05 ޖޫން 2016
ކުރީގެ ނައިބު ރައީސް އަހްމަދު އަދީބު ފިސްތޯލަ ގެންގުޅުނު ކަމަށް ބުނެ ކުރާ ދައުވާގައި އޭނާގެ މައްޗަށް މިރޭ ހުކުމް ކުރުމަށް ކްރިމިނަލް ކޯޓުން ތާވަލްކޮށްފި އެވެ.
ކުރީގެ ނައިބު ރައީސް އަހްމަދު އަދީބު ފިސްތޯލަ ގެންގުޅުނު ކަމަށް ބުނެ ކުރާ ދައުވާގައި އޭނާގެ މައްޗަށް މިރޭ ހުކުމް ކުރުމަށް ކްރިމިނަލް ކޯޓުން ތާވަލްކޮށްފި އެވެ.
މިރޭ 8:00 ގައި އޮންނަ ހުކުމް ކުރުމުގެ ޝަރީއަތުގެ މަޖިލިސް ވަނީ ސިއްރުކޮށްފަ އެވެ.
މިދިޔަ އަހަރުގެ މެއި މަހުގެ ފުރަތަމަ ދުވަހު އަދީބު ފިސްތޯލަ ގެންގުޅުނު ކަމަށް ބުނެ ކުރާ ދައުވާގެ ޚުލާސާ ބަޔާން ހުށަހެޅި އަޑުއެހުން ވެސް ކުރިއަށް ގެންގޮސްފައިވަނީ އާންމުކޮށް، ހުޅުވާ ނުލައި ސިިއްރުކޮށްގެންނެވެ. އެއީ ގައުމީ ސަލާމަތަށް ނުރައްކާވެދާނެތީ ކަމަށް ކޯޓުން ބުންޏެވެ.
އަދީބު ފިސްތޯލަ ގެންގުޅެނިކޮށް ދުށް ކަމަށް ދެ މީހަކު ހެކިބަސް ދީފައިވާއިރު، އެ ފިސްތޯލަ މިހާތަނަށް ވެސް ފުލުހުންނަށް ހޯދިފައެއް ނުވެ އެވެ. އެ ދައުވާ ސާބިތުވެއްޖެ ނަމަ، ދިގު މުއްދަތުގެ ހުކުމެއް އަދީބަށް އަންނާނެ އެވެ. އަދީބު ފިސްތޯލަ ގެންގުޅުނު މައްސަލައިގެ އިތުރުން ފަސް މިލިއަން ޑޮލަރަށް ޚިޔާނާތްތެެރިވި ކަމަށް ބުނެ އަދީބާއި އޭނާގެ ގާތް ދެ ބޭފުޅުން ކަމަށްވާ އަބްދުﷲ ޒިޔަތާއި ހާމިދު އިސްމާއިލަށް ކުރާ ދައުވާގެ ފަހު އަޑުއެހުން ވެސް މިއަދު މެންދުރު ބާއްވަން ވަނީ ތާވަލްކޮށްފަ އެވެ. އެ މައްސަލައިގެ އަޑުއެހުން ވެސް ވަނީ ސިއްރުކޮށްފަ އެވެ.
އަދީބުގެ 12 އަށްވުރެ ގިނަ މައްސަލަ ޕީޖީއަށް ފޮނުވަނީ
ލޯންޗު ގޮއްވާލި މައްސަލާގައި އަދީބުގެ ހުކުމް ބާތިލް!
ޖަލު ހުކުމް ތަންފީޒުކޮށް ނިމި ފަޔާޒް މިނިވަންވެއްޖެ
އަދީބަށް ކުރާ ދެ ދައުވާއެއްގެ ފަހު އަޑުއެހުން މާދަމާ
"ފިނިފެންމާ" މައްސަލައިގެ ޝަރީއަތް ވެސް ސިއްރުކޮށްފި
އަދީބުގެ ދެ ޝަރީއަތެއް ސިއްރުކޮށްފި
ޖިހާދު ދައުވާ އަށް އިންކާރު ކުރައްވައިފި
ސަން ކުންފުންޏާ ދެކޮޅު ހެކިންނަށް އަދީބާއި ޒިޔަތު
ފަނޑިޔާރުން ރަތަށް: މިއީ ކުޅިވަރެއް ނޫން!
އަދީބުގެ އެރުމާއި ވެއްޓުން، ކޮން އިބުރަތެއް؟