14 ނޮވެމްބަރ 2016
އެއްމާބަނޑު ދެބެއިންންގެ ގުޅުން ވަރަށް ވަރުގަ އެވެ. ވިސްނުމާއި ފިކުރު ވެސް ވަރަށް އެއްގޮތް ވުމަކީ އާންމު ކަމެކެވެ. އެއްމާބަނޑު އަދި އެއް ހަށިގަނޑަކުން ގުޅިފައިވާ ދެބެއިން ނަމަ މި ގުޅުންތައް އިތުރަށް ވަރުދަވާން ފުރުސަތު އޮންނާނެ އެވެ. މިއީ އޭގެ ވާހަކައެކެވެ.
އެއްމާބަނޑު ދެބެއިންންގެ ގުޅުން ވަރަށް ވަރުގަ އެވެ. ވިސްނުމާއި ފިކުރު ވެސް ވަރަށް އެއްގޮތް ވުމަކީ އާންމު ކަމެކެވެ. އެއްމާބަނޑު އަދި އެއް ހަށިގަނޑަކުން ގުޅިފައިވާ ދެބެއިން ނަމަ މި ގުޅުންތައް އިތުރަށް ވަރުދަވާން ފުރުސަތު އޮންނާނެ އެވެ. މިއީ އޭގެ ވާހަކައެކެވެ.
އެއް ހަށިގަނޑުން ގުޅިފައިވާ މީހުންނަށް ދިމާވާނެ ގޮންޖެހުންތައް ގިނަ އެވެ. އެފަދަ މީހަކު ކައިވެންޏެއް ކުރަން ބޭނުން ނަމަ އެކަމާ މެދު އުފެދޭ ސުވާލުތައް ގިނަ އެވެ. އެއް ހަށިގަނޑެއްގެ ގޮތުގައިވާ ދެ މީހުން ލޯބިވާ މީހަކު ހޯދަންޖެހޭނެ އެވެ. އެކަކަށް ކަމުދާ މީހަކު އަނެކަކަށް ކަމުނުދާ ނަމަ އެއީ ބޮޑު މައްސަލައަކަށް ވާނެ އެވެ.
އިންޑިއާގެ ކުޑަކުޑަ އަވަށެއްގައި ދިރިއުޅޭ، ހަށިގަނޑުން ގުޅިފައިވާ ދެ އަންހެން ކަމަށްވާ ގަންގާ އާއި ޖަމުނާގެ ވާހަކަ އެހާ ޝައުގުވެރީ މިކަހަލަ ވަރަށް ގިނަ ސަބަބުތައް ހުރުމުންނެވެ.
އުމުރުން މިހާރު 46 އަހަރު ވެފައިވާ ގަންގާ އާއި ޖަމުނާ އަކީ ވެސްޓް ބެންގާލްގެ ކަލްކަތާއާ ކައިރީ އަވަށެއްގައި ދިރިއުޅޭ ދެބެއިންނެވެ. މި ދެބެއިންގެ މައިންބަފައިން ގަބޫލުކުރީ އެއީ އެމީހުންނަށް ފޮނުއްވި ކޯފާއެއް ކަމަށެވެ. އެހެންވެ ފުރާވަރަށް އެރިތަނާ މައިންބަފައިން އެ ދެބެއިން އެކަނިވެރިކޮށް ބޭރަށް ދޫކޮށްލީ އެވެ.
ގަންގާ އާއި ޖަމުނާ އެމީހުންގެ އެކުވެރި ޖާސިމުއްދީން އާއެކު
އެކަނިވެރި ދިރިއުޅުމެއް އުޅެން ފެށުމަށް މި ކުދިންނަށް ކުރިމަތިވި އެންމެ ބޮޑު ހުރަހަކީ އެކުދިންގެ ނުކުޅެދުންތެރިކަމުގެ އިތުރުން އެއްގޮތަކަށް ވެސް ތައުލީމެއް ނެތުމެވެ. ސްކޫލަކަށް ފޮނުވައިގެން ތައުލީމު ދޭން މަސައްކަތް ކޮށްފައި ނުވާތީ މި ކުދިންނަކީ ނުކިޔަވާ ތިބި ބައެކެވެ. އެހެންވެ ބަނޑުފުރާނަ މުއްތިކުރުމަށްޓަކައި މި ކުދިން ގުޅުނީ އެކި ތަންތަނުގައި ޝޯ ދެމުންދާ ޗަރުކޭސް ގްރޫޕަކާ އެވެ.
"ސުޕައިޑާ ސިސްޓާސް"ގެ ނަމުން ގިނަ ބަޔަކު މުޚާތަބުކުރާ ގަންގާ އާއި ޖަމުނާއާ ދެމީހުން ކުރެ ކޮންމެ މީހެއްގެ ވަކި މޭމައްޗަކާއި ކޮންމެ މީހެއްގެ ދެ އަތް ހުރި ނަމަވެސް އެމީހުން ވަނީ ބަނޑާއި އުނަގަނޑުން ގުޅިފަ އެވެ. އަދި އެ ދެ މީހުންގެ ހުރީ އެންމެ ދެ ފަޔެވެ. ނަމަވެސް ހިތާއި އެތެރެ ހަށީގެ އެހެން ގުނަވަންތައް ވަކިން އެބަހުއްޓެވެ.
މި ދެބެއިންގެ އެކަނިވެރި ހަޔާތަށް ދާދި ފަހުން ބައިވެރިޔަކު ލިބިއްޖެ އެވެ. އެއީ ޖާސިމުއްދީން އަހުމަދެވެ. އުމުރުން 37 އަހަރުގެ ޖާސިމުއްދީނަކީ ސްކޫލެއްގެ ޓީޗަރެކެވެ. އަދި މި ދެބެއިން މަސައްކަތްކުރާ ޗަރުކޭސް ގްރޫޕްގައި ވެސް ޕާޓްޓައިމްކޮށް ސައުންޑް އިންޖިނިއަރެއްގެ ގޮތުގައި މަސައްކަތް ކުރާ މީހެކެވެ.
ގަންގާ އާއި ޖަމުނާ އަށް ފުރަތަމަ ނަޒަރުން ޖާސިމުއްދީން ދެކެ ލޯބި ވެވިއްޖެ އެވެ. ޖާސިމުއްދީން ވެސް ބުނަނީ އޭނާއަށް ވެސް އެ ދެބެންނާ ބައްދަލުވި ފުރަތަމަ ފަހަރު އެމީހުން ދެކެ ލޯބި ވެވިފައިވާ ކަމަށެވެ.
އެތައް ޒަމާނެއްވަންދެން މީހުންގެ ނަފްރަތާއި މަލާމާތް ރައްދުވެފައިވާ މި ދެބެއިން ހަޔާތުގެ ދުވަސްތައް ހޭދަކޮށްފައި ވަނީ އެ ދެބެއިންގެ ކައިވެނި އެމީހުން ދިރިއުޅޭ މުޖުތަމައުން ގަބޫލުނުކުރާނެކަން އެނގޭނީ ވަރަށް އެކަނިވެރިކަމުގަ އެވެ. މިފަދަ ގޮތަކަށް ދިރިއުޅުން ހުރި ނަމަވެސް ކުއްލިއަކަށް ޖާސިމުއްދީން އެ ދެބެއިން ދެކެ ލޯބިވުމަކީ އެމީހުންނަށް ވެސް ލިބުނު ވަރަށް ބޮޑު ހައިރާންކަމެކެވެ.
ގަންގާ އާއި ޖަމުނާ އެމީހުންގެ އަވަށުގެ މީހުންނާއެކު
ޖާސިމުއްދީނު ދެކެ ދެބެއިންނަށް ވެސް ލޯބި ވެވުނު ކަމީ މި ދެ މީހުން ގަބޫލުކުރާ ގޮތުގައި ވަރަށް ރަނގަޅަށް ދިމާވި ކަމެކެވެ. އެކަކުވެސް ޖާސިމުއްދީނު ދެކެ ނަފްރަތު ކުރާނަަމަ އަނެކަކު ވަރަށް ހިތްދަތިވާން ޖެހުނީހެވެ. ނަމަވެސް މިފަހަރު އެ މައްސަލައެއް ދިމައެއް ނުވި އެވެ.
ޖާސިމުއްދީން ބުނަނީ އެހެން މީހުންނަށް އެހީތެރިވުމަކީ އުފަލެއް ކަމަށެވެ. މިހާރު ހުރިހާ ވަގުތެއް އޭނާ ހޭދަކުރަނީ މި ދެބެއިންނާ އެކުގަ އެވެ.
މި އެންމެން ވެސް މިއުޒިކް އަޑުއަހަން ލޯބިކުރެ އެވެ. އެހެންވެ ރޭގަނޑުގެ ވަރަށް ދަންވަންދެން މިއުޒިކް އަޑުއަހަން ތިބެ އެވެ.
ގަންގާ ބުނި ގޮތުގައި ޖާސިމުއްދީނަކީ ވަރަށް މަޖާ އެހާމެ ރަނގަޅު މީހެކެވެ. އަދި އެމީހުންގެ އެކަނިވެރި ހަޔާތަށް ލިބުނު ވަރަށް ބޮޑު އުފާވެރި ކަމެކެވެ. އެހެންވެ އެމީހުން އޭނާއަށް ކިޔަނީ "މިސްޓަ އިންޑިއާ" އެވެ.
ނަމަވެސް މި ތިން މީހުން ކިތަންމެ ލޯބިވިޔަސް އެމީހުންނަށް ކައިވެނި ކުރެވޭނެ ގޮތެއް ނެތެވެ. އެހިސާބުގަނޑުގައި ދެ އަންހެނުންނަށް އެއް ފިރިހެނަކާ ކައިވެނިކުރުން ހުއްދައެއް ނޫނެވެ. އެހެންވެ ކައިވެނިކުރިޔަސް މުޖުތަމައުން އެމީހުންގެ ކައިވެނި ބަލައިނުގަންނާނެކަން އެނގެ އެވެ.
މި ދެބެއިން އޮޕަރޭޝަން ކޮށްގެން ވަކިވާން ވެސް ކުރިން ވިސްނި އެވެ. ނަމަވެސް ފަހުން އެ ވިސްނުން ބަދަލުކުރީ އެވެ. އެ އޮޕަރޭޝަނަކީ ދެބެއިންގެ ވެސް ފުރާނައަށް ގެއްލުންވެދާނެ ނުރައްކާތެރި އޮޕަރޭޝަނަކަށް ވާތީ އެކަކުވެސް އަނެކަކުގެ ފުރާނައަށް ގެއްލުމެއް ލިބެން ބޭނުން ނުވީ އެވެ.
ދެބެއިންގެ ތެރެއިން އެކަކުވެސް އަނެކަކުގެ ވަކިވެ ދިއުމަކަށް ނޭދެ އެވެ. އެއަށްވުރެ މިގޮތަށް ދިރިއުޅުން އެމީހުންނަށް މާ ހިތްހަމަޖެހެ އެވެ.
ޖަމުނާ ބުނެފައިވާ ގޮތުގައި ޖާސިމުއްދީން އެމީހުންގެ ހަޔާތަށް އައި ފަހުން އެމީހުންނަކީ ވަރަށް އުފާވެރި ދިރިއުޅުމެއް އުޅޭ ބައެކެވެ. މާޒީގައި އެމީހުން ވަނީ ވަރަށް ވޭންދެނިވި ދުވަސްތަކެއް ދެކެފަ އެވެ. ނަމަވެސް މިހާރު އެދުވަސްތައް ފާއިތުވެއްޖެ އެވެ. މިހާރު އެމީހުންގެ ހަޔާތުގައި ވަނީ އުފާވެރިކަމެވެ. އެ ދެބެއިންގެ އުންމީދަކީ ޖާސިމުއްދީނާއެކު މުޅި އުމުރު ހޭދަކޮށްލުމެވެ.
ފޮތްކިޔާ އައިނު ދޫކޮށްލެވޭ ވަރުގެ ބޭހަކަށް ހުއްދަދީފި
ބެންގަލޫރުގެ ދެ ހޮސްޕިޓަލަކަށް އާސަންދަ މެދުކަނޑާލައިފި
ކެރެލާގައި ފެތުރޭ ބައްޔަށް ދިވެހިން ސަމާލުވާން އެދިއްޖެ
މަނިޕާލް ހޮސްޕިޓަލަށް އާސަންދަ ދިނުން މެދުކަނޑާލައިފި
އިންޑިއާއިން ބޭސް ކުންފުނިތަކުގެ ގަވައިދު ހަރުކަށިކޮށްފި
ދެކުނު އިންޑިއާގައި ކޮވިޑްގެ އާ ވޭރިއަންޓް ފެތުރެނީ
ފައިލޭރިއާ އަށް މިހާތަނަށް 452 މީހަކު ޓެސްޓުކޮށްފި
ފައިލޭރިއާ ޖެހިފައިވާ ބިދޭސީއަކު ހުޅުމާލެ އިން ފެނިއްޖެ
ސީއައިޑީގެ ފްރެޑްރިކްސްގެ ހާލު ދެރަވެ ވެންޓިލޭޓަރުގައި
ނިޕާ ވައިރަސް ފެތުރޭތީ އިންޑިއާގެ ކެރަލާ ބަންދުކޮށްފި