01 ޑިސެމްބަރ 2021
ކުރީގެ ރައީސް އަބްދުﷲ ޔާމީނަށް ކޮށްފައިވާ ފަސް އަހަރުގެ ޖަލު ހުކުމުން އިއްޔެ ސަލާމަތްވުމާއެކު، ދައުލަތުން އެ މަނިކުފާނަށް ދޭން ޖެހޭ ސެކިއުރިޓީ އާއި އިނާޔަތްތައް ދޭން ފަށައިފި އެވެ.
ކުރީގެ ރައީސް އަބްދުﷲ ޔާމީނަށް ކޮށްފައިވާ ފަސް އަހަރުގެ ޖަލު ހުކުމުން އިއްޔެ ސަލާމަތްވުމާއެކު، ދައުލަތުން އެ މަނިކުފާނަށް ދޭން ޖެހޭ ސެކިއުރިޓީ އާއި އިނާޔަތްތައް ދޭން ފަށައިފި އެވެ.
އެ ކަންކަން އިއްޔެގެ ހަވީރުން ފެށިގެން ހަމަޖެއްސި ނަމަވެސް ސުޕްރީމް ކޯޓުން އިއްޔެ ކުރި ހުކުމާއެކު، ޖަލުން މިނިވަންވެ، އެ ކޯޓުން ޔާމީން ގެކޮޅަށް ވަޑައިގަތީ އެއްވެސް ސެކިއުރިޓީއެއް ނެތި ސަޕޯޓަރުންގެ ހިމާޔަތާއި ރައްކާތެރިކަމުގަ އެވެ. ހާއްސަކޮށް، ރައީސްކަމުގައި ހުންނެވިއިރު ވެސް މަރުގެ ހަމަލާއެއް ޔާމީނަށް ކުރިމަތިވެފައި ވާއިރު، ސުޕްރީމް ކޯޓުން ނުކުމެވަޑައިގެން އަމިއްލަ ކާރެއްގައި ގެކޮޅަށް ވަޑައިގެން ސިފައިންނާ ނުލައި މަގުމަތީގައި އެތައް ބައެއްގެ ތެރޭގައި ހުންނަވަން ޖެހިވަޑައިގަތުމަކީ ސަޕޯޓަރުންގެ ކަންބޮޑުވުމެކެވެ.
މި މައްސަލައިގައި ސަރުކާރަށް ފާޑުކިޔުން ބޮޑުވެފައި ވަނިކޮށް، ސަޕޯޓަރުންނާއެކު މަގުމަތީގައި ގިނައިރުތަކެއް ހޭދަކުރައްވައި ގެކޮޅަށް ވަދެވަޑައިގެންނެވި ފަހުން، އިއްޔެގެ ހަވީރުން ފެށިގެން ދައުލަތުން ޔާމީނަށް ސެކިއުރިޓީ ފޯރުކޮށްދޭން ފަށާފައިވާ ކަމަށް ޕީޕީއެމް/ޕީއެންސީ ކޯލިޝަން ހިންގުމާ ވަގުތީ ގޮތުން ހަވާލުވެ ހުންނެވި އަބްދުއްރަހީމް އަބްދުﷲ "މިހާރު" އަށް މިއަދު ވިދާޅުވި އެވެ. އެކަމަކު އެކަމާ ބެހޭގޮތުން އެމްއެންޑީއެފްގެ ބަހެއް އަދި ނުލިބެ އެވެ.
ގާނޫނުގައި އޮންނަ ގޮތުން ރައީސްކަން ކުރައްވާފައިވާ ބޭފުޅުންނާއި އެ ބޭފުޅުންގެ އަނބިކަނބަލުންނަށް އެމްއެންޑީއެފުން ސަލާމަތާއި ރައްކާތެރިކަން ފޯރުކޮށްދޭން ޖެހޭނެ އެވެ. ކުރީގެ ރައީސުންނަށް މިހާރު ދޭ އިނާޔަތްތަކަށް ބަލާއިރު، ރައީސް ކަމުގައި ފަސް އަހަރު ފުރިހަމަކުރައްވާފައި ވާތީ، ޔާމީނަށް މަހަކު 350،000 އަށް ވުރެ ގިނަ ރުފިޔާ (ހުރިހާ ހަރަދަކަށް) ލިބިވަޑައިގަންނަވާނެ އެވެ.
ސުޕްރީމް ކޯޓުން އިއްުޔެ ކުރި ހުކުމާއެކު، ޔާމީން ޖަލު ހުކުމް ސަލާމަތްވުމުމުގެ ކާމިޔާބީ ފާހަގަކުރަން ޕީޕީއެމްގެ އޮފީސް ދޮަށަށް ޖަމާވި މީހުންނާ ސަލާމް ކުރައްވަނީ.---ފޮޓޯ: ފަޔާޒު މޫސާ/ މިހާރު
ރައީސުލްޖުމްހޫރިއްޔާގެ މަގާމުގައި ހުންނަވާއިރު، ޖިނާއީ ކުށެއް ކުރިކަން ޝަރީއަތަށް ސާބިތުވާ ހިސާބުން ފެށިގެން ދައުލަތުން ދޭންޖެހޭ ސެކިއުރިޓީގެެ އިތުރުން އިނާޔަތްތައް ވެސް މެދުކަނޑައިލާނެ އެވެ. އެހެންވެ، އަންނަ އަހަރަށް ލަފާކުރާ ދައުލަތުގެ ބަޖެޓު އެކުލަވާލައި މަޖިލީހުން މިދިޔަ ހަފުތާގައި ފާސްކުރިއިރު، ޔާމީނަށް ދޭންޖެހޭ އިނާޔަތްތައް ބަޖެޓުގައި ހިމަނައިފައެއް ނުވެ އެވެ. އެއީ ބަޖެޓް މަޖިލީހުން ފާސްކުރއިރު، އެ މަނިކުފާނުގެ މައްޗަށް ޖިނާއީ ކުށެއް ސާބިތުވެފައި ވާތީ އެވެ.
އެކަމަކު، ފިނޭންސް މިނިސްޓްރީގެ ކޮމިއުނިކޭޝަން ޑިރެކްޓަރު ލަމާން މުހައްމަދު "މިހާރު" އަށް މިއަދު ވިދާޅުވީ، ޔާމީން މިނިވަންވުމާއެެކު، އެ މަނިކުފާނަށް ދޭންޖެހޭ އިނާޔަތްތައް މިހާރު ހަމަޖައްސާފައިވާ ކަމަށެވެ. އެ ހަރަދު ކުރާނީ ކޮންޓިންޖެންސީ ބަޖެޓުން ކަމަށް ވިދާޅުވި އެވެ.
ސުޕްރީމް ކޯޓުން އިއްުޔެ ކުރި ހުކުމާއެކު، ޔާމީން ޖަލު ހުކުމް ސަލާމަތްވުމުމުގެ ކާމިޔާބީ ފާހަގަކުރަން ޕީޕީއެމްގެ އޮފީސް ދޮަށަށް ޖަމާވި މީހުންނާ ސަލާމް ކުރައްވަނީ.---ފޮޓޯ: ފަޔާޒު މޫސާ/ މިހާރު
ދައުލަތުން އުފުލި މަނީ ލޯންޑްރިންގެ ދައުވާ ސާބިތުވެ، ޔާމީން ފަސް އަހަރަށް ޖަލަށް ލައި ފަސް މިލިއަން ޑޮލަރުން ޖޫރިމަނާކުރީ ނޮވެމްބަރު، 28، 2019 ގަ އެވެ.
އެ ދައުވާ ކުރީ އެ މަނިކުފާނުގެ ނަމުގައި އޮތް އެކައުންޓަކަށް އެމްއެމްޕީއާރުސީގެ ޚިޔާނާތުގެ ފައިސާ ދައުރުކުރި ކަމަށް ތުހުމަތު ކުރެވޭ ފައިސާ އެސްއޯއެފުން ޖަމާކުރި މައްސަލައިގަ އެވެ. އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އާ އެކު ހެދި އެސްކްރޯ އެކައުންޓެއްގައި އެ ފައިސާ ބެހެއްޓުމަށް ޔާމީން އެއްބަސްވެވަޑައިގަތުމަށް ފަހު، އެހެން ފައިސާތަކެއް އެސްކްރޯ އެކައުންޓަށް ޖަމާކޮށް އަދި އެސްއޯއެފުން ޖަމާކުރި ފައިސާ އިސްލާމިކް ބޭންކްގެ ޖެނެރަލް އިންވެސްޓްމަންޓް އެކައުންޓަކަށް ބަދަލުކޮށް، އޭގެ އަސްލު އޮޅުވައިލި ކަމަށް ބުނެ ދައުވާކުރީ އެވެ.
އެ މައްސަލައިގައި ޔާމީނަށް އިއްވީ ބޭއިންސާފު ހުކުމެއް ކަމަށް ބުނެ ހައި ކޯޓުގައި އިސްތިއުނާފު ކުރުމުން ދަށު ކޯޓުގެ ހުކުމް ދެމެހެއްޓި ނަމަވެސް ސުޕްރީމް ކޯޓުން އިއްޔެ ކުރި ހުކުމާއެކު ޔާމީން ވަނީ މިނިވަން ވެފަ އެވެ.
އެކަމަކު، ޔާމީނާ ގުޅޭގޮތުން ޝަރީއަތުގައި ހުރި މައްސަލަތަކަކާ ގުޅިގެން ޔާމީން ފުރުން މަނާކުރުމުގެ އަމުރަކަށް ފުލުހުން އެދުމުން އިއްޔެ ކްރިމިނަލް ކޯޓުން ވަނީ އެ އަމުރު ނެރެފަ އެވެ.
ޔާމީނަށް ތުހުމަތުކޮށް، މަނީ ލޯންޑްރިންގެ ދެ މައްސަލައެއް ކްރިމިނަލް ކޯޓަށް ވަނީ ހުށަހަޅައިފަ އެވެ. އެއީ، އެމްއެމްޕީއާރްސީ މެދުވެރިކޮށް ރ. ފުއްގިރި ދޫކުރި މުއާމަލާތާއި ވ. އާރަށް ދޫކުރުމުގެ މުއާމަލާތާ ގުޅިގެންގެންނެވެ. އެ އިން ކޮންމެ މައްސަލައެއްގައި މަނީ ލޯންޑަރިންގެ ދައުވާއަކާއެކު ރިޝްވަތު ގަބޫލުކުރުމުގެ ދައުވާއެއް ކޮށްފައިވެ އެވެ.
"ޓިނު ނެގި" ސިފައިންގެ މައުލޫމާތެއް ނެތް!
"ފެބްރުއަރީ 1 އާއި ނޮވެމްބަރު 3 އާ ތަފާތެއް ނެތް"
މައުމޫން ދިރިއުޅުއްވާ ގެކޮޅުގެ ސެކިއުރިޓީ ވަރުގަދަކޮށްފި
އިހުސާންގެ ސެކިއުރިޓީއާ ސިފައިން ހަވާލުވެއްޖެ
"މަޖިލިސް މެމްބަރުން ފާރުމަތިން އުކުން މާޒީވެއްޖެ"
ސަސްޕެންޑްކުރި އަބްދުﷲ ބްރިގޭޑިއާ ޖެނަރަލަކަށް!
ކައިޒީނަށް ފުލުހުން ސެކިއުރިޓީއެއް ނުދޭ
"ލޭ އޮހޮރުވުމަށް އިންޑިއާ ސިފައިން ތިބީ ތައްޔާރަށް"
ޔޫޓީއެފް މައްސަލާގައި ޑިފެންސުން ޔާމީނަށް ރައްދު ދީފި
އިންޑިއާ ސިފައިން ޖެހޭނީ މި ގައުމުން ފައިބަން: ޔާމީން