23 ނޮވެމްބަރ 2021
އަބޫދާބީ (ނޮވެމްބަރު 23) - ޔުނައިޓެޑް އެރަބް އެމިރޭޓްސްގައި އަލަށް ފަށާ ކްރިކެޓް ލީގުގެ ކްލަބެއް ގަންނަން، އިނގިރޭސި ފުޓްބޯޅަ ކްލަބު މެންޗެސްޓާ ޔުނައިޓެޑް ހިންގާ ގްލޭޒާ އާއިލާ އިން ނިންމައިފި އެވެ.
އަބޫދާބީ (ނޮވެމްބަރު 23) - ޔުނައިޓެޑް އެރަބް އެމިރޭޓްސްގައި އަލަށް ފަށާ ކްރިކެޓް ލީގުގެ ކްލަބެއް ގަންނަން، އިނގިރޭސި ފުޓްބޯޅަ ކްލަބު މެންޗެސްޓާ ޔުނައިޓެޑް ހިންގާ ގްލޭޒާ އާއިލާ އިން ނިންމައިފި އެވެ.
އަލަށް ފަށަން ތައްޔާރުވާ އެމިރޭޓްސް ޓީ20 ކްރިކެޓް ލީގަށް ވަންނަން ތައްޔާރުވާ ބޭރުގެ އެހެން ހިއްސާދާރުންނަކީ އިންޑިއާގެ ކްރިކެޓް ފްރެންޗައިޒް މުންބާއީ އިންޑިއަންސްގެ ވެރިން ކަމަށްވާ އަމްބާނީ އާއިލާ އާއި ކަލްކަތާ ނައިޓް ރައިޑާސްގެ ހިއްސާ އޮންނަ ކުންފުންޏެވެ.
ލީގުގެ ޕްލޭނިން މަސައްކަތުގައި އުޅޭ އޮފިޝަލަކު އީއެސްޕީއެން ކްރިކެޓަށް ބުނެފައި ވަނީ އެ ތިން ކުންފުނި ލީގުގެ ތެރެއަށް ވެއްދުމާ ބެހޭގޮތުން މަޝްވަރާ ކުރަމުންދާ ކަމަށެވެ.
"މަޝްވަރާތައް ދިޔައީ ވަރަށް ކާމިޔާބުކޮށް. ދެން އޮތީ ފައިނަލް އެއްބަސްވުންތަކާ ހަމައަށް ދިއުން. އެންމެ އަވަހަށް ސޮއިކުރާނީ މުންބާއީ އިންޑިއަންސްއާ އެކު."
މެންޗެސްޓާ ޔުނައިޓެޑުގެ ވެރިން ވަނީ މީގެ ކުރިން އިންޑިއާގެ ޕްރިމިއާ ލީގުގެ ކްލަބެއް ގަންނަން ވެސް ދެ ފަހަރެއްގެ މަތިން މަސައްކަތްކޮށްފަ އެވެ. އެކަމަކު އެ ދެފަހަރު ހުށަހެޅި ބިޑް ވެސް ކާމިޔާބުވާ ގޮތެއް ނުވި އެވެ.
ހަ ޓީމު ހިމެނޭ، ލީގަށް ޔޫއޭއީގެ ކްރިކެޓް ބޯޑުން ވަނީ ހުއްދަ ދީފަ އެވެ. އެ ބޯޑުން ތައްޔާރުވަމުން ދަނީ އަންނަ ޖެނުއަރީ މަހު ރަސްމީކޮށް ލީގު ލޯންޗުކުރުމަށެވެ. އެކަމަކު އެ ލީގުގެ މެޗުތައް ކުޅޭނީ ފެބްރުއަރީ އަދި މާޗް މަހު އެވެ.
މެންޗެސްޓާ ޔުނައިޓެޑަށް މި ދަނޑަވަޅަކީ ނަތީޖާތައް ދަށް ވަގުތެކެވެ. ތަކުރާރުކޮށް ގޯސް ނަތީޖާތަކެއް ހޯދަމުން ދިއުމުގެ ސަބަބުން އެ ޓީމުގެ ކޯޗު އޮލޭ ގުނާ ސޯލްޝެއާ ވަކިކުރީ މިދިޔަ އާދިއްތަ ދުވަހު އެވެ.
ޔޫއޭއީގެ ފުރަތަމަ ޓީ20 ލީގުގައި ތަފާތު އެވޯޑްތަކެއް
އައިޕީއެލްގެ ޓީމުތަކުގެ އަދަދު އިތުރު ކުރަނީ
އައިޕީއެލްގެ އޮސްޓްރޭލިއާ ކުޅުންތެރިން ރާއްޖެއަށް
އައިޕީއެލް 10 ޓީމަށް އިތުރުކުރަނީ
ރައީސަށް، ދޯނީ އާއި ވިރާތުގެ ރަމްޒީ ހަދިޔާއެއް!
ހައިދަރުއާބާދު ފުރަތަމަ ފަހަރަށް އައިޕީއެލް ހޯދައިފި
ރާއްޖެ-ޔޫއޭއީގެ ގުޅުން ބަދަހިކުރަން މަޝްވަރާކުރައްވައިފި
ލިވަޕޫލް އަތުން ޕޮއިންޓެއް ލިބުނަސް އަމޯރިމް ދެރަވެފައި
ޔުނައިޓެޑް ކުޅުންތެރިން ނަފްސާނީ އުނދަގޫ ކުރިމަތިވެފައި
އިންޑިއާ އަށް ފަހު ފޮރިން މިނިސްޓަރު ހަލީލް ޔޫއޭއީއަށް