ބެންގަލޫރު (ޖޫން 5) - ރޯޔަލް ޗެލެންޖާސް ބެންގަލޫރުން 18 އަހަރުގެ ދިގު އިންތިޒާރަކަށް ފަހު އައިޕީއެލްގެ ޗެމްޕިއަންކަން ހޯދައި ބޭއްވި އުފާފާޅުކުރުމުގެ ތެރޭގައި 11 މީހަކު މަރުވެއްޖެ އެވެ.
ބެންގަލޫރު (ޖޫން 5) - ރޯޔަލް ޗެލެންޖާސް ބެންގަލޫރުން 18 އަހަރުގެ ދިގު އިންތިޒާރަކަށް ފަހު އައިޕީއެލްގެ ޗެމްޕިއަންކަން ހޯދައި ބޭއްވި އުފާފާޅުކުރުމުގެ ތެރޭގައި 11 މީހަކު މަރުވެއްޖެ އެވެ.
އިންޑިއާގެ ނޫސްތަކުން ރިޕޯޓް ކުރާގޮތުގައި އެ ކްލަބްގެ ހޯމް ސްޓޭޑިއަމް ކަމަށްވާ އެމް ޗިންނަސްވާމީ ސްޓޭޑިއަމް ކައިރިއަށް އެއްވި ސަޕޯޓަރުން، އުފާފާޅުކުރުންތަކުގައި ބައިވެރިވާން ސްޓޭޑިއަމަށް ވަންނަން އުޅުމުގެ ތެރޭގައި ފިތިގެން 11 މީހަކު މަރުވުމުގެ އިތުރުން 75 އަށް ވުރެ ގިނަ މީހުންނަށް ވަނީ އަނިޔާވެ، ހޮސްޕިޓަލުގައި ފަރުވާ ދޭން ޖެހިފަ އެވެ.
އެގައުމުގެ ފުލުހުން އަންދާޒާ ކުރާ ގޮތުގައި، ޖުމްލަ 35،000 މީހުންގެ ޖާގައިގެ ކަރްނާޓަކާ ސްޓޭޓް ކްރިކެޓް ދަނޑަށް ވަންނަން ގާތްގަނޑަކަށް 200،000 އާއި 300،000 އާ ދެމެދުގެ އަދަދެއްގެ ސަޕޯޓަރުން ވަނީ އެއްވެފަ އެވެ. ނަމަވެސް އިންތިޒާމް ކުރި ފަރާތުގެ މުއާމަލާތްތައް ސާފު ނުވުމުން ދަނޑަށް ވަންނަ ގޭޓުތަކުގެ ކޮންޓްރޯލް ގެއްލުނީ ކަމަށް ޕޮލިހުން މައުލޫމާތު ދެ އެވެ.
ބައެއް ނޫސްތަކުން ހާމަކޮށްފައިވާ ގޮތުގައި މި ހާދިސާ ހިނގަން މެދުވެރިވީ، ގޭޓް 7 އިން ދަނޑަށް ވަންނަން ހިލޭ ޓިކެޓް ބަހާކަމަށް އަޑު ފެތުރިގެން، ސަޕޯޓަރުން އެއްފަހަރާ ދަނޑަށް ވަދެގަންނަން އުޅުމުގެ ތެރޭގަ އެވެ.
"ކުދި ކުދި ގޭޓްތަކެއް މި ހުރީ. ބައެއް މީހުން ގަދަކަމުން އެބަ ވަދޭ ތަންތަން ފަޅަމުން. މިހާ ގިނަ މީހުން އެއްވާނެ ކަމަށް އެއްވެސް ބަޔަކު އުންމީދެއް ނުކުރޭ،" މިކަން ފުރިހަމައަށް ތަހުގީގު ކުރާނެކަން ހާމަ ކުރަމުން ކަރްނާޓަކާގެ ޗީފް މިނިސްޓަރު ސިދާރަމަޔާ ވިދާޅުވި އެވެ.
މަރުވި މީހުންގެ ތެރޭގައި ގިނައީ އުފާފާޅުކުރުމުގައި ބައިވެރިވި ފުރާވަރުގެ އުމުރުގެ ކުދިންނާއި ސްކޫލްތަކުގެ ދަރިވަރުންގެ އިތުރުން ޒުވާން ސަޕޯޓަރުން ކަމަށް އިންޑިއާގެ ނޫސްތަކުން ޕޯޓް ކޮށްފައިވެ އެވެ.
އުފާފާޅުކުރުމުގައި ބައިވެރިވި ސްކޫލެއްގެ ދަރިވަރަކާ ހަވާލާދީ، އިންޑިއާގެ ނޫހެއްގައި ބުނެފައި ވަނީ، ސްޓޭޑިއަމަށް ސަޕޯޓަރުން ވައްދަން ބޭނުން ކުރަމުން ދިޔައީ އެންމެ ދެ ގޭޓު ކަމަށާއި، ހުރިހާ ގޭޓެއް ބޭނުން ކުރި ނަމަ މިފަދަ ހާލަތަކަށް ދާން ނުޖެހުނީހެވެ.
އާރުސީބީ ފުރަތަމަ ފަހަރަށް އައިޕީއެލް ކާމިޔާބުކޮށްފި
އުމުރުން 14 އަހަރުގައި ކްރިކެޓުގެ ބޮޑު ރެކޯޑެއް
ތަށި ކޮލްކަތާއަށް، ހައިދަރުއާބާދު ވަރަށް ދަށް
ގުޖުރާތު ޓައިޓަންސް މޮޅު، އެކަމު ހިތް އޮތީ ދޯނީ އަށް
ޔުނައިޓެޑުގެ ވެރިން ކްރިކެޓް ކްލަބެއް ގަންނަނީ
އައިޕީއެލްގެ ޓީމުތަކުގެ އަދަދު އިތުރު ކުރަނީ
އައިޕީއެލްގެ އޮސްޓްރޭލިއާ ކުޅުންތެރިން ރާއްޖެއަށް
އައިޕީއެލް 10 ޓީމަށް އިތުރުކުރަނީ
ޝާހްރުކް ޓީމުގެ އެހީއާއެކު އެމެރިކާގައި ކްރިކެޓް ލީގެއް
ރައީސަށް، ދޯނީ އާއި ވިރާތުގެ ރަމްޒީ ހަދިޔާއެއް!