އިނގިރޭސި ވިލާތުގެ މަތިންދާބޯޓު އުފުލާ މަނަވަރުގެ ވައިގެ ލަޝްކަރުގައި ހިމެނޭ އެފް-35 މަރުކާގެ މަތިންދާބޯޓެއް، މެޑްޓެރޭނިއަން ކަނޑަށް ވެއްޓިއްޖެ އެވެ.
އިނގިރޭސި ވިލާތުގެ މަތިންދާބޯޓު އުފުލާ މަނަވަރުގެ ވައިގެ ލަޝްކަރުގައި ހިމެނޭ އެފް-35 މަރުކާގެ މަތިންދާބޯޓެއް، މެޑްޓެރޭނިއަން ކަނޑަށް ވެއްޓިއްޖެ އެވެ.
އިނގިރޭސި ދިފާއީ ވުޒާރާ އިން ކުރި ޓުވީޓެއްގައި ބުނެފައިވާ ގޮތުގައި، މަތިންދާބޯޓު ވެއްޓުނީ މަނަވަރު އެޗްއެމްއެސް ކުއީންގެ ބޭރުން ކަނޑުގެ ސަރަހައްދުގައި ދަތުރުކުރަނިކޮށެވެ. މަތިންދާބޯޓު ވެއްޓެން ފެށުމުން އޭގެ ޕައިލެޓް ވަނީ ބޯޓުން ފުންމާލައި ސަލާމަތްވެފަ އެވެ. އެއަށް ފަހު އިނގިރޭސި ސިފައިން ވަނީ ސަލާމަތްކޮށްގެން އޭނާ މަނަވަރަށް ނަގައިފަ އެވެ.
އެފް-35 މަރުކާގެ ހަނގުރާމަމަތީ މަތިންދާބޯޓަކީ، އެމެރިކާގައި އުފައްދާފައިވާ ރާޑަރަށް ނާރާ ހަނގުރާމަމަތީ ބޯޓުތަކުގެ ތެރެއިން، އޮލަނބަށް ވާގޮތަށް ތިރިކޮށް މައްޗަށް އަރާ ގޮތަށް ތަރައްގީކޮށްފައިވާ، އެއް އިންޖީނުލީ ބޯޓެކެވެ. މިބާވަތުގެ އެންމެ ބޯޓެއް އުފައްދަން 115 މިލިއަން ޑޮލަރު ހަރަދުވެ އެވެ.
އިނގިރޭސި ވިލާތުގެ އެފް-35 މަރުކާގެ މަތިންދާބޯޓުތައް އެންމެ ފުރަތަމަ ހަނގުރާމައެއްގައި ބޭނުންކުރީ، އިރާގާއި ސީރިޔާގައި ހަނގުރާމަކުރާ އިސްލާމިކް ސްޓޭޓް (އައިއެސް)ގެ ހަނގުރާމަވެރިންނާ ދެކޮޅަށް، ކުރި ހަނގުރާމައިގެ ތެރޭގައި 2019 ވަނަ އަހަރު އެވެ. އެފަހަރު ބޭނުންކުރީ ސައިޕްރަސްގައި އޮންނަ އިނގިރޭސި ވައިގެ ސިފައިންގެ މަރުކަޒުގައި ހުރި ބޯޓުތަކެވެ.
އެމެރިކާގެ އިތުރުން އެފް-35 މަރުކާގެ މަތިންދާބޯޓު ގެންގުޅެނީ ޖަޕާނާއި އިނގިރޭސި ވިލާތުގަ އެވެ. މީގެ ކުރިން ހިނގާފައިވާ ހާދިސާތަކުގައި އެމެރިކާ އާއި ޖަޕާނުގައި ބޭނުންކުރާ އެފް-35 މަރުކާގެ ބައެއް ބޯޓުތައް ވަނީ ވެއްޓި ހަލާކުވެފަ އެވެ.
އެމެރިކާގައި ބޭނުންކުރާ މި މަރުކާގެ މަތިންދާ ބޯޓެއް އެންމެ ފުރަތަމަ ވެއްޓުނީ، 2018 ވަނަ އަހަރުގެ ސެޕްޓެމްބަރު މަހުގެ ތެރޭގައި ކެރޮލީނާގެ ދެކުނު ސަރަހައްދަށެވެ. މި އަހަރުގެ މެއި މަހުގެ ތެރޭގައި ތަމްރީން ދަތުރެއްގައި އުޅެނިކޮށް ވެސް، މި މަރުކާގެ މަތިންދާބޯޓެއް ފްލޮރިޑާ އަށް ވެއްޓުނެވެ. ނަމަވެސް ޕައިލެޓް ސަލާމަތްވި އެވެ.
އިނގިރޭސި ދެ މަނަވަރު ފަސް އަހަރަށް ޕެސިފިކް ކަނޑަށް
ޔޫކޭގެ އަސްކަރީ މަނަވަރެއް މާލޭގައި ބަނދަރުކޮށްފި
ޔަހޫދީން ހިތްހަމަޖައްސައިދޭން މެކްރޯން ވެސް އިޒްރޭލަށް
ޔަހޫދީން ރުއްސަން އިނގިރޭސި ބޮޑުވަޒީރު ވެސް އިޒްރޭލަށް
ވަގްނާ އަކީ ޓެރަރިސްޓް ޖަމާއަތެއް ކަމަށް ކަނޑައަޅަނީ
ހުޅަނގުގެ ޚާއްސަ ސިފައިން ޔޫކްރޭންގައި ހަނގުރާމަކުރަނީ
ތައިވާން ކައިރީގައި ޗައިނާގެ އަސްކަރީ ތަމްރީންތަކެއް
ޔޫރޭނިއަމް އުންޑަ ދީފިއްޔާ ރައްދު ދޭން މަޖުބޫރުވާނެ
ނިއުކްލިއާ ސަބްމެރިން ވިއްކުމަށް އޯކަސް އެއްބަސްވެއްޖެ
އިނގިރޭސި ދިފާއީ ބަޖެޓަށް 6 ބިލިއަން އިތުރުކުރަނީ