Roadha Mihaaru
ޑޮމެސްޓިކް ކުރު ދަތުރުތަކުގައި ކާއެއްޗެހި ސާވެއްނުކުރާނެ

އެއް ގަޑިއިރަަށް ވުރެ ކުރު ދަތުރުތަކުގައި އެއްވެސް އެއާލައިނަކުން ކާކަށް ވެސް ނުދޭނެ

06 ޑިސެމްބަރ 2021

ޑޮމެސްޓިކް ދަތުރު ކުރާ ހުރިހާ އެއާލައިންތަކުން، އެއް ގަޑިއިރަށް ވުރެ ކުރު ދަތުރުތަކުގައި އެއްވެސް ކާއެއްޗެއް ވެސް ނުދޭނެ ކަމަށް ސިވިލް އޭވިއޭޝަން އޮތޯރިޓީން ބުނެފި އެވެ. އެ އޮތޯރިޓީން ވަނީ އެއް ގަޑިއިރަށް ވުރެ ކުރު ދަތުރުތަކުގައި، ފެން ފިޔަވައި އެއްވެސް ބުއިމެއް ވެސް ނުދޭން އަންގައިފަ އެވެ.

ފާތިމަތު ޝަނާ މުހައްމަދު ފާތިމަތު ޝަނާ މުހައްމަދު

ޑޮމެސްޓިކް ދަތުރު ކުރާ ހުރިހާ އެއާލައިންތަކުން، އެއް ގަޑިއިރަށް ވުރެ ކުރު ދަތުރުތަކުގައި އެއްވެސް ކާއެއްޗެއް ވެސް ނުދޭނެ ކަމަށް ސިވިލް އޭވިއޭޝަން އޮތޯރިޓީން ބުނެފި އެވެ. އެ އޮތޯރިޓީން ވަނީ އެއް ގަޑިއިރަށް ވުރެ ކުރު ދަތުރުތަކުގައި، ފެން ފިޔަވައި އެއްވެސް ބުއިމެއް ވެސް ނުދޭން އަންގައިފަ އެވެ.

މިކަން އެ އޮތޯރިޓީން އެންގުމާ ގުޅިގެން ޑޮމެސްޓިކް ހުރިހާ އެއާލައިނަކުން ވަނީ މިދުވަސްވަރު އެފަދަ ދަތުރުތަކުގައި ކާއެއްޗެހި ސާވް ނުކުރަން ނިންމައިފަ އެވެ. ރާއްޖޭގައި ޑޮމެސްޓިކް ދަތުރުތައް ކުރަނީ މޯލްޑިވިއަން އާއި މަންޓާ އާއި ފްލައިމީ އެެވެ.

މި ހުރިހާ އެއާލައިންތަކުން ކުރާ ދަތުރުތަކުގައި ފަސިންޖަރުންނަށް ކާއެއްޗެހި ނުލިބޭނެ އެވެ. ހަމައެކަނި ލިބޭނީ ރިކުއެސްޓް ކުރުމުން ފެން އެކަންޏެވެ.

މި ބަދަލު ގެނެސްފައިވަނީ ކޮވިޑާ ގުޅިގެން ސަލާމަތީ ފިޔަވަޅުތައް ވަރުގަދަ ކުރުމުގެ ގޮތުން އެޅި ފިޔަވަޅުތަކުގެ ސަބަބުންނެވެ.

ސިވިލް އޭވިއޭޝަނުން އާންމުކޮށްފައިވާ ސާކިއުލާގައި ބުނީ ޑޮމެސްޓިކް ދަތުރުތަކުގައި ކޮވިޑްގެ އަލާމާތެއް ހުރިތޯ ކޮންމެ ފަސިންޖަރެއް ވަކިން ބަލަންވާނެ ކަމަށެވެ. އަދި ފަސިންޖަރުން ތިބެން ޖެހޭނީ މާސްކް އަޅައިގެން ކަމަށް ވެސް ބަޔާންކޮށްފައިވެ އެވެ.

ސައުތު އެފްރިކާ އިން ފެނުނު ކޮވިޑްގެ އޮމިކްރޮން ވޭރިއެންޓް ރާއްޖެ އިން ވެސް މިހާރު ވަނީ ފެނިފަ އެވެ. އެހެންވެ ރައްކާތެރިކަމުގެ ފިޔަވަޅެއްގެ ގޮތުން އެފްރިކާގެ ބައެއް ގައުމުތަކުން ރާއްޖެ އަށް މީހުން އައުން ވަނީ މަނާކޮށްފަ އެވެ.