02 ޑިސެމްބަރ 2021
ވިލާ ކޮލެޖުން އަންނަ ޖެނުއަރީ އިންޓޭކުގައި އަލަށް ފަށާ ޓީޗިންގެ އާ ތިން ކޯހަކަށް އިއްޔެ އިއުލާނުކޮށްފި އެވެ.
ވިލާ ކޮލެޖުން އަންނަ ޖެނުއަރީ އިންޓޭކުގައި އަލަށް ފަށާ ޓީޗިންގެ އާ ތިން ކޯހަކަށް އިއްޔެ އިއުލާނުކޮށްފި އެވެ.
އަލަށް ފަށަން ނިންމާފައިވަނީ ޑިގްރީ ލެވެލްގެ ކޯސްތަކެކެވެ. އެއީ؛ ޓީޗިން އިން ކެމިސްޓްރީ އެންޑް ފިޒިކްސް، ޓީޗިން އިން ކެމިސްޓްރީ އެންޑް ބައޮލޮޖީ އަދި ޓީޗިން އިން ފިޒިކްސް އެންޑް ބައޮލޮޖީ އެވެ.
އެ ކޯސްތައް ލޯންޗުކޮށްދެއްވުމަށްފަހު އެޑިއުކޭޝަންގެ ސްޓޭޓް މިނިސްޓަރު އާތިޔާ ނަސީރު ވިދާޅުވީ ސައިންސްއާ ގުޅޭ ޓީޗިން ކޯސްތައް ތައާރަފްކުރެވިގެން ދިއުމަކީ އެ ދާއިރާއިން ދިވެހި ޓީޗަރުން ތަމްރީންކުރުމަށް ފަހިވެގެންދާ ވަރަށް މުހިއްމު ފުރުސަތެއް ކަމަށެވެ.
ސަރުކާރުގެ އެއް އަމާޒަކީ ވެސް ތަމްރީނުވެފައި ތިބި ފެންވަރު ރަނގަޅު، ގާބިލް ޓީޗަރުން އުފެއްދުން ކަމަށް އޭނާ ވިދާޅުވި އެވެ.
ވިލާ ކޮލެޖުގެ ވައިސް ރެކްޓަރު، ޑރ. އަލީ ނަޖީބު ވިދާޅުވީ އެ ކޮލެޖުން އަބަދު ވެސް ގައުމަށް ބޭނުންވާ ދާއިރާތަކުން މީހުން ތަމްރީނު ކުރުމުގައި މަސައްކަތް ކުރަމުންދާނެ ކަމަށެވެ. ރާއްޖޭގައި ދެވޭ އެންމެ ފެންވަރު ރަނގަޅު މަތީ ތައުލީމުގެ ފުރުސަތުތައް ވިލާ ކޮލެޖުން ފޯރުކޮށްދިނުމަކީ އެންމެ މައިގަނޑު އަމާޒު ކަމުގައި އޭނާ ފާހަގަކުރެއްވި އެވެ
އަލަށް ލޯންޗުކުރި ތިން ކޯހުގެ އިތުރުން، ސެޓްފިކެޓް ލެވެލް އިން ފެށިގެން މާސްޓާސް ލެވެލްގެ 100 އަށްވުރެ ގިނަ ޕްރޮގްރާމަށް ކުރިމަތިލުމުގެ ފުރުސަތު ވަނީ އަންނަ މަހުގެ ހަތަރު ވަނަ ދުވަހާ ހަމައަށް ހުޅުވާލައިފަ އެވެ.
އެ ކޯސްތަކުގެ އިތުރުން ކޮމްޕިއުޓަރު ސައިންސާއި ޝަރީއާ، ލޯ، ޓޫރިޒަމް އެންޑް ހޮސްޕިޓަލިޓީ، ބިޒްނަސް މެނޭޖްމަންޓް އަދި ޕަބްލިކް ހެލްތު ހިމެނެ އެވެ.
އެއީ ވިލާގެ އަމިއްލަ ކޯސްތަކާއި އިނގިރޭސިވިލާތުގެ ޔުނިވާސިޓީ އޮފް ދަ ވެސްޓް އޮފް އިންގްލެންޑުގެ ކޯސްތަކެވެ.
"ވިލާކޮލެޖަށް 17 އަހަރު، މަސައްކަތަށް ފަހުރުވެރިވޭ"
ވިލާ ކޮލެޖުން މަތީ ވަނަ ހޯދި ދަރިވަރުންނަށް އެވޯޑްދީފި
ވިލާ ކޮލެޖުން އާ ދެ ޑިގްރީ ޕްރޮގްރާމެއް ފަށައފި
ޔުނިވާސިޓީތަކަށް ބަދަލުކޮށްފި ނަމަ އިގުތިސާދީ ފައިދާވާނެ
މަތީ ތައުލީމްގެ ބިލު: ތުހުމަތާއި ތައުރީފް ގާސިމަށް!
ޓޭލާސް ޔުނިވާސިޓީގެ ކޯސްތަކެއް ވިލާ ކޮލެޖަށް
ސެޕްޓެމްބަރު އިންޓޭކަށް ވިލާ އިން ހުޅުވާލައިފި
ރާއްޖޭގެ ފުރަތަމަ ސައިކޮލޮޖީ ލެބް ވިލާ ކޮލެޖުގައި
ވިލާކޮލެޖުގެ 100 އަށް ވުރެ ގިނަ ކޯހަށް ހުޅުވާލައިފި
ވިލާ ކޮލެޖުގެ ސްޓޭޑެންޓު އެވޯޑު 185 ދަރިވަރަކަށް