެސް މި ކަންބޮޑުވުން އުފެދުނު ކަަމަށް އޭނާ ވިދާޅުވި އެވެ.
އޭނާ ވިދާޅުވި ގޮތުގައި މިނިވަން މުއައްސަސާއެއްގެ މެމްބަރުންނާ ގުޅޭ ތަހުގީގެއް ހިންގާ ނަމަ އެންމެ ރަނގަޅު ގޮތަކީ ވަކިކުރަން ކޮމިޓީން ފާސްކުރުމަށް ފަހު، ތަޅުމަށް ފޮނުވުމެވެ. ވަކިކުރުމުގެ މަރުހަލާ ފަށަން ނިންމިކަން ތަޅުމުގައި އިއުލާނުކޮށް އަލުން އަނެއްކާ ކޮމިޓީން ތަހުގީގު ހިންގުމަށް ފަހު، މަޖިލީހުން ފާސްކުރުމަކީ މުޅި ޕްރޮސެސް ދިގުލައިގެންދާ ކަމެއް ކަމަށް ވިދާޅުވި އެވެ.
އޭނާ ވިދާޅުވި ގޮތުގައި އެ ސުވާލު ނުއުފެއްދޭ ގޮތަށް މަޖިލީހުގެ ގަވާއިދަށް އިސްލާހު ގެންނަން ޖެހެ އެވެ.
ރޮޒެއިނާ ވިދާޅުވީ މަޖިލީސް ރިސެސްގައި އޮއްވައި އޭސީސީގެ މެމްބަރުން ވަކިކުރުމުގެ މަރުހަލާ ފަށަން ނިންމީ އޮޑިޓް ރިޕޯޓުން ބޮޑެތި ގޯސްތަކެއް ފެނުމުން އެކަން ބަލަން ޖެހޭ ކަމަށް މެމްބަރުންނަށް ފެނިވަޑައިގަތުމުން ކަމަށެވެ. އޭސީސީން މައްސަލަތައް ނުބެލި ލަސްވާތާ ވަރަށް ގިނަ ދުވަސްވެފައިވާތީ ތަކުރާރުކޮށް ވެސް ކޮމިޓިއަށް ހާޒިރުކޮށްފައިވެ އެވެ. ކޮންމެ ފަހަރަކުވެސް ތާރީހުތަކެއް ދިން ކަން ފާހަގަކުރެއްވި އެވެ.
"ދެ އަހަރުވި އިރު ވެސް އެދެވޭ ނަތީޖާއެއް ނުފެނި އޮތީ. ކޭސްތައް ޕްރޮސިކިއުޓް ކުރަން ނުފޮނުވި ބައިވަރު އެބަހުރި. މި ގޮތަށް ދޫކޮށްލައިގެން ތިބުމަކީ ކޮމިޓީން ވެސް އަމަލުކުރާ ޒިންމާދާރު ގޮތަކަށް ނުވާނެތީ ހައްލަކަށް މަސައްކަތް ކުރަން ޖެހޭ ކަމަށް މެމްބަރުން ގަބޫލުކުރޭ،" އޭނާ ވިދާޅުވި އެވެ.
ދެ މަސް ދުވަހުގެ ޗުއްޓީއަކަށް ފަހު، މަޖިލީގުގެ ޖަލްސާތައް ފަށާނީ އަންނަ އަހަރުގެ ފެބްރުއަރީ މަހުގެ ކުރީކޮޅުގަ އެވެ.
ކޮމިޝަން ބަދަލުކުރުމުގެ ފުރުސަތު އޮންނަ ގޮތަށް މިނިވަން މުއައްސަސާތަކަށް ތަހުގީގު ކުރިއަށް ގެންދެވޭނީ މަޖިލީހުގެ ތަޅުމުގައި އިއުލާން ކުރުމަށް ފަހު އެވެ.
ކޮމިޓީގެ ނިންމުން މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދަށް ލިބިވަޑައިގަތުމުން ރިސެސް ތެރޭގައި ޖަލްސާއެއް ބޭއްވުން އޮތީ އެ މަނިކުފާނާ ހިސާބުގައި ކަން ރޮޒެއިނާ ފާހަގަކުރެއްވި އެވެ.
"އަސްލު އަޅުގަނޑު ދެކޭ ގޮތުގައި ފުރަތަމަ އިންވެސްޓިގޭޝަން ކުރިއަށް ގެންގޮސްފައި ނަތީޖާ އަށް ބެލުމަށް ފަހު ދާން ވާނީ ތަޅުމަށް. އެކަމަކު މިހާރު ތަޅުމަށް އެ ވާހަކަ އިއުލާން ކުރަން ދިއުމަކީ މުހިއްމު މަރުހަލާއެއް ކަމަށް ނުދެކެން. މީގެ ސަބަބުން ނުނިކުންނަން ޖެހޭ ގޯސް ނަތީޖާތަކެއް ނުކުތުމަކީ އެކަށީގެންވާ ކަމެއް،" ރޮޒައިނާ ވިދާޅުވި އެވެ.
"އިންވެސްޓިގޭޝަނެއް ނުނިންމައި ފޮނުވީމާ މަސައްކަތް ކުރަން ތިބޭ މީހުންނަށް ވެސް އުނދަގޫތަކެއް ކުރިމަތިވޭ."
އޭސީސީގެ މެމްބަރުންގެ ޕާފޯމަންސް އޮޑިޓުގައި ވަނީ އޭސީސީއަށް މައްސަލަތައް ނުބެލޭ ކަމާއި ކޮމިޝަނުގެ ބާރު ވެސް ބޭނުން ނުކުރާ ކަން ފާހަގަކޮށްފަ އެވެ. ބައެއް މައްސަލަތައް ތިން އަހަރުވެފައިވާ އިރު އެ އަދަދު 300 އަށް އަރާ ކަމަށް އޮޑިޓުގައި ބުންޏެވެ. މި އޮޑިޓް މި ހަފުތާގައި އާއްމުކުރަން ވަނީ ނިންމައިފަ އެވެ.
އޭސީސީގައި ކޮރަޕްޝަން ހިންގިކަމުގެ ތުހުމަތުތައް!
އޭސީސީ އަށް އައްޔަން ކުރަން ފޮނުވި ނަންތައް ފާސްކޮށްފި
އޭސީސީއެއް ނެތް، ކަންބޮޑުވާ މީހަކު ވެސް ނެތް؟
ކޮމިޓީގެ ތުހުމަތަށް މެމްބަރުން ޖަވާބުދާރީވެވަޑައިގެންފި
އޭސީސީ ލަސް، ދައުވާކުރަން ފޮނުވީ 1ޕަސެންޓަށް: އޮޑިޓް
އޭސީސީގެ މެމްބަރުން ވަކިކުރުމުގެ މައްސަލަ ކޮމިޓީއަށް
ކޮރަޕްޝަންގެ 35 މައްސަލައެއްގައި މިއަހަރު ދައުވާކުރަނީ
ހިޔާނާތުގެ "ބޮޑު މައްސަލައެއް" އޭސީސީން ބަލަނީ
ބޮޑު ހިޔާނާތް:އެއް އަހަރުން ވެސް މައްސަލަތައް ނުނިމޭނެ
އޭސީސީ ލަސްކަމުން އިތުބާރު ގެއްލެނީ؟!