01 ސެޕްޓެމްބަރ 2021
މުމްބާއީ (ސެޕްޓެމްބަރު 1) - އިންޑިއާގެ ޕްރިމިއާ ލީގު، އައިޕީއެލްގެ ޓީމުތަކުގެ އަދަދު އިތުރު ކުރުމަށް ނިންމައިފި އެވެ.
މުމްބާއީ (ސެޕްޓެމްބަރު 1) - އިންޑިއާގެ ޕްރިމިއާ ލީގު، އައިޕީއެލްގެ ޓީމުތަކުގެ އަދަދު އިތުރު ކުރުމަށް ނިންމައިފި އެވެ.
އައިޕީއެލްގައި މިހާރު ވާދަ ކުރަނީ އަށް ޓީމެވެ. އިންޑިއާގެ ކްރިކެޓް ކޮންޓްރޯލް ބޯޑް، ބީސީސީއައި އިން ނިންމީ 10 ޓީމަށް ލީގު ފުޅާ ކުރުމަށެވެ. ދިހަ ޓީމަށް މުބާރާތް ފުޅާ ކުރަނީ 2022 ގެ ލީގުގަ އެވެ. އައިޕީއެލްގެ ގަވަނިން ކައުންސިލުން ވަނީ އެ ނިންމުން ފައިނަލް ކޮށްފަ އެވެ.
އިންޑިއާގެ ކްރިކެޓް ލީގަކީ ފްރެންޗައިޒް ލީގެކެވެ. މުބާރާތުގައި އަލަށް ބައިވެރިވާ ދެ ފްރެންޗައިޒް ޓީމަކުން ޖެހޭނީ ބިޑު ގަންނާށެވެ. އީއެސްޕީއެން ކްރިކްޓް އިން ބުނީ ބިޑް ވިއްކަނީ 270 މިލިއަން ޑޮލަރަށް ކަމަށެވެ.
މިއީ އެންމެ ފަހުން ފްރެންޗައިޒް ބިޑު ގަތް ސަންރައިޒް ހައިދަރުއާބާދުން ހޭދަކުރި ވަރަށް ވުރެ ބޮޑު އަދަދެކެވެ. ސަންރައިޒް ހައިދަރުއާބާދުން 2012 ގައި އިއިޕީއެލްގައި ބައިވެރިވުމަށް ބިޑު ގަތީ 116 މިލިއަން ޑޮލަރަށެވެ.
ޓެންޑާ މަރުހަލާގެ ތެރެއިން ބިޑް ހުށަހެޅުމުގެ އެންމެ ފަހު ދުވަހަކީ އަންނަ މަހުގެ 5 ވަނަ ދުވަހު އެވެ. ނަމަވެސް ބިޑު ސަބްމިޓް ކުރުމަށް އަދި ހުޅުވާލައިފައެއް ނުވެ އެވެ. ފްރެންޗައިޒް ލީގުގައި ބައިވެރި ވުމަށް ބިޑް ޑޮކިޔުމެންޓް ވިއްކާ އަގަކީ 13,710 ޑޮލަރެވެ. ބީސީސީއައި އިން ބުނީ ބިޑު ކުރާ ކޮންމެ ފަރާތަކަށް ބިޑް ޑޮކިޔުމެންޓްގެ ދެ ފޮތް ގަނެވިދާނެ ކަމަށެވެ. ނަމަވެސް ކޮންމެ ފަރާތަކަށް ވެސް އޯނާޝިޕް ގެންގުޅެވޭނީ އެއް ފްރެންޗަައިޒް ކަމަށް ބީސީސީއައި އިން ބުނެ އެވެ.
އައިޕީއެލްގައި މީގެ ކުރިން ވެސް 10 ޓީމު ވާދަކޮށްފައިވެ އެވެ. އެގޮތުން 2011 ވަނަ އަހަރު ޕޫނޭ ވޮރިއާސް އަދި ކޮޗީ ޓަސްކާސް ކެރެލާ ވަނީ ލީގަށް އިތުރު ކޮށްފަ އެވެ.
މީގެ ކުރިން އަށް ޓީމަށް ވުރެ ގިނައިން އައިޕީއެލްގައި ވާދަކުރީ 2013 ގަ އެވެ. އެ އަހަރު ނުވަ ޓީމު ވާދަކުރި އެވެ.
ޔުނައިޓެޑުގެ ވެރިން ކްރިކެޓް ކްލަބެއް ގަންނަނީ
އައިޕީއެލްގެ އޮސްޓްރޭލިއާ ކުޅުންތެރިން ރާއްޖެއަށް
އައިޕީއެލް 10 ޓީމަށް އިތުރުކުރަނީ
ރައީސަށް، ދޯނީ އާއި ވިރާތުގެ ރަމްޒީ ހަދިޔާއެއް!
ހައިދަރުއާބާދު ފުރަތަމަ ފަހަރަށް އައިޕީއެލް ހޯދައިފި
އަޒްޔާން: މިލާންގެ ތިންވަނަ ޖީލުގެ ޒުވާން ތަރި
އެންމެ މޮޅު ބެޓްސްމަނަކަށް ރާއްޖޭގެ އަޒްޔާން
ވިއްސާރަވެ މެޗު ނުކުޅެވުނު، ތައިލެންޑަށް ތަށި
ބޫޓާން މުބާރާތުގެ ފައިނަލަށް ރާއްޖެ އާއި ތައިލެންޑް
ކްރިކެޓްގެ ރައީސް ފައިސަލް ދެވަނަ ދައުރަކަށް ހޮވައިފި