Roadha Mihaaru
ވަށަފަރުގައި ފެނާއި ނަރުދަމާގެ މަސައްކަތް ފަށައިފި

ވަށަފަރުގައި ފެނާއި ނަރުދަމާ އެޅުމުގެ މަސައްކަތް ފަށައިފި

04 ޑިސެމްބަރ 2021

ހއ.ވަށަފަރުގެ ފެނާއި ނަރުދަމާ ނިޒާމް ގާއިމްކުރުމުގެ އަމަލީ މަސައްކަތް އެމްޑަބްލިޔުއެސްސީން ފަށައިފި އެވެ.

ފާތިމަތު ޝަނާ މުހައްމަދު ފާތިމަތު ޝަނާ މުހައްމަދު

ހއ.ވަށަފަރުގެ ފެނާއި ނަރުދަމާ ނިޒާމް ގާއިމްކުރުމުގެ އަމަލީ މަސައްކަތް އެމްޑަބްލިޔުއެސްސީން ފަށައިފި އެވެ.

އިއްޔެ ވަށަފަރުގައި ބޭއްވި ރަސްމިއްޔާތުގައި މި މަޝްރޫއު އެމްޑަބްލިޔުއެސްސީގެ މެނޭޖިން ޑިރެކްޓަރު ހަސަން ޝާހެވެ.

މި މަޝްރޫއުގައި ހިމެނޭ ފެނާއި ނަރުދަމާ ނިޒާމް ގާއިމްކުރުމަށް ބޭނުންވާ ހޮޅި އާއި އެހެނިހެން ތަކެތި ވަށަފަރަށް ފޮނުވައި، ފެނުގެ ނިޒާމްގެ ހޮޅިވަޅުލުމުގެ މަސައްކަތް މިހާރު އަންނަނީ ކުރަމުންނެވެ. އަދި ފެން ޕްލާންޓް ބެހެއްޓުމަށް އިމާރާތްކުރާ ފެސިލިޓީ އިމާރާތުގެ 29 ޕަސެންޓް މަސައްކަތް ވަނީ ނިމިފަ އެވެ.

މި މަޝްރޫއުގައި ވަށަފަރުގައި 7.5 ކިލޯމީޓަރުގެ ފެން ހޮޅީގެ މައި ނެޓްވޯކެއް އަޅާނެ އެވެ. އަދި ފެން އުފެއްދުމަށްޓަކައި އާރްއޯ ދެ ޕްލާންޓް ބެހެއްޓުމާއި ފެން ރައްކާކުރުމަށްޓަކައި ތިން ތާނގީ ބެހެއްޓުމަށް ހަމަޖެހިފައިވެ އެވެ. މަޝްރޫއު ނިމޭއިރު ގޭގޭގައި ފެންމީޓަރު ބަހައްޓައި، ފެނުގެ ކަނެކްޝަން ގުޅައިދީ ރައްކާތެރި ބޯފެން ލިބޭނެ އެވެ.

މިމަޝްރޫއުގައި ހިމެނޭ ނަރުދަމާ ނިޒާމުގެ މަސައްކަތުގެ ދަށުން ވަށަފަރުގައި ހަ ކިލޯމީޓަރުގެ ދިގު ނަރުދަމާގެ މައި ނެޓްވޯކެއް އަޅާނެ އެވެ. މި މަޝްރޫއުގެ ދަށުން 2.7 ކިލޯ މީޓަރުގެ ޕަންޕިން ލައިނަކާއި ހަތަރު ޕަންޕިން ސްޓޭޝަން ހަދާނެ އެވެ. އަދި ފެނާއި ނަރުދަމާ ނިޒާމް ހިންގާ ބެލެހެއްޓުމަށް ބޭނުންވާ ޖަނަރޭޓަރު ސެޓާއި ވެހިކަލް އަދި ފެން ތަހުލީލު ކުރުމަށް ބޭނުންވާ ސަމާނު ފޯރުކޮށްދިނުމަށް ވަނީ ހަމަޖެހިފަ އެވެ.

މި މަޝްރޫއުއަށް 78 މިލިއަން ރުފިޔާ ބަޖެޓުން ހަރަދުކުރާނެ އެވެ.