21 ނޮވެމްބަރ 2021
ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުގެ ސީޕްލޭން ޓާމިނަލަށް ބޯޓުތައް ޖައްސަން ހުޅުމާލެ މަތިން ދަތުރު ނުކުރާ ގޮތަށް ރޫޓް ބަދަލުކޮށްފި އެވެ.
ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުގެ ސީޕްލޭން ޓާމިނަލަށް ބޯޓުތައް ޖައްސަން ހުޅުމާލެ މަތިން ދަތުރު ނުކުރާ ގޮތަށް ރޫޓް ބަދަލުކޮށްފި އެވެ.
އެމްއޭސީއެމްއޭސީއެލްގެ މާސްޓަ ޕްލޭނާ އެއްގޮތަށް ގެނައި މި ބަދަލާ އެކު މި މަހުން ފެށިގެން ސީޕްލޭންތައް ޖައްސަން ބޭނުންކުރަނީ ހުޅުމާލެ އިރުމަތީ ފަޅާ ދިމާލުން އޮންނަ ރޫޓް ކަމަށް އެމްއޭސީއެލްގެ ކޮމިއުނިކޭޝަންސް މެނޭޖަރު ހަސަން އަރީފު "މިހާރު" އަށް ވިދާޅުވި އެވެ.
މިއީ އޭނާ ވިދާޅުވި ގޮތުގައި ހުޅުމާލޭގައި އުޅޭ މީހުންނަށް ލިބޭނެ ރައްކާތެރިކަމަކާއި ފަސޭހައަކަށް ވާނެ އެވެ.
"މިއީ އެމްއޭސީއެލްގެ ވަރަށް މުހިންމު ނިންމުމެއް. މިއީ މާސްޓަޕްލޭނާ އެއްގޮތަށް ނިންމި ނިންމުމެއް. މިގޮތަށް ނިންމުމުން ސޭފް ވެސް ވާނެ، ހުޅުމާލޭގައި ދިރިއުޅޭ މީހުންނަށް ފަސޭހަ ވެސް ވާނެ. މިކަން މި ކުރެވުނީ އޭޓީސީގެ މުވައްޒަފުންގެ ބުރަ މަސައްކަތުން،" ހަސަން ވިދާޅުވި އެވެ.
ސީޕްލޭން ދަތުރުކުރާ އާ ރޫޓުން މިއަދު ސީޕްލޭނެއް ޖައްސާ ތަން ފްލައިޓް ރާޑާ ވެބްސައިޓުން
ހުޅުމާލެ މަތިން ސީޕްލޭން ދަތުރުކުރާތީ އަޑުގަދަ ކަމުގެ ޝަކުވާތައް އެތަނުގައި ދިރިއުޅޭ މީހުން ކުރެ އެވެ.
ވީއައިއޭގެ ސީޕްލޭން ޓާމިނަލުގައި މިވަގުތު ހަތަރު ވޯޓާ ރަންވޭ ބޭނުންކުރެ އެވެ. މިއީ ދުނިޔޭގައި ވެސް އޮތް އެންމެ ބާރު ބޮޑު ވޯޓާ ރަންވޭ އެވެ.
މި ރަންވޭ ތިން ސީޕްލޭން އޮޕަރޭޓަރުން ބޭނުން ކުރެ އެވެ. އެއީ ޓީއެމްއޭ އާއި މޯލްޑިވިއަން އާއި މަންޓާ އެއާ އެވެ.
މަންޓާ އެއާގެ ސީޕްލޭން ޓާމިނަލް ހުޅުވައިފި
ހުޅުލެއަށް ދާން ކުރިން ބޭނުންކުރި މަގު މޫދަށް ހަދަނީ
އެއާޕޯޓު ތަރައްގީކުރާއިރު ރީތި ތަނަކަށް ހަދަން ޖެހޭ
އެއާޕޯޓުގެ އާ ސީޕްލޭން ޓާމިނަލްގެ މަސައްކަތް ފަށައިފި
"އެޕެކްސް އިން ސެކިއުރިޓީ" ޕްރޮގްރާމް ފަށައިފި
ދުނިޔެއަށް ކުރިމަތިވި އައިޓީ މައްސަލަ ރާއްޖެއަށް ވެސް
ޓޫރިޒަމަށް، އޭވިއޭޝަން ހިދުމަތްތައް ވަރުގަދަކުރަންޖެހޭ
އެއާ ސާވިސް ވޯލްޑް ކޮންގްރެސް ފަށައިފި
ވީއައިއޭގެ ޓްރެފިކް މޫވްމަންޓްގެ އާ ރެކޯޑެއް
ވެލާނާ އެއާޕޯޓްގައި ސީޕްލޭން ދަތުރުތަކުގެ އާ ރެކޯޑެއް