Roadha Mihaaru
ޖަމަލުގެ ރީތީގެ މުބާރާތުގައި ވެސް އޮޅުވާލުން

ޖަމަލުގެ ރީތީގެ މުބާރާތުގައި އޮޅުވާލުމުން 40 ޖަމަލެއް ޑިސްކޮލިފައިކޮށްފި

11 ޑިސެމްބަރ 2021

ސައޫދީ އަރަބިއްޔާގެ ކެމެލް ކުލަބުން އިންތިޒާމުކޮށްގެން ޖަމަލުތަކާ އެކު ބާއްވާ އެންމެ ބޮޑު ރީތީގެ މުބާރާތުގެ ތެރޭގައި ވެސް މަކަރާއި އޮލުވާލުމުގެ އަމަލުތަކާ ހެދި އެ އިވެންޓުން 40 އަށް ވުރެ ގިނަ ޖަމަލު ޑިސްކޮލިފައި ކޮށްފި އެވެ.

އަހުމަދު އަދްޝަން އަހުމަދު އަދްޝަން

ސައޫދީ އަރަބިއްޔާގެ ކެމެލް ކުލަބުން އިންތިޒާމުކޮށްގެން ޖަމަލުތަކާ އެކު ބާއްވާ އެންމެ ބޮޑު ރީތީގެ މުބާރާތުގެ ތެރޭގައި ވެސް މަކަރާއި އޮލުވާލުމުގެ އަމަލުތަކާ ހެދި އެ އިވެންޓުން 40 އަށް ވުރެ ގިނަ ޖަމަލު ޑިސްކޮލިފައި ކޮށްފި އެވެ.

އެ ގައުމުގެ މީޑިއާތަކުން ބުނީ 40 ދުވަހުގެ މުއްދަތަށް ދެމިގެންދާ ގޮތަށް މި މަހު 1 ގައި ފެށި "ކިންގް އަބްދުލްއަޒީޒު ކެމެލް ފެސްޓިވަލް" އިން 40 ޖަމަލެއް ޑިސްކޮލިފައިކުރީ އެ އެއްޗެހީގެ ސިފަ އާއި ހަށިގަނޑުގެ ބައްޓަން ރީތިކުރަން ކޮސްމެޓިކް އެކި ކަހަލަ ޕްރިސީޖާތައް ހަދާފައިވާކަން ފާހަގަކުރެވިގެންނެވެ.

އެގޮތުން ބައެއް ޖަމަލުތަކަށް ބޮޓޮކްސް ޖަހައި ބޮލާއި ކަނދުރާ އާއި ބަނޑު ފަދަ ތަންތަނުގެ ބައްޓަން ރީތިކުރަން މަސައްކަތް ކޮށްފައިވާކަން ކަމާ ގުޅުން ހުރި ސްޕެޝަލިސްޓުންގެ އެހީގައި ފާހަގަކުރެވިފައި އެވެ.

ހަމަމިއާ އެކު ޖަމަލުތަކުގެ ތުންފަތާއި ނޭފަތާއި ދަތްދޮޅި ފަދަ ތަންތަނުގެ ސިފަ އަށް ބަދަލު ގެނެސް، އެ އެއްޗެހީގެ ބައެއް ގުނަވަންތައް ތަންތަން ބޮޑުކުރަން ވެސް އެކި ކަހަލަ ކަންކަން ކޮށްފައިވާކަން ފާހަގަ ކުރެވިފައިވެ އެވެ.

އިނާމަކަށް 66 މިލިއަން ޑޮލަރު ލިބޭ މި މުބާރާތުގައި ބައިވެރިކުރި ޖަމަލުތަކެއްގެ ސިފަ ރީތިކުރަން ކޮސްމެޓިކް ޕްރޮސީޖާތަކެއް ހަދާފައިވާކަން ޖަޖުން ފާހަގަ ކުރުމާ ގުޅިގެން ކެމެލް ކުލަބުން ބުނީ އެކަން ސީރިއަސްކޮށް ބަލާނެ ކަމަށެވެ. އަދި މުބާރާތުގެ ތެރޭގައި މަކަރާއި އޮޅުވައިލުމުގެ ކަންކަން ކުރާ ނަމަ އެފަދަ ފަރާތްތަކަ ފިޔަވަޅު ވެސް އަޅާނެ ކަމަށް ބުންޏެވެ.

ޖަމަލުގެ ރީތީގެ މުބާރާތުގެ ތެރެއިން ފެންމަތި މި މައްސަލައާ ގުޅިގެން ޖަނަވާރުންގެ ހިމާޔަތަށް މަސައްކަތްކުރާ ބޮޑެތި ބައެއް ޖަމާއަތްތަކުން ވެސް މިހާރު ވަނީ އެކަމަށް ފާޑުކިޔައި، ޖަނަވާރުންނަށް އިހާނެތިކޮށް ހިތުން ހުއްޓާލަން ގޮވާލައިފަ އެވެ.

އެގޮތުން ޕީފަޕް ފޯ ދި އެތިކަލް ޓްރީޓްމަންޓް އެނިމަލްސް (ޕީޓާ) އޭޝިއާގެ ސީނިއާ ވައިސް ޕްރެޒިޑެންޓް ޖޭޒަން ބޭކާ ވިދާޅުވީ ސައުދީގައި ކުރިއަށް ޖަމަލުގެ ރީތީގެ މުބާރަތަކީ ވަރަށް ދަށު ދަރަޖައިގެ ކަމެއް ކަމަށެވެ.

"އެފަދަ ތާކުންތާކު ނުޖެހޭ ކަންކަން ކުރުން ހުއްޓާލަން ޖެހޭ އަދި ޖަނަވާރުންނަށް އިހާނެތިކޮށް ކަންކަން ކުރަން ހިތްވަރު ލިބޭ ކަހަކަ ކަންކަން ބަލައެއް ވެސް ނުގަނެވޭނެ." އޭނާ ވިދާޅުވި އެވެ.

ޖޭޒަން ވިދާޅުވި ގޮތުގައި މެދުއިރުމައްޗާއި އޭޝިއާގެ ގައުމުތަކުގައި މިފަދަ ކަންކަން ކުރާތީ ޖަނަވާރުންގެ ހިމާޔަތަށް އެ ސަރަހައްދުތަކުގައި ކުރެވޭ މަސައްކަތްތައް މިހާރަށް ވުރެ ބޮޑަށް ފުޅާކޮށް ހަރުދަނާ ވެސް ކުރަން ޖެހެ އެވެ.

"ކިންގް އަބްދުލްއަޒީޒު ކެމެލް ފެސްޓިވަލް" ބާއްވަމުން އަންނަތާ މިއީ 15 ވަނަ އަހަރެވެ.