Roadha Mihaaru
ގައުމީ ކެޕްޓަން އަކްރަމް މާޒިޔާ އަށް

ގައުމީ ކެޕްޓަން އަކްރަމް މާޒިޔާ އަށް

21 ނޮވެމްބަރ 2021

ގައުމީ ފުޓްބޯޅަ ޓީމުގެ ކެޕްޓަން އަކްރަމް އަބްދުލް ގަނީ (އަކޫ) މާޒިޔާ އަށް ސޮއިކޮށްފި އެވެ.

ހުސެއިން ހަބީބް ހުސެއިން ހަބީބް

ގައުމީ ފުޓްބޯޅަ ޓީމުގެ ކެޕްޓަން އަކްރަމް އަބްދުލް ގަނީ (އަކޫ) މާޒިޔާ އަށް ސޮއިކޮށްފި އެވެ.

މިއީ މާޒިޔާ އަށް އަކްރަމް ކުޅޭ ދެވަނަ ފަހަރެވެ. މީގެ ކުރިން އޭނާ ވަނީ 2011 ގައި މާޒިޔާ އަށް ކުޅެފަ އެވެ. މިދިޔަ ސީޒަންގައި އަކޫ ކުޅުނީ އޭނާގެ ބޯއީހުޑް ކްލަބު ވެލެންސިއާ އަށެވެ. ވެލެންސިއާއާ އެކު މިދިޔަ ސީޒަނަށް ނުކުތުމުގެ ކުރިން އަކުރަމް ބުނެފައި ވަނީ އަލުން ވެލެންސިއާ އަށް ބަދަލުވީ ގިނަ އަހަރުތަކެއް އެ ކްލަބުގައި ހޭދަ ކުރުމަށް ކަމަށެވެ.

ބެލެވޭގޮތުގައި މާޒިޔާ އިން އަކުރަމް ލައްވައި އަލުން ސޮއިކުރުވީ، އެޓީމުގެ ޑިފެންސުގައި ލީޑާޝިޕް ރަނގަޅު ކުޅުންތެރިޔެއް ހުރުން މުހިންމުވާތީ އެވެ.

އެކަމަކު މިފަހަކަށް އައިސް އޭނާ އަށް އެންމެ ރަނގަޅު ކުޅުމެއް ނުދެއްކެ އެވެ. ލަންކާގައި ނިމިގެން ދިޔަ މަހިންދަ ރާޖަޕަކްސަ ފުޓްބޯޅަ މުބާރާތުގައި ބަންގްލަދޭޝް އަތުން ދިވެހި ޓިމު ބަލިވީ އޭނާ އަށް ހެދުނު ގޯހަކުން ކަމަށް އަކުރަމް ބުންޏެވެ.

ބަންގްލަދޭޝް އަތުން ރާއްޖެ ބަލިވީ މެޗުގެ ފަހު ވަގުތު އެ ޓީމަށް ލިބުނު ޕެނަލްޓީއަކުންނެވެ.

"އެއީ އަޅުގަނޑަށް ހެދުނު ގޯހަކުން. އެކަމުގެ ޒިންމާ އަޅުގަނޑު ނަގަން،" ބަންގްލަދޭޝް އަށް ލިބުނު ޕެނަލްޓީ އާ ބެހޭގޮތުން އަކްރަމް ބުނެފައިވެ އެވެ.

އޭނާ ބުނި ލަންކާއާ ދެކޮޅަށް ހަތަރު ލަނޑުގެ ލީޑެއް ނަގާފައިވަނިކޮށް ދިވެހި ޓީމު ބަލިވީ އޭނާ ވެސް ހިމެނޭ ގޮތަށް ކުޅުންތެރިންނަށް ފަރުވާ ކުޑަ ކޮށްލެވުމުގެ ސަބަބުން ކަމަށެވެ.

އެކަމަކު ސާފް ޗެމްޕިއަންޝިޕް 2018 ރާއްޖެ އަށް ކާމިޔާބުކޮށް ދިނުމުގައި އަކްރަމް މުހިންމު ދައުރެއް އަދާ ކުރި އެވެ. ރާއްޖެ ފައިނަލަށް ގެންގޮސްދޭން ސެމީގައި ނޭޕާލްގެ ގޯލް ހުޅުވީ ފްރީ ކިކަކުން އޭނާ ޖެހި ލަނޑަކުންނެވެ.