މާލެ އަތޮޅުގައި އެޓްމޮސްފިއާ ހޮޓެލްސް އެންޑް ރިސޯޓްސް އިން، "ކަލާސް އޮފް އޮބްލޫ" ބްރޭންޑްގެ ދަށުން ހެދި އޮބްލޫ އެކްސްޕީރިއަންސް އާއިލާފުށި ރިސޯޓު ހުޅުވައިފި އެވެ.
03 ޖޫން 2022
މާލެ އަތޮޅުގައި އެޓްމޮސްފިއާ ހޮޓެލްސް އެންޑް ރިސޯޓްސް އިން، "ކަލާސް އޮފް އޮބްލޫ" ބްރޭންޑްގެ ދަށުން ހެދި އޮބްލޫ އެކްސްޕީރިއަންސް އާއިލާފުށި ރިސޯޓު ހުޅުވައިފި އެވެ.
އާއިލާފުއްޓަކީ "ކަލާސް އޮފް އޮބްލޫ" ބްރޭންޑްގެ ދަށުން ތަރައްގީކުރި ދެވަނަ ރިސޯޓެވެ. އެ ބްރޭންޑްގެ ދަށުން މިދިޔަ މާޗް މަހު ވަނީ އޮބްލޫ ސެލެކްޓް ލޯބިގިލި ރިސޯޓް ހުޅުވައިފަ އެވެ. އެއީ 68 ކޮޓަރީގެ ރިސޯޓެކެވެ.
އާއިލާފުއްޓަކީ ރާއްޖޭގެ ރަށެއްގެ ސްޓޭއެއްގެ އިހުސާސް އެންމެ ފުރިހަމަ ގޮތުގައި ގެނުވައިދޭ ގޮތަށް ހަދާފައިވާ ރިސޯޓެކެވެ.
ހަތަރު ތަރީގެ އެ ރިސޯޓުގައި 268 ވިލާ ހުންނާނެ އެވެ. އޭގެ ތެރޭގައި ރާއްޖޭގައި ބޭނުންކުރާ ދޯނިފަހަރުގެ ޑިޒައިނަށް ހަދާފައިވާ ވޯޓާ ވިލާތައް ވެސް ހިމެނެ އެވެ. މީގެ އިތުރުން އިންފިޓީ ޕޫލް އަކާއި ދުނިޔޭގެ އެކި ހިސާބުތަކުގެ ކެޔުންތަކަށް ހާއްސަ ދެ ރެސްޓޯރެންޓް ހުންނާނެ އެވެ.
އާއިލާފުއްޓަށް ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުން 15 މިނެޓްގެ ތެރޭގައި ދެވޭނެ--ފޮޓޯ:އެޓްމޯސްފިއާ
މާލެއިން ސްޕީޑް ލޯންޗުގައި 15 ވަރަކަށް މިނެޓް ތެރޭ ދެވޭ އެ ރިސޯޓުގައި ސްމާޓް ޓެކްނޮލޮޖީ ބޭނުންކޮށްފައިވާއިރު އާއިލާއާއެކު ނުވަތަ "ވޯކްކޭޝަން" އަށް ރާއްޖެ އަންނަ މީހުންނަށް އެ ރިސޯޓު ކަމުދާނެ އެވެ.
އެޓްމޯސްފިއާއިން މިހާރު ވެސް ރާއްޖޭގައި ހަތް ރިސޯޓެއް އަންނަނީ ހިންގަމުންނެވެ.
އާއިލާ ފުށީގެ ބީޗް ވިލާތައް. އާއިލާފުއްޓަކީ ހަތަރު ތަރީގެ ރިސޯޓެއް--ފޮޓޯ:އެޓްމޯސްފިއާ
އެ ކުންފުނިން އަންނަނީ މި ސަރަހައްދުގެ އެހެން ގައުމުތަކުގައި ވެސް ރިސޯޓު ވިޔަފާރި ފުޅާކުރަމުންނެވެ. އެގޮތުން ލަންކާގައި މިހާރު ވެސް ދެ ރިސޯޓެއް ތަރައްގީ ކުރަމުން އަންނަ އިރު އިންޑިއާ އާއި ނޭޕާލް ފަދަ ގައުމުތަކަށް މި ވިޔަފާރި ފުޅާކުރާނެ ކަމަށް އެ ކުންފުނިން ބުނެފައިވެ އެވެ.
ޝިފާޒް ދެއްކީ ދިވެހިންނަށް ވެސް އެންމެއުހަށް ދެވޭނެކަން
މިލިއަނެއްހާ ޑޮލަރަށް މުޅި ރިސޯޓް ބުކްކޮށްލެވިދާނެ
ބީއެމްއެލް އިސްލާމިކްއިން ރިސޯޓެއް ހަދަން ފައިނޭންސިން
މިލިއަން ޓޫރިސްޓުން ހަމަވާން ބާކީ ލައްކައެއް
"މިހާތަނަށް 13 ރަށެއް ރިސޯޓް ހަދަން ދޫކޮށްފައިވޭ"
ފުރަތަމަ ދެ މަހުގެ ޓީޖީއެސްޓީ 7.5 ޕަސެންޓު ދަށަށް
ކައުންސިލްތަކުގެ ރަށްތައް ޓޫރިޒަމަށް ދޭ ގޮތަށް ބަދަލެއް
ޓޫރިޒަމްގެ މާލީ ހައްލުތަކަށް ބީއެމްއެލް ތައްޔާރު:ޝަރީފް
ހއ. އަތޮޅުގައި 600 މިލިއަން ޑޮލަރުގެ ރިސޯޓެއް
ރާއްޖޭގެ ވެލްނަސް ޓޫރިޒަމަށް އެއް ބިލިއަން ޑޮލަރު