28 ނޮވެމްބަރ 2021
ރާއްޖޭގެ މަޝްހޫރު ވިޔަފާރި ކުންފުނި ރެއިންބޯ އިން އައްޑޫގައި އިންވެސްޓްކުރަން ޝައުގުވެރިކަން ފާޅުކޮށްފައިވާ ކަމަށް ސިޓީ ކައުންސިލުން ބުނެފި އެވެ.
ރާއްޖޭގެ މަޝްހޫރު ވިޔަފާރި ކުންފުނި ރެއިންބޯ އިން އައްޑޫގައި އިންވެސްޓްކުރަން ޝައުގުވެރިކަން ފާޅުކޮށްފައިވާ ކަމަށް ސިޓީ ކައުންސިލުން ބުނެފި އެވެ.
ރެއިންބޯ ކޮންސްޓަރަކްޝަންގެ އިސްވެރިންތަކެއް އިއްޔެ ކައުންސިލާ ބައްދަލުކޮށް، ކުރި މަޝްވަރާތަކަށް ފަހު، ކައުންސިލުން ކުރި ޓްވީޓްތަކެއްގައި ބުނީ އައްޑޫގައި ހައުސިން ޕްރޮޖެކްޓެއް ކުރިއަށް ގެންދިއުމުގެ އިތުރުން އެކި ދާއިރާތަކުން އެ ސިޓީގައި އިންވެސްޓް ކުރަން ވެސް ޝައުގުވެރިކަން ފާޅުކޮށްފައިވާ ކަމަށެވެ.
"މި ބައްދަލުވުމުގައި މޭޔަރު އަލީ ނިޒާރު ވަނީ އައްޑޫގައި އިންވެސްޓްކުރަން ގަސްދުކުރާ ފަރާތްތަކަށް އަބަދުވެސް މަރުހަބާ ކިޔައި، އެ ފަރާތްތަކަށް ކައުންސިލްގެ ފުރިހަމަ އެއްބާރުލުން އަބަދުވެސް ލިބޭނެ ކަމުގެ ފުރިހަމަ ޔަގީންކަން [ވެސް] ދެއްވާފައި." ކައުންސިލުން ބުންޏެވެ.
ރެއިންބޯ އިން އައްޑޫގައި އިންވެސްޓްކުރަން ޝައުގުވެރިކަން ފާޅުކުރި ނަމަވެސް މިކަމާ ބެހޭ އިތުރު އެއްވެސް ތަފުސީލެއް އަދި ނުދެ އެވެ. ރެއިންބޯ އިން އެންމެ ދެކުނުގެ ސިޓީގައި ހައުސިން ޕްރޮޖެކްޓެއް ހިންގަން ޝައުގުވެރިކަން ފާޅުކުރި އިރު، އެއީ އެފަދަ މަޝްރޫއުތައް މާލެ ސަރަހައްދުގައި ވަރަށް ފުޅާކޮށް ހިންގާ ކުންފުންޏެކެވެ.
އައްޑޫ ސިޓީ ކައުންސިލުން ރެރިންބޯ ކޮންސްޓްރަކްޝަން އާއި މިއަދު ބައްދަލުކުރައްވައިފި. މިބައްދަލުވުމުގައި ރެއިންބޯ ކޮންސްޓްރަކްޝަން އިން ވަނީ އައްޑޫ ސިޓީގައި ހައުސިންގް ޕްރޮޖެކްޓެއް ފެށުމަށާއި، އެހެނިހެން ދާއިރާ ތަކުގައި އިންވެސްޓް ކުރުމުގެ ޝައުގުވެރިކަން ފާޅުކުރައްވައިފަ. 1/2 pic.twitter.com/n3IsHdO5Kw
— Addu City Council (@AdduCityCouncil) November 27, 2021
ރާއްޖޭގެ މަޝްހޫރު އެހެން ކުންފުންޏެއް ކަމަށްވާ އަމިން ކޮންސްޓްރަކްޝަނުން ވެސް އައްޑޫގައި ހައުސިން ޕްރޮޖެކްޓެއް ކުރިއަށް ގެންދަން ކުރިން ނިންމި އެވެ. އެއީ ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ ސަރުކާރުގައި 2011 ގެ ސާކް ސަމިޓް އައްޑޫގައި ބޭއްވި ދުވަސްވަރު އެ ސަމިޓަށްޓަކައި ހެދި އިކްޓޯރިއަލް ކޮންވެންޝަން ސެންޓަރު [މިހާރުގެ އައްޑޫ އިކްއެޓޯރިއަލް ހޮސްޕިޓަލް] ގެ މަސައްކަތް އެ ކުންފުނިން ކުރި ދުވަސްވަރެވެ. ނަމަވެސް ނަޝީދުގެ ވެރިކަން ނިމުނު ފަހުން، އެ ކުންފުނިން އައްޑޫގައި ކުރިއަށް ގެންދަން ނިންމި ހައުސިން ޕްރޮޖެކްޓާ ގުޅޭ އެއްވެސް ވާހަކައެއް ދެއްކެވިފައެއް ނުވެ އެވެ.
އައްޑޫގައި ބޯހިޔާވަހިކަން ފޯރުކޮށް ދިނުމަށް ހިންގާފައިވާ މަޝްރޫއުތަކަށް ބަލާ އިރު، ނަޝީދުގެ ވެރިކަމުގައި ފޭދޫގައި ހައުސިން ޔުނިޓްތަކެއް އަދި އަބްދުﷲ ޔާމީންގެ ވެރިކަމުގައި ހިތަދު އާއި ހުޅުމީދޫގައި ފްލެޓްތަކެއް އަޅާފައިވެ އެވެ.
އައްޑޫން ގޯތި ދިނުމާ ގުޅިފައިވާ ހިއްކާ ބިންތަކާ
އައްޑޫގައި ބޯހިޔާވަހިކަމުގެ ބޮޑު މަޝްރޫއެއް ހިންގަނީ
ހަންކެޑެކެ ތަރައްގީކުރުމުގެ އަމަލީ މަސައްކަތް ފަށަނީ
އައްޑޫގައި ޔޮޓް މެރީނާއަކާއި ކްރޫޒް ޓާމިނަލެއް
"ވަރުބައްޔެއް ނުވޭ، ބޭނުމީ އައްޑޫ މީހުންގެ ހިއްސާ"
އައްޑޫގެ އާ އިންޖީނުގެ އަޅަން ބިން ހަމަޖައްސަނީ
އައްޑޫގެ ގުޅިފައިވާރަށްތަކުން އަނެއްކާ ކަރަންޓު ކެނޑެނީ
އައްޑޫގައި 6،000 އެނދު ތަރައްގީ ކުރަން ޕްލޭނެއް
އައްޑޫ ލިންކް ރޯޑް ފުރަތަމަ ފަހަރަށް ދިއްލާލަނީ
އައްޑޫން ދޫކުރާ ގޯއްޗަށް 4،000 ފޯމު ހުށަހެޅި