08 ޑިސެމްބަރ 2021
އެޗްޑީސީ އަށް ހުޅުމާލޭގެ ދެ ފޭސް ރަޖިސްޓްރީކޮށްދީ މާލޭ ސިޓީ ކައުންސިލް ހަދައިދީފައިވާ ރަޖިސްޓްރީ މިއަދު ބާތިލްކޮށް ކައުންސިލުން ބުނަމުން ދަނީ ހުޅުމާލެ އަކީ އެ ކައުންސިލްގެ އިހްތިސާސްގެ ތެރޭގައިވާ އެ ކައުންސިލްގެ ބާރު ހިނގާ ތަނެއް ކަމަށެވެ. އެކަމަކު ހުޅުމާލެ އާއި އެޗްޑީސީގެ އުފެދުމާ ބެހޭ ގޮތުން ނިންމާފައި ހުރި ކަންކަމަށް ބަލާއިރު ކައުންސިލުން އެ ބުނާހާ ފަސޭހައިން އަދި މިކަން ވާނެ ކަމަކަށް ނުފެނެ އެވެ.
އެޗްޑީސީ އަށް ހުޅުމާލޭގެ ދެ ފޭސް ރަޖިސްޓްރީކޮށްދީ މާލޭ ސިޓީ ކައުންސިލް ހަދައިދީފައިވާ ރަޖިސްޓްރީ މިއަދު ބާތިލްކޮށް ކައުންސިލުން ބުނަމުން ދަނީ ހުޅުމާލެ އަކީ އެ ކައުންސިލްގެ އިހްތިސާސްގެ ތެރޭގައިވާ އެ ކައުންސިލްގެ ބާރު ހިނގާ ތަނެއް ކަމަށެވެ. އެކަމަކު ހުޅުމާލެ އާއި އެޗްޑީސީގެ އުފެދުމާ ބެހޭ ގޮތުން ނިންމާފައި ހުރި ކަންކަމަށް ބަލާއިރު ކައުންސިލުން އެ ބުނާހާ ފަސޭހައިން އަދި މިކަން ވާނެ ކަމަކަށް ނުފެނެ އެވެ.
ރަޖިސްޓްރީ ބާތިލްކޮށްލުމުން، ހުޅުމާލެ އަކީ ކައުންސިލްގެ އިހްތިސާސް ކަމަށް ބަލައި އެތަނުގައި ކަންކަން ކުރުމުގެ ހުއްދަ ދިނުމުގެ ބާރު ކައުންސިލަށް އޮތް ކަމަށް ކައުންސިލުން ގަބޫލުކުރި ނަމަވެސް ހުޅުމާލޭގެ އަސްލާ ހިސާބަށް ދާއިރު ބޮޑެތި ނިންމުންތަކެއް ނިންމާފައި އެބަހުއްޓެވެ.
ހުޅުމާލޭގެ ބިމުގެ ފެށުމަކީ ހުޅުލޭ ފަރުކޮޅު ފުށި ފަޅުގެ ތެރެއިން ބިން ހިއްކައިގެން ބިން އުފައްދައި ތަރައްގީކުރުމަށް މޯލްޑިވްސް އާބަން ޑިވެލޮޕްމަންޓް ބޯޑުގެ ޔުނިޓަކުން ކުރަމުން އައި މަސައްކަތް ރައީސް އޮފީހުގެ ދަށަށް ބަދަލުކޮށް "ހުޅުމާލެ ތަރައްގީކުރުމާ ބެހޭ ޔުނިޓް" އެވެ. ހުޅުމާލޭގެ ނަން ދީ ބިން ހިއްކުމުގެ މަސައްކަތް އެ ޔުނިޓާ 2002 ވަނަ އަހަރު ރައީސް ހަވާލުކުރެއްވި އެވެ. އަދި އޭގެ ފަހުން މާޗް 23، 2005 ގައި މި ޔުނިޓް އުވާލައި ރައީސްގެ ގަރާރަކުން ހުޅުމާލޭ ޑިވެލޮޕްމަންޓް ކޯޕަރޭޝަންގެ ނަމުގައި، ސަރުކާރުގެ 100 ޕަސެންޓް ހިއްސާ އޮންނަ ކުންފުންޏެއް އުފެއްދެވީ އެވެ.
މި ކުންފުނީގެ ރައުސުލްމާލުގެ ގޮތުގައި ހަމަޖެއްސީ "ހުޅުމާލެ" ހަދަން ހިއްކި ބިމުގެ ބޮޑު ބައެކެވެ. އެހެންވެ އެ ބިން ވެގެން ދިޔައީ އެޗްޑީސީގެ އަމިއްލަ ބިމަކަށެވެ. ބިން ރަޖިސްޓްރީކޮށްދީފައި ވެސް އޮތީ އެއީ އެޗްޑީސީގެ އަމިއްލަ ބިމެއްގެ ގޮތުގަ އެވެ. ފަހުން މާޗް 11، 2009 ގައި ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަންގެ ނަމަށް ކުންފުނީގެ ނަން ބަދަލުކޮށް ހުޅުމާލެ ތަރައްގީކޮށް ފްލެޓް އަޅައި މީހުންނަށް އިމާރާތާއި ބިންތައް ވަކިން ރަޖިސްޓްރީކޮށްދެމުން ދަނިކޮށް ހުޅުމާލެ އަކީ މާލޭގެ ބައެއްގެ ގޮތުގައި ހަމަޖެއްސި އެވެ.
ހުޅުމާލޭގެ ބިމާއި ފަޅަކީ އެޗްޑީސީގެ އެސެޓެއްގެ ގޮތުގައި އޮންނާތީ އެ ތަންތަނަށް އޭރުގެ މާލޭ މުނިސިޕަލްޓީގެ އިހްތިސާސް ނުހިނގާތީ 2010 ވަނަ އަހަރު ހުޅުމާލެ މުނިސިޕަލްޓީގެ ދަށަށް ގެންގޮސް އެ ރަށުގެ ބިމުގެތެރެއިން އެޗްޑީސީގެ އެސެޓްގެ ގޮތުގައި ހިމެނޭ ބިންތަކަށް މާލޭ ސިޓީ ކައުންސިލުން ބޮޑު އެއް ރަޖިސްޓްރީ ހަދައިދިނެވެ. އެ ރަޖިސްޓްރީ ހަދައިދިނީ ހުޅުމާލެ ތަރައްގީކުރުމަށް ޕްލޭންކޮށްފައިވާ ބިންތައް ތަރައްގީކުރަމުންދާ ވަރަކުން ބައެއް ތަންތަން އެ ރަޖިސްޓްރީން އުނިވަމުންދާ ގޮތަށެވެ. އެގޮތަށް އުނިވާނީ؛
- ސްކޫލްތައް ހިމެނޭ ބިން
- މިސްކިތްތައް ހިމެނޭ ބިން
- ހަދާ ނިމިފައިވާ މަގުތައް
- ހަދާ ނިމިފައިވާ ޕާކުތައް ހިމެނޭ ބިންތައް
- ސިފައިންނާއި ފުލުހުން ބޭނުންކުރާ ބިންތައް
- ހޮސްޕިޓަލް ހިމެނޭ ބިންތައް
- އަމިއްލަ މީހުން ގަނެ ފައިސާ ދައްކާ ނިންމާފައިވާ ބިންތަކުގެ ތެރެއިން ރަޖިސްޓްރީ ހަދައިދީފައިވާ ބިންތައް
- ބަހާލައިގެން ފައިސާ ދައްކާ ބިންތަކަށް ދޭ ވަގުތީ ރަޖިސްޓްރީ، ފައިސާ ދައްކާ ހަލާސްކުރުމުން އަލުން ރަޖިސް ހެދުމުން
މި ނޫން ކޮންމެ ބިމަކީ އެޗްޑީސީގެ މިލްކެވެ. ސަރުކާރުގެ 100 ޕަސެންޓް ހިއްސާ ސަރުކާރަށް އޮތުމުގެ ބަދަލެއްގެ ގޮތުގައި ސަރުކާރުން ކުންފުންޏަށް ދީފައި އޮތް ބިމެވެ.
ހުޅުމާލޭގެ ފޭސް 1 އާއި 2 ވެސް އޮތީ އެޗްޑީސީގެ އަމިއްލަ ބިމެއްގެ ގޮތުގައި ރަޖިސްޓްރީކޮށްދީފަ އެވެ. އެއީ ކުންފުނީގެ މުދަލެވެ. އެހެންވެ ހަމަ އެކަނި ލާމަރުކަޒީ ގާނޫނަށް ބެލިޔަސް ރަޖިސްޓްރީއެއް ބާތިލްކުރުމުން ހުޅުމާލޭގެ މިލްކުވެރިކަން އެޗްޑީސީއަށް ގެއްލޭނެ ކަމަކަށް ނުފެނެ އެވެ.
"އިދާރީ ދާއިރާތައް ލާމަރުކަޒީ އުސޫލުން ހިންގުމުގެ ގާނޫނު" ގެ 56 ވަނަ މާއްދާގައި ބުނަނީ "ގާނޫނަށް އަމަލުކުރަން ފެށުމުގެ ކުރިން އާންމު ރައްޔިތުންނަށާއި ސަރުކާރުގެ އިދާރާތަކަށް ދޫކޮށްފައިވާ އެންމެހައި ވަސީލަތްތަކާއި ބިނާތަކާއި ނުއުފުލޭ ހަރުމުދަލާއި، ގައުމީ ސަލާމަތަށް ކަނޑައަޅާފައިވާ ތަންތަނުގެ މިލްކުވެރިކަން ލިބިގެންވަނީ މި ގާނޫނަށް އަމަލުކުރަން ފެށުމުގެ ކުރިން އެތަނެއްގެ މިލްކުވެރިކަން އޮތް ފަރާތަކަށް" ކަމަށެވެ.
ހުޅުމާލެ: ހުޅުމާލޭގެ މުޅި ބިމުގެ ރަޖިސްޓްރީއެއް އެޗްޑީސީއަށް ހަދައި އޭގެ ދަށުން ވަކި ބިންތައް އަމިއްލަ ފަރާތްތަކަށް ރަޖިސްޓްރީކުރެވޭ ގޮތް ހަމަޖެއްސި. -- ފޮޓޯ: މިހާރު
"މިހެން އޮތީމާ، ރަޖިސްޓްރީ ބާތިލްކުރިޔަސް މުދަލުގެ މިލްކުވެރިކަން ހަމަ އޮންނާނީ އޭގެ މިލްކުވެރިކަން ކުރިން ވެސް އޮތް ފަރާތަށް. ހުޅުމާލެއަށް ބަލަންޏާ އެތަނަކީ އެޗްޑީސީގެ މުދަލެއް ކަމަށް ވާތީ އެ ތަން ބޭނުންކުރާނެ ގޮތެއް އެނގޭނީ އެޗްޑީސީ އަށް. ހުޅުމާލެ އަކީ ކައުންސިލްގެ އިހްތިސާސްއޭ ބުނެ ކައުންސިލަށް އެތަނަށް ބާރެއް ނުހިންގޭނެ. ކައުންސިލުން އަސްލު އެ ދައްކަނީ ވަރަށް ހަަމަނުޖެހޭ ވާހަކައެއް،" ގާނޫނީ ވަކީލަކު ވިދާޅުވި އެވެ.
ގާނޫނީ އެހެން ބޭފުޅަކު ވިދާޅުވި ގޮތުގައި ހުޅުމާލޭ އުފެދުނު ގޮތާއި އެޗްޑީސީގެ އަސްލަކީ ކޮބައިކަން އެނގޭ ނަމަ ކައުންސިލަށް ވެސް މިކަން ސާފުވާނެ އެވެ.
އިދާރީ ދާއިރާތައް ލާމަރުކަޒީ އުސޫލުން ހިންގުމުގެ ގާނޫނަށް ގެނައި ނުވަ ވަނަ އިސްލާހުގައި "އިހްތިސާސް ހިނގާ ސަރަހައްދުގެ މިލްކުވެރިކަން" އޮތީ މިގޮތަށެވެ؛
(ހ) ސިޓީ ކައުންސިލާއި ރަށު ކައުންސިލްގެ އިހްތިސާސްގެ ތެރޭގައި ހިމެނޭ އެންމެހައި ވަސީލަތްތަކާއި ބިނާތަކާއި ނުއުފުލޭ ހަރުމުދަލުގެ މިލްކުވެރިކަން ލިބިގެންވަނީ ކައުންސިލަށެވެ. އަދި އެނޫން އެފަދަ ތަންތަނަކީ ދައުލަތުގެ އިހްތިސާސްގެ ތެރޭގައި ހިމެނޭ ދައުލަތުގެ މިލްކެވެ.
(ށ) މި މާއްދާގެ (ހ) ގައި އެހެން އޮތް ނަމަވެސް، މި ގާނޫނަށް އަމަލުކުރަން ފެށުމުގެ ކުރިން އާންމު ރައްޔިތުންނަށާއި ސަރުކާރުގެ އިދާރާތަކަށް ދޫކޮށްފައިވާ އެންމެހައި ވަސީލަތްތަކާއި ބިނާތަކާއި ނުއުފުލޭ ހަރުމުދަލާއި، ގައުމީ ސަލާމަތަށް ކަނޑައަޅާފައިވާ ތަންތަނުގެ މިލްކުވެރިކަން ލިބިގެންވަނީ މި ގާނޫނަށް އަމަލުކުރަން ފެށުމުގެ ކުރިން އެތަނެއްގެ މިލްކުވެރިކަން އޮތް ފަރާތަކަށެވެ.
ގާނޫނީ ބޭފުޅުން ވިދާޅުވާ ގޮތުގައި ވަކި ބައެއްގެ އިހްތިސާސް އޮތުމަކީ އިހްތިސާސް އޮތް ތަނެއްގައި އެކި ފަރާތްތަކަށް ރަޖިސްޓްރީކޮށްދީފައިވާ ތަންތަނުގެ މިލްކުވެރިކަން، އިހްތިސާސް އޮތް ބަޔަކަށް ލިބުމެއް ނޫނެވެ. އެއްވެސް ބައެއްގެ ނުވަތަ މީހެއްގެ މިލްކެއް ނެގޭނީ އަދުލުވެރި ބަދަލެއް ދީފައިކަން ގާނޫނުއަސާސީގައި އޮންނަނީ ކަނޑައަޅައިފަ އެވެ.
ރަޖިސްޓްރީ ބާތިލްކުރިޔަސް މުދަލުގެ މިލްކުވެރިކަން ހަމަ އޮންނާނީ އޭގެ މިލްކުވެރިކަން ކުރިން ވެސް އޮތް ފަރާތަށް. ހުޅުމާލެއަށް ބަލަންޏާ އެތަނަކީ އެޗްޑީސީގެ މުދަލެއް ކަމަށް ވާތީ އެ ތަން ބޭނުންކުރާނެ ގޮތެއް އެނގޭނީ އެޗްޑީސީ އަށް
ގާނޫނުއަަސާސީގެ 40 ވަނަ މާއްދާގައި "މުދާ ހޯދުމާއި މުދާ ގެންގުޅުމުގެ ހައްގު" ބަޔާންކުރާ އެ މާއްދާގައި އޮންނަނީ؛
މީސްމީހުންގެ މުދަލަކީ ނިގުޅައިގަނެގެންވާނޭ ތަކެއްޗެއް ނޫނެވެ. ފަހެ، ޢާންމުވެގެންވާ މަންފާއަކަށްޓަކައި، ގާނޫނުގައި ކަނޑައެޅި ބަޔާންކޮށްފައިވާ ގޮތެއްގެމަތީން، އަދި އެކަމަށްޓަކައި ކޯޓަކުން ކުރާ ހުކުމަކުން މެނުވީ އެއްވެސް މީހެއްގެ މުދަލެއް އެމީހެއްގެ ރުހުންނެތި ދައުލަތަށް ނަގައިގެނެއް ނުވާނެއެވެ. އަދި މީހެއްގެ މުދަލެއް ދައުލަތަށް ނަގާންވާނީ ކޯޓުން ކަނޑައަޅާ ޢަދުލުވެރި ބަދަލެއް އެ މުދަލެއްގެ ވެރިފަރާތަށް ދިނުމަށްފަހުގައެވެ.
ގާނޫނުއަސާސީގައި މިހެން އޮތް އިރު މިދިޔަ އަހަރު ސުޕްރީމް ކޯޓުން ކުރި ހުކުމެއްގައި ވެސް ކޯޓަށް ހުށަހަޅައިގެން ނޫން ގޮތަކަށް މިހެން ރަޖިސްޓްރީ ބާތިލް ނުކުރެވޭނެ ކަމަށް ކަނޑައަޅައިފަ އެވެ.
ކައުންސިލްތަކުން އިމާރާތްތަކާއި ބިންތަކަށް ރަޖިސްޓްރީ ހަދައިދިނުމަކީ އިދާރީ ކަމެކެވެ. މީހުންގެ މިލްކުގައިވާ އިމާރާތާއި ބިންތަކަށް ކައުންސިލުން ރަޖިސްރީ ހަދައިދިނުމުގެ މާނަ އެ ރަޖިސްޓްރީއެއް ބާތިލްކޮށްލުމުން ކައުންސިލަށް އެތަނެއްގެ ބާރު ލިބުމެއް ނޫނެވެ.
އެހެންވެ ކައުންސިލުން ހުޅުމާލޭގެ ރަޖިސްޓްރީ ބާތިލްކުރި ނަމަވެސް ހުޅުމާލޭގެ މިލްކުވެރިޔަކީ އެޗްޑީސީ އެވެ. އެތަނުގައި އެއްވެސް ކަމެއް ކުރެވޭނީ އެޗްޑީސީގެ ހުއްދަ އޮވެގެންނެވެ. އެއީ ހުޅުމާލޭގެ ބިމަކީ އެޗްޑީސީގެ ތަނަކަށް ވާތީ އެވެ.
ހުޅުމާލޭ މުނިސިޕަލް ހިދުމަތް ބަދަލުކުރަން މަޝްވަރާކޮށްފި
ހުޅުމާލޭގައި ބުޅާ ފެސިލިޓީ ހެދުމުގެ މަސައްކަތް ފަށައިފި
50 އަށް ވުރެ ގިނަ ބާ އުޅަނދު ނައްތާލައިފި
ކޮންމެ ދުވަހަކު ހުޅުމާލޭން ބައެއް ކައުންސިލަށް!
މުނިސިޕަލް ހިދުމަތް މޮނިޓާކުރާނެ ބަޔަކު ހޯދަނީ
ހުޅުމާލޭ ބިން: އެޗްޑީސީއަށް ހައި ކޯޓުން ވެސް ކާމިޔާބު
ހުޅުމާލޭ ބިމުގެ މައްސަލަ ހައި ކޯޓުން މާދަމާ ނިންމަނީ
"އެޗްޑީސީން އެދުމުން ހުޅުމާލޭގެ ރަޖިސްޓްރީ ހަދައިދޭނެ"
"ހުޅުމާލޭ ރަޖިސްޓަރީ ބާތިލްވެފައިވާ ކަމަށް ނުނިންމޭނެ"
ހުޅުމާލެ އަތުލުން ހުއްޓުވި މައްސަލަ ހައި ކޯޓުން ފަށަނީ