23 މާޗް 2017
ރޯނީ އާއި ޑޯނީ ގޭލޯން އަށް އެ މީހުން ބޭނުންހާ ކަމެއް ކުރުމުގެ އިޚްތިޔާރެއް ނެތެވެ. އެންމެ ކުޑަމިނުން ނިދަން ވިޔަސް ކުރަންޖެހޭ މަސައްކަތް ވަރަށް ގިނަ އެވެ. ދޫކުރުމާއި ދޫދިނުން އަދި އެކުގައި ބައިވެރިވުން މި މީހުންނަށް ވަރަށް މުހިއްމެވެ. މިއީ އެއް ހަށިގަނޑުން ގުޅިފައިވާ އެންމެ ދުވަސްވީ ދެ މީހުންގެ ވާހަކަ އެވެ.
ރޯނީ އާއި ޑޯނީ ގޭލޯން އަށް އެ މީހުން ބޭނުންހާ ކަމެއް ކުރުމުގެ އިޚްތިޔާރެއް ނެތެވެ. އެންމެ ކުޑަމިނުން ނިދަން ވިޔަސް ކުރަންޖެހޭ މަސައްކަތް ވަރަށް ގިނަ އެވެ. ދޫކުރުމާއި ދޫދިނުން އަދި އެކުގައި ބައިވެރިވުން މި މީހުންނަށް ވަރަށް މުހިއްމެވެ. މިއީ އެއް ހަށިގަނޑުން ގުޅިފައިވާ އެންމެ ދުވަސްވީ ދެ މީހުންގެ ވާހަކަ އެވެ.
އުމުރުން 65 އަހަރު ވެފައިވާ، އިޓަލީގެ މި ދެބެންނަކީ ދުނިޔޭގައި މިވަގުތު ތިބި ގުޅިފައިވާ ދެބެންގެ ތެރެއިން އެންމެ ދުވަސްވީ ދެ މީހުންގެ ރެކޯޑް އޮތް މީހުންނެވެ.
މި ދެ މީހުން އުފަންވި ދުވަސްވަރަކީ މެޑިކަލް ސައިންސް އެހާ ބޮޑަށް ކުރިއަރާފައިވާ ދުވަސްވަރަކަށް ނުވާތީ އުފަން ވާފަހުން އެންމެ ދުވަހަކު ވެސް މި ދެބެން ދުނިޔޭގައި ނުތިބޭނެ ކަމަށް ޑޮކްޓަރުން ބުންޏެވެ.
ނައިން ލިވްސް މީޑިއާ 1 އަށް މި ދެބެންގެ ތެރެއިން ހަގު ޖިމް ބުނި ގޮތުގައި އެމީހުން އުފަންވީ 1951 ވަނަ އަހަރު އެވެ. އުފަންވުމާ އެކު، އިރު އަރަންދެން ވެސް އެމީހުން ދުނިޔޭގައި ނުތިބޭނެ ކަމަށް ޑޮކްޓަރުން ބުންޏެވެ.
ރޯނީ އާއި ޑޯނީ: ކިތަންމެ ބޭނުންވިޔަސް އެކަކު އަނެކަކާ ދުރަކަށް ދެވޭކަށް ނެތް
ނަމަވެސް އޭގެ ފަހުން މިހާރު 60 އަށް ވުރެ ގިނަ އަހަރުވީ އެވެ. ބައެއް ކަހަލަ ސިއްހީ މައްސަލަތައް ހުރުމާ އެކު ވެސް އެމީހުން އަދިވެސް ދުނިޔޭގައި ތިބީ އުފަލުންނެވެ. ރޯނީ އާއި ޑޯނީގެ ހަތަރު އަތާއި ހަތަރު ފައި އެބަހުއްޓެވެ. ނަމަވެސް އެމީހުންގެ ހަޖަމު ކުރުމުގެ ނިޒާމުގެ ތިރީބަޔާއި ޅިނދުމަތި ޖެހެނީ ޝެއާކުރާށެވެ. ހަގީގަތަކީ އެ މީހުން ހޭލާ ތިބޭ ހުރިހާ ވަގުތަކީ އެކަކު އަނެކަކުގެ މޫނަށް ބަލަހައްޓައިގެން ތިބުން މަޖުބޫރުވެފައިވާ ވަގުތެކެވެ.
ރޯނީ އާއި ޑޯނީ ކުޑަައިރު: ދުނިޔޭގައި މާ ގިނަ ދުވަހު ނުތިބޭނެކަމަށް ޑޮކްޓަރުން ބުނި
އޭބީސީ ނިއުސް އިން ބުނިގޮތުގައި މި ދެބެންގެ ބައެއް ޗަރުކޭސް ޝޯތަކުގައި ބައިވެރިވެ އަދި އެނޫން ވެސް ބައެއް ޝޯތަކަށް އަރާފައިވެ އެވެ. ނަމަވެސް 1991 ވަނަ އަހަރު އެ މީހުން ވަނީ އެކަމުން ރިޓަޔާކޮށްފަ އެވެ.
ރިހެބިލިޓޭޝަން ހޮސްޕިޓަލަކުން ހަދިޔާކޮށްފައިވާ މި ދެބެންނަށް ޚާއްސަކޮށް އުފައްދާފައިވާ އެނދަކީ ވެސް މި މީހުންގެ ހަޔާތުގެ ވަރަށް މުހިއްމު އެއްޗަކަށް ވަނީ ވެފަ އެވެ. މި އެނދުގައި އޮށޯވެ އެމީހުންނަށް ރަނގަޅަށް ނިދާލެވެ އެވެ. އަދި އެމީހުންގެ ދިރިއުޅުމުގެ ހާލަތު 10 ގުނަ އިތުރުވަނީ މިއެނދުގެ ސަބަބުންނެވެ. ޖިމްގެ އަންހެނުން ބުނާ ގޮތުގައި އެ ދެބެން މިހާ ގިނަ ދުވަހު ދުނިޔޭގައި ތިބުމުގެ ސިއްރަކީ ވެސް އެމީހުން ނިދަން ތައްޔާރުކޮށްފައިވާ އެނދެވެ.
އިޓަލީގެ ބަޔަކު ޕޮޒިޓިވްވެ، ލެބޯޓެރީގެ މައްސަލަ
ކުރެއްދުއަށް ކުރާ ތުހުމަތުތަކަށް އިންކާރުކޮށް ބަޔާންދީފި
ޓެގުން ނިންމީ ކުރެއްދުއަށް ދިޔަ ވަކީލުން ޓެސްޓުނުކުރަން
ކުރެއްދޫގެ ހުރިހާ މުވައްޒަފުން ކޮވިޑަށް ޓެސްޓްކުރަނީ
ރާއްޖެއަކީ އޭނާގެ ނަސީބު: އިޓަލީ މީހާގެ ލޮލުން ކަރުނަ
ޓޫރިސްޓު ފުރުވާލި މައްސަލަ ބަލަން ފުލުހުން ކުރެއްދޫގައި
ކޮވިޑް-19: ރަނގަޅުވި ދެ މީހަކު ދޫކޮށްލައިފި
ފުރަތަމަ ކޭސް: ކުއްލި ހާސްކަމާއި ބިރުވެރިކަމެއް
އިޓަލީގެ ދެ މީހުން ފުރުވާލުމަކީ ހެދި ގޯހެއް!
ދެ މީހުން ފުރުވާލެވުމަކީ ލިބުނު ފިލާވަޅެއް: މައިމޫނާ