Roadha Mihaaru
އާއިލާފުއްޓާއި ލޯބިގިއްޔަށް މުވައްޒަފުން ހޯދަނީ

އާއިލާފުއްޓާއި ލޯބިގިއްޔަށް މުވައްޒަފުން ހޯދަނީ

22 ނޮވެމްބަރ 2021

އެޓްމޮސްފިއާ ހޮޓެލްސް އެންޑް ރިސޯޓްސް އިން ކ. އަތޮޅުގައި ހުޅުވާ އޯބްލޫ ސެލެކްޓް ލޯބިގިލި އާއި އޯބްލޫ އެކްސްޕީރިއަންސް އާއިލާފުށި ރިސޯޓުތަކަށް މުވައްޒަފުން ހޯދަން އިއުލާން ކޮށްފި އެވެ.

އިދުހާމް ނައީމް އިދުހާމް ނައީމް

އެޓްމޮސްފިއާ ހޮޓެލްސް އެންޑް ރިސޯޓްސް އިން ކ. އަތޮޅުގައި ހުޅުވާ އޯބްލޫ ސެލެކްޓް ލޯބިގިލި އާއި އޯބްލޫ އެކްސްޕީރިއަންސް އާއިލާފުށި ރިސޯޓުތަކަށް މުވައްޒަފުން ހޯދަން އިއުލާން ކޮށްފި އެވެ.

އެ ހުރިހާ ވަޒީފާއެއްގެ ފުރުސަތު ވެސް ހުޅުވާލާފައިވަނީ ދިވެހިންނަށް ކަމަށް ވާއިރު، މީގެ ތެރޭގައި އަންހެނުންނަށް ހާއްސަ ވަޒީފާތައް ވެސް ވަނީ ކަނޑައަޅައިފަ އެވެ. އޭގެ ތެރޭގައި ބާޓެންޑާ އާއި އިންޖިއަނިއަރިން ކޯޑިނޭޓަރާއި ސެކިއުރިޓީ ކޯޑިނޭޓަރު ހިމެނެ އެވެ.

އެ ރިސޯޓުތަކުން ނުވަ ދާއިރާއަކުން 39 އަށް ވުރެ ގިނަ ވަޒީފާގެ ފުރުސަތު ވަނީ ހުޅުވާލައިފަ އެވެ. އޭގެ ތެރޭގައި އިންޖިނިއަރިން އާއި ހިއުމަން ރިސޯސަސް އާއި ބަދިގެ އާއި ރިސޯޓު ފިހާރަ އާައި ސްޓުވާޑިން އާއި ސެކިއުރިޓީ އާއި ފުޑް އެންޑް ބެވަރެޖަސް އާއި ހައސް ކީޕިން އާއި ފްރޮންޓް އޮފީސްގެ ދާއިރާ ހިމެނެ އެވެ.

އާއިލާފުއްޓާއި ލޯބިގިލީގެ ވޯޓާވިލާތަކެއް-- ފޮޓޯ: އެޓްމޮސްފިއަ

އާއިލާފުއްޓާއި ލޯބިގިލީގެ ވޯޓާވިލާތަކެއް-- ފޮޓޯ: އެޓްމޮސްފިއަ

މި ވަޒީފާތަކަށް ކުރިމަތިލާން ބޭނުންވާ މީހުން careers@oblu-ailafushi.com އަށް ސީވީ ފޮނުވުމަށް އެޓްމޮސްފިއާއިން އެދެ އެވެ.

އާއިލާފުއްޓާއި ލޯބިގިލި އަކީ ވޯޓާވިލާތަކުން ގުޅުވާލާފައިވާ ދެ ރިސޯޓެވެ. މީގެ ތެރެއިން ލޯބިގިލި ރިސޯޓު އަންނަ މަހު ހުޅުވަން ތާވަލު ކޮށްފައިވާއިރު، އާއިލާފުށި ހުޅުވަން ނިންމާފައި ވަނީ އަންނަ އަހަރުގެ ޖެނުއަރީ މަހުގަ އެވެ.

ލޯބިގިލީގެ ބީޗް ވިލާތަކެއް-- ފޮޓޯ: އެޓްމޮސްފިއާ

ލޯބިގިލީގެ ބީޗް ވިލާތަކެއް-- ފޮޓޯ: އެޓްމޮސްފިއާ

ލޯބިގިލިއަކީ އެ ނަމާ އެއްގޮތަށް ލޯބިވެރިންނަށް ހާއްސަ ރިސޯޓެކެވެ. މި ރިސޯޓަށް ދެވޭނީ ހަމައެކަނި ލޯބިވެރިންނަށް ކަމަށް ވާއިރު، އެ ތަން ހަދާފައިވަނީ ރޮމޭންޓިކް އިހުސާސް ގެނައުވައިދޭ ގޮތަކަށެވެ.

އާއިލާފުއްޓަކީ ރާއްޖޭގެ ރަށެއްގެ ސްޓޭއެއްގެ އިހުސާސް އެންމެ ފުރިހަމަ ގޮތުގައި ގެނުވައިދޭ ގޮތަށް ހަދާފައިވާ ރިސޯޓެކެވެ. މި ރިސޯޓުގައި ސްމާޓް ޓެކްނޮލޮޖީ ބޭނުންކޮށްފައިވާއިރު އާއިލާއާއެކު ނުވަތަ "ވޯކްކޭޝަން" އަށް ރާއްޖެ އަންނަ މީހުންނަށް މި ރިސޯޓު ކަމުދާނެ އެވެ.