މިހާތަނަށް ދުނިޔޭގައި އުފެއްދި އެންމެ ދުވެލި ބާރު މިސައިލް، އަސްކަރީ ކަންކަމުގައި ބޭނުންކުރުމަށް ރަޝިޔާގައި އުފައްދަން ފަށައިފި ކަމަށް ބައިނަލްއަގުވާމީ މީޑިއާތަކުން ބުނެފި އެވެ.
މިހާތަނަށް ދުނިޔޭގައި އުފެއްދި އެންމެ ދުވެލި ބާރު މިސައިލް، އަސްކަރީ ކަންކަމުގައި ބޭނުންކުރުމަށް ރަޝިޔާގައި އުފައްދަން ފަށައިފި ކަމަށް ބައިނަލްއަގުވާމީ މީޑިއާތަކުން ބުނެފި އެވެ.
ޒިރްކޯންގެ ނަން ދީފައިވާ މި މިސައިލަކީ އަޑަށް ވުރެ ނުވަ ގުނަ ބާރަށް، 1،000 ކިލޯމީޓަރު ދުރަށް ދަތުރުކުރުމުގެ ގާބިލްކަން ލިބިފައިވާ ކްރޫޒް މިސައިލެކެވެ. ޒިކްރޯން މިސައިލް ބޭނުންކުރާނީ ރަޝިޔާގެ ކަނޑުގެ ސިފައިންނެވެ.
ރަޝިޔާގެ އަސްކަރިއްޔާ އިން ބުނާ ގޮތުގައި، އަޖުބަ ބެލުމުގެ ހުރިހާ މަރުހަލާތަކެއް ފުރިހަމަކޮށް މިހާރު އުފައްދަމުން އަންނަ ޒިކްރޯން މިސައިލް އެންމެ ފުރަތަމަ ހަވާލުކުރާނީ ރަޝިޔާގައި މިހާރު ތަރައްގީ ކުރަމުން އަންނަ، ނިއުކްލިއާ ހަކަތައިން ދުއްވާ ސަބްމެރިން ޕާމްގަ އެވެ. އޭގެ ފަހުން ރަޝިޔާގެ ކަނޑުގެ ލަޝްކަރުގައި ހިމެނޭ އެހެން ސަބްމެރިންތަކާއި މަނަވަރުތަކުގައި ވެސް އެ މިސައިލް ބަހައްޓާނެ އެވެ.
"ލޮލަށް ނުފެންނަ" މިސައިލެއްގެ ގޮތުގައި ރަޝިޔާގެ ރައީސް ލަޑިމިއާ ޕުޓިން ސިފަކުރައްވާފައިވާ ޒިކްރޯން އަކީ، ކަނޑުމަތީގެ އަމާޒުތަކަށާއި އެއްގަމު އަމާޒުތަކަށް ހަމަލާ ދިނުމަށް ހާއްސަކޮށް އުފައްދާފައިވާ މިސައިލެކެވެ. އެންމެ ފުރަތަމަ ޒިކްރޯން އަޖުމަ ބެލީ މިދިޔަ އޮކްޓޫބަރު މަހުގެ ތެރޭގައި ރަޝިޔާގެ ނިއުކްލިއާ ސަބްމެރިންއަކުން އުދުއްސާލައިގެންނެވެ.
ޒިކްރޯންއާ ބެހޭ މައުލޫމާތުތައް އެނގޭ ބައެއް ފަރާތްތަކުން ބުނާ ގޮތުގައި، ރަޝިޔާގެ މި މިސައިލަކީ އެމެރިކާގައި މިހާރު ހުރި އެންމެ ޒަމާނީ ރާޑަރުތަކަށް ވެސް ދެނެގަނެވޭނެ ހަތިޔާރެއް ނޫނެވެ. އެހެންކަމުން، އެމެރިކާގައި މިހާރު އުފައްދާފައި ހުރި އެންމެ ޒަމާނީ ދިފާއީ ނިޒާމުތަކުން، ޒިކްރޯނަށް ހުރަސް ނޭޅޭނެ ކަމަށް ތަޖުރިބާކާރުން ބުނެ އެވެ.
ސަބަބަކީ، ޒިކްރޯންއަކީ ކްރޫޒް މިސައިލަކަށްވެފައި، އޭގެ ދުވެލި ބާރުކަމުންނެވެ. އަޑަށް ވުރެ ނުވަ ގުނަ ބާރަށް ދަތުރުކުރުމުގެ ގާބިލްކަން ލިބިފައިވުމުގެ އިތުރުން، ކްރޫޒް މިސައިލް ދަތުރުކުރަނީ މާ މައްޗަށް ނާރައި ތިރިން ކަމަށްވާތީ، ޒިކްރޯންއަށް ހުރަސްއެޅުމަކީ، އެމެރިކާގެ ދިފާއީ ނިޒާމުތަކަށް ކުރެވޭނެ ކަމެއް ނޫނެވެ.
ޒިކްރޯން މިސައިލް ދަތުރުކުރާ ބާރުމިނަށް ބަލާއިރު، ވައިގެ ތެރޭގައި މި މިސައިލް ދަތުރު ކުރަމުންދާ އިރު، އޭގެ ކުރީކޮޅުގައި ހުންނަ ވައިގެ ޕްރެޝަރުގެ ސަބަބުން އުފެދޭ ޕްލާޒްމާ ވިލާގެ ތެރެއަށް، ރާޑަރުތަކުން ފޮނުވާ ރޭޑިއޯ ފްރެކެންސީތައް ދަމައިގަންނާތީ، ރާޑަރުތަކަށް މި މިސައިލް ނުފެންނާނެ އެވެ.
ރަޝިޔާގެ ނިއުކްލިއާ ލަޝްކަރު ތަމްރީންތަކެއް ފަށަނީ
ރަޝިޔާއަށް ހަތިޔާރު ނުވިއްކުމަށް އެމެރިކާގެ އިންޒާރު
ރަޝިޔާގެ މިސައިލްތަކުން ކިޔޭވްއަށް ބޮޑެތި ގެއްލުންތަކެއް
ރަޝިޔާގައި މިސައިލް އުފެއްދުން ދެގުނަ އިތުރުކުރަނީ
އެމެރިކާގެ ނިއުކްލިއާ މައުލޫމާތު ރަޝިޔާއަށް ނުދޭނެ
ރަޝިޔާ އިން ވަރުގަދަ އަސްކަރީ ތަމްރީންތަކެއް ފަށައިފި
ކްރީމިއާގައި ރަޝިޔާގެ މިސައިލްތަކެއް ގޮއްވާލައިފި
އެމެރިކާ އިން ޔޫކްރޭންގެ ސިފައިން ތަމްރީންކުރަނީ
އެމެރިކާގެ މިސައިލް ނިޒާމުތަކަށް ހަމަލާ ދޭނަން: ރަޝިޔާ
އެމެރިކާގެ ޕެޓްރިއޮޓް މިސައިލް ޔޫކްރޭނަށް