05 ޑިސެމްބަރ 2021
ދުނިޔޭގެ އެކި ހިސާބުގައި ލައިވް ޝޯތައް ދޭން ބޮލީވުޑްގެ އެކްޓަރު ސަލްމާން ޚާން "ދަ-ބަންގް" ގެ ނަމުގައި ބާއްވަމުން އަންނަ ޓުއާ އަލުން ފަށަން ނިންމައި، ފުރަތަމަ ޝޯ މި މަހުގެ 10 ގައި ސައުދީ އަރަބިއްޔާގައި ބާއްވަން ނިންމައިފި އެވެ.
ދުނިޔޭގެ އެކި ހިސާބުގައި ލައިވް ޝޯތައް ދޭން ބޮލީވުޑްގެ އެކްޓަރު ސަލްމާން ޚާން "ދަ-ބަންގް" ގެ ނަމުގައި ބާއްވަމުން އަންނަ ޓުއާ އަލުން ފަށަން ނިންމައި، ފުރަތަމަ ޝޯ މި މަހުގެ 10 ގައި ސައުދީ އަރަބިއްޔާގައި ބާއްވަން ނިންމައިފި އެވެ.
އެކަން ރަސްމީކޮށް އިއުލާންކޮށް ސަލްމާން ބުނީ "ދަ-ބަންގް: ދަ ޓުއާ- ރީލޯޑެޑް" ގެ ނަމުގައި ބާއްވާ ފުރަތަމަ ޝޯ އޮންނާނީ ސައުދީގެ ވެރިރަށް ރިޔާދުގެ އިންޓަނޭޝަލް އެރީނާ ޕެރޭޑް ޒޯންގައި ކަމަށެވެ. މި ޓުއާގައި މި ފަހަރު މިދިޔަ ހަފުތާގައި މީޑިއާތަކުން ރިޕޯޓްކުރި ގޮތަށް ބަތަލާ ޝިލްޕާ ޝެޓީ ވެސް ބައިވެރިވެ އެވެ.
ސަލްމާނާ އެކު ކުރިން ވެސް "ދަ-ބަންގް" ޓުއާގައި ބައިވެރިވި ބައެއް ފަންނާނުން އާ ޓުއާގައި ވެސް ހިމެނެ އެވެ. އޭގެ ތެރޭގައި ބަތަލާ ޖެކްލިން ފެނަންޑޭޒާއި ނެށުންތެރިޔާ/ޑައިރެކްޓަރު ޕްރަބޫދޭވާ އާއި ލަވަކިޔުންތެރިން ކަމަށްވާ ކަމަލް ޚާނާއި ގްރޫ ރާންދްވާ އާއި ކޮމީޑިއަން ސުނިލް ގްރޯވާ އާއި ހޯސްޓް މަނީޝް ޕޯލްގެ އިތުރުން ސަލްމާންގެ ޅިޔަނު އަދި އާ އެކްޓަރު އާޔޫޝް ޝަރުމާ އާއި "ދަބަންގް 3" އިން ތައާރަފުކުރި ބަތަލާ ސައީ މަންޖްރޭކަރް ހިމެނެ އެވެ.
މީގެ ކުރިން އެކި ހިސާބުތަކުގައި ބާއްވާފައިވާ "ދަ-ބަންގް" ޓުއާ އަށް ވަރަށް ބޮޑު ތަރުހީބެއް ލިބިފައިވެ އެވެ. އަލުން ޓުއާ އަށް ސަލްމާން ނުކުންނަ އިރު އޭނަގެ އާ ފިލްމަކީ މި މަހުގެ 26 ގައި ރިލީޒްކުރި "އަންތިމް: ދަ ފައިނަލް ޓުރުތު" އެވެ.
ސަލްމާން އަންނަނީ ކަލާޒް އިން ގެނެސްދޭ "ބިގް ބޮސް" ސީޒަން 15 ވެސް ހޯސްޓް ކުރަމުންނެވެ.
ސަލްމާންގެ "ދަ-ބަންގް" ޓުއާގައި ޝިލްޕާ ބައިވެރިވަނީ
ފޮޓޯތަކުގެ މައްސަލާގައި ޖެކްލީންގެ ދިފާއުގައި ފަންނާނުން
މަނީ ލޯންޑްރިންއާ ހެދި ޖެކްލީން ހައްޔަރުކޮށްފާނެ
މިތުންއާ އެކު ކަލާޒް އަށް "ހުނަރުބާޒް"
ބޮލީވުޑްގެ ޚަބަރުތައް ކުރުކޮށް
ބޮލީވުޑްގެ ޚަބަރުތައް ކުރުކޮށް
ކުޗް ކުޗް ހޯތާ ހޭ ނުކުޅުނީ ފާޑުކިޔާނެތީ: އައިޝްވާރިއާ
ސަލްމާންގެ އަންތިމް އާއި އަޖޭގެ މައިދާން ޑިޖިޓަލްކޮށް؟
"ރާދޭ" ގެ ޓްރެއިލާއިން "ވޯންޓެޑް" ގެ ހަނދާންތައް
ގައުމުން ބޭރުގައި ގެތައް ހުންނަ ބޮލީވުޑްގެ ތަރިން