11 ޑިސެމްބަރ 2016
އެއް ހަށިގަނޑުން ގުޅިފައިވާ ދެ އަހަރުގެ އަންހެން ދެ ކުދިން 17 ގަޑިއިރުގެ ދިގު އޮޕަރޭޝަނަކަށް ފަހު ކާމިޔާބުކަމާ އެކު ވަކިކޮށްލައިފި އެވެ.
އެއް ހަށިގަނޑުން ގުޅިފައިވާ ދެ އަހަރުގެ އަންހެން ދެ ކުދިން 17 ގަޑިއިރުގެ ދިގު އޮޕަރޭޝަނަކަށް ފަހު ކާމިޔާބުކަމާ އެކު ވަކިކޮށްލައިފި އެވެ.
އެމެރިކާގެ ކެލިފޯނިއާގެ ހޮސްޕިޓަލެއްގައި މިދިޔަ ބުރާސްފަތި ދުވަހު ކުރި މި އޮޕަރޭޝަނަށް ފަހު ދެބެންގެ ހާލު ވެސް ރަނގަޅުކަމަށް ޑޮކްޓަރުން ބުނެ އެވެ.
މިގޮތަށް ގުޅިފައިވާ ދެ ކުދިން ވަކިކުރުމުގެ ފަސް އޮޕަރޭޝަނެއް އެމެރިކާގައި ކޮންމެ އަހަރަކު ވެސް ކުރެ އެވެ. އެގޮތުން މިދިޔަ މަހު ނައިޖީރިޔާގެ ދެބެން ކަމަށްވާ މެމްފިސް އާއި ޓެނެސީ ވެސް އޮޕަރޭޝަންކޮށް ވަކިކުރި އެވެ.
މިފަހަރު އޮޕަރޭޝަން ކުރި ދެބެން ކަމަށްވާ އެރިކާ އާއި އީވާ ސެންޑޮވާލް އަކީ ގުޅީފައި ތިބީ އެއް ކުއްޖަކު އަނެއް ކުއްޖަކާ ކުރިމަތިވާ ގޮތަށެވެ.
ގުޅިފައިވާ އެރިކާ އާއި އީވާ: މިހާރު ވަނީ އޮޕަރޭޝަންކޮށް ވަކިކޮށްފައި
މިއީ ޑޮކްޓަރުންނަށް ވަރަށް ގޮންޖެހުން ބޮޑު އޮޕަރޭޝަނެކެވެ. ސަބަބަކީ ހަށިގަނޑުން ތިރީ ބައި ދެ ކުދިން ވެސް ހިއްސާ ކުރާތީ އެވެ. ދެބެންގެ ހަށިގަނޑުގައި ވަނީ އެންމެ ލިވާއަކާއި ތިން ފަ އެވެ.
އޮޕަރޭޝަން ފެށުމުގެ ކުރިން ޑޮކްޓަރުންގެ ޓީމުން ދެބެންގެ ވަށައިގެން ތިބެ އަތް ގުޅާލައި، އެކަކު އަނެކަކުގެ ކިބައިން ހިތްވަރު ހޯދާތަން ވީޑިއޯ އިން ފެނެ އެވެ.
އޮޕަރޭޝަން ފެށީ އަންގާރަ ދުވަހު އެވެ. ނިމުނީ ބުދަ ދުވަހު އެވެ. މި އޮޕަރޭޝަންގައި ޓީމުން ވަނީ ބްލެޑާ ވެސް ތަފާތު ދެ އޯގަންއަކަށް ބަދަލުކޮށެވެ. އަދި ލިވާ ވެސް ދެ ފަޅިކޮށް، ކޮންމެ ކުއްޖަކަށް ބައެއް ވާ ގޮތަށް ހެދި އެވެ.
ދެ ކުދިން ވަކިކުރި އިރު ކޮންމެ ކުއްޖަކަށް ދިނީ އެއް ފަ އެވެ. އަނެއް ފައި ބޭނުންކުރީ ދެބެން ވަކިކުރުމުން ހަށިގަނޑުން އުނިވާ މަހާއި ހަމުގެ ބައިތައް ބައްދާށެވެ.
އައިސީޔޫގައި ދެ ހަފުތާ ވަންދެން އެ ކުދިން ބާއްވާނެ އެވެ. ދެ ކުދިން މިހާރު ވެސް އޮތީ ވަކި ދެ އެނދެއްގަ އެވެ.
އެކުދިންގެ މަންމަ އައިދާ ސަންޑޮވާލް ބުނީ އައިސީޔޫގައި ދެ ކުދިން ވަކިން ތިއްބާ ފެނުމުން އެކުދިންގެ ކިބައިން ކޮންމެވެސް އެއްޗެއް އުނިވެފައިވާ ކަމުގެ އިހްސާސް ކުރެވޭ ކަމަށެވެ. ނަމަވެސް އެކުދިންގެ ކުރިމަގަށްޓަކައި ދެ ކުދިން ވަކިކުރުން މާ މުހިއްމު ކަމަށް ގަބޫލުކުރާ ކަމަށް ބުންޏެވެ.
އޭނާ އުއްމީދުކުރަނީ އަމިއްލައަށް މިނިވަންކަމާ އެކު ދިރިއުޅުމުގެ ފުރުސަތެއް ދަރިންނަށް ލިބޭނެ ކަމަށެވެ.
ގުޅިފައިވާ ކުދިންގެ ތެރެއިން ގިނަ ކުދިން މައިމީހާގެ ރަހިމު ތެރޭގައި އޮވެ މަރުވެ އެވެ. ދިރިތިއްބާ ވިހަނީ އެގޮތަށް ބަލިވެ އިންނަ ދެބައިކުޅަ އެއްބައި ފަހަރު އެވެ. ނަމަވެސް ވިހާއިރު ދިރި ހުއްޓަސް އެންމެ ދުވަހެއްގެ ތެރޭގައި ގާތްގަނޑަކަށް ހުރިހާ ކުދިން ކަހަލަ ގޮތަކަށް މަރުވެ އެވެ.
ގުޅިފައިވާ މި ދެބެއިން ބޭނުންކުރީ ތަހުލީލުތައް ކުރަން
ވަކިވާން މަޖުބޫރު އެކަމަކު ވަކިވާކަށް ބޭނުމެއްނޫން
ހަށިގަނޑުން ގުޅިފައިވާ އެންމެ ދުވަސްވީ ދެބެން
ގުޅިފައިވާ ދެބެއިންނަށް ލޯބިވެރިއަކު ލިބިއްޖެ
ސީރިއާގައި އެއް ހަށިގަނޑުން ގުޅިފައިވާ ދެ ކުދިންނަށް ފަރުވާ ބޭނުންވެފައި
ކެއިންބުއިމުގެ ގޯސް އާދަތައް؛ މި ތިބީ ނުރައްކަލުގައި
ބޮޑެތި ސާޖަރީތައް ގިނައިން ހެދީ އަންހެނުންގެ
އާސަންދައިން ބޭސް ނުލިބޭ ނަމަ ރިޕޯޓުކުރަން އެދިއްޖެ
އީވް ކްލިނިކް ވެސްޓް ޕާކުގައި ނަފްސާނީ ފަރުވާ ދެނީ
ބެލްޖިއަމްގައި ޑިސްޕޮސަބްލް އީ-ސިނގިރެޓް މަނާކޮށްފި