08 ޑިސެމްބަރ 2021
ހުޅުމާލެ ދެވަނަ ފިޔަވަހީގެ ހިޔާ ފްލެޓްތައް ހިމެނޭ ސަރަހައްދުގައި އިދިކޮޅު ޕީޕީއެމް/ޕީއެންސީ ކޯލިޝަނުން އަންނަ ހުކުރު ދުވަހުގެ ރޭ ބާއްވަން އުޅޭ "ކޮތަރު ކޮށި" ޖަލްސާ ހުއްޓުވަން ފުލުހުން ނުކުމެފައި ވާތީ ގާނޫނީ ގޮތުން ފުލުހުން ޖަވާބުދާރީ ކުރުވާނެކަމުގެ އިންޒާރު، މާލޭގެ މޭޔަރު ޑރ. މުހައްމަދު މުއިއްޒު ދެއްވައިފަ އެވެ.
ހުޅުމާލެ ދެވަނަ ފިޔަވަހީގެ ހިޔާ ފްލެޓްތައް ހިމެނޭ ސަރަހައްދުގައި އިދިކޮޅު ޕީޕީއެމް/ޕީއެންސީ ކޯލިޝަނުން އަންނަ ހުކުރު ދުވަހުގެ ރޭ ބާއްވަން އުޅޭ "ކޮތަރު ކޮށި" ޖަލްސާ ހުއްޓުވަން ފުލުހުން ނުކުމެފައި ވާތީ ގާނޫނީ ގޮތުން ފުލުހުން ޖަވާބުދާރީ ކުރުވާނެކަމުގެ އިންޒާރު، މާލޭގެ މޭޔަރު ޑރ. މުހައްމަދު މުއިއްޒު ދެއްވައިފަ އެވެ.
އެޗްޑީސީގެ ހުއްދަ ނުހޯދައި ހިޔާ ފްލެޓްތައް ހުންނަ ސަރަހައްދުގައި ޖަލްސާއެއް ބާއްވަން އުޅޭތީ، އެ ކުންފުނީގެ އެދުމަށް ފުލުހުން ވަނީ އެ ޖަލްސާ ހުއްޓުވުމަށް މިއަދު ހަވީރު ނުކުމެފަ އެވެ.
މިކަމާ ގުޅިގެން މުއިއްޒު މިރޭ ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ، މާލޭ ސިޓީ ކައުންސިލްގެ އިހުތިސާސްގެ ތެރޭގައި ހިމެނޭ ސަރަހައްދެއްގައި ސިޔާސީ ޕާޓީއަކުން ޖަލްސާއެއް ބާއްވަން އެދުމުން، ކައުންސިލުން އެކަމަށް ހުއްދަދީފައި ވަނިކޮށް، ފުލުހުން ނުކުމެ އެކަމަށް ހުރަސްއަޅަމުން ދާތީ، ގާނޫނީ ގޮތުން ފުލުހުން ޖަވާބުދާރީ ކުރުވާނެ ކަމަށެވެ.
އެޗްޑީސީން ފުލުހުންގެ ކިބައިން އެދިފައި ވަނީ ހުޅުމާލޭ ދެވަނަ ފިޔަވައްސަކީ އެ ކުންފުނީގެ އިހުތިސާސް ހިނގާ ތަނަކަށްވެފައި، އެފަދަ ހަރަކާތްތައް އެތަނުގައި ބޭއްވޭނީ އެ ކުންފުނީގެ ހުއްދަ ލިބިގެން ކަމަށް ވާތީ، އެކަން ހުއްޓުވައިދިނުމަށެވެ.
މި ޖަލްސާ އަށް ތައްޔާރުވުމުގެ ގޮތުން މިއަދު ހަވީރު އެ ސަރަހައްދުގައި ދިދަ ޖަހަމުން ދަނިކޮށް ފުލުހުން ނުކުމެ ވަނީ އެކަން ހުއްޓުވައިފަ އެވެ.
ހިޔާ ފްލެޓް ސަރަހައްދުގައި ޖަލްސާ ބާއްވަން އެއްވެސް އިއުތިރާޒެއް ނެތް ކަމަށް މާލޭ ސިޓީ ކައުންސިލުން ބުންޏަސް، އެޗްޑީސީން ވަނީ އެ ސަރަހައްދުގައި ޖަލްސާއެއް ބާއްވަން އެ ކުންފުނީގެ ހުއްދަ އަށް އެދިފައި ނުވާ ކަމަށް ބުނެފަ އެވެ. އެހެންވެ، އޮންނަ އުސޫލުގެ ދަށުން ހުއްދަ ހޯދުމަށް އެ ކުންފުނިން އިލްތިމާސްކުރި އެވެ.
ސިޓީ ކައުންސިލާއި އެޗްޑީސީގެ ކޯޅުންގަނޑު ބޮޑުވެފައިވާއިރު، ސިޓީ ކައުންސިލުން މިއަދު ވަނީ އެ ކުންފުންޏަށް ރަޖިސްޓަރީކޮށްފައިވާ ހުޅުމާލޭގެ ރަޖިސްޓަރީ ވެސް ބާތިލުކޮށް، ކައުންސިލުގެ ދަށަށް މުޅި ހުޅުމާލެ ބަދަލުކުރަން ފާސްކޮށްފަ އެވެ.
އެޗްޑީސީ އުވާލަން ޖެހޭ: މުއިއްޒު
ހިޔާ ފްލެޓްގެ އަގުކުޑަކޮށްފި ނަމަ ގެއްލުންވާނެ: އޮޑިޓް
ހިއްކަން އުޅޭ ފަޅަކީ އާބަންކޯގެ ތަނެއް ނޫން: މުއިއްޒު
ރޯދަމަހަށް ހުޅުމާލެ 2 ގައި ވަގުތީ މާރުކޭޓެއް ހަދަނީ
މާލޭގެ މީހުންނަށް ހުޅުމާލެއިން ހިލޭ ގޯތި ދޭން އެދިއްޖެ
ކައުންސިލްގެ ބަޔާންތަކާ ހެދި ގެއްލުންވޭ: އެޗްޑީސީ
ބިންވިއްކުމުގެ ސިޔާސަތު ބަދަލުކުރޭ: ސިޓީ ކައުންސިލް
ރަޖިސްޓްރީއާ ގުޅޭ އަމުރު ސިވިލް ކޯޓަށް ނުނެރެވޭނެ
ހުޅުމާލޭގެ ބިމުގެ ރަޖިސްޓަރީގެ މައްސަލަ ޝަރީއަތަށް
ރަޖިސްޓްރީއާ ހެދި ލޯނުތައް ޑިފޯލްޓްވެދާނެ: އެޗްޑީސީ