ރާއްޖޭގެ 100 މީޓަރު ބަޓަފްލައި އިވެންޓުގެ ގައުމީ ރެކޯޑް އަށް ސިކުންތުގެ ކުރިއެރުމަކާ އެކު ފެތުންތެރިޔާ ނިޝްވާން އިބްރާހިމް މުގުރާލައިފި އެވެ.
08 ޑިސެމްބަރ 2016
ރާއްޖޭގެ 100 މީޓަރު ބަޓަފްލައި އިވެންޓުގެ ގައުމީ ރެކޯޑް އަށް ސިކުންތުގެ ކުރިއެރުމަކާ އެކު ފެތުންތެރިޔާ ނިޝްވާން އިބްރާހިމް މުގުރާލައިފި އެވެ.
އޭނާ ރެކޯޑް މުގުރާލީ ކެނެޑާގެ ވިންޑްސަންގައި ކުރިއަށްދާ 13 ވަނަ ފީނާ ވޯލްޑް ސްވިމިން ޗެމްޕިއަންޝިޕުގައި 1 މިނެޓު 00:71 ސިކުންތުން ރޭސް ނިންމައިގެންނެވެ. މި ރެކޯޑް ކުރިން އޮތީ 2014 ވަނަ އަހަރު ގަތަރުގެ ވެރިރަށް ދޯހާގައި ބޭއްވި ވޯލްޑް ޗެމްޕިއަންޝިޕުގައި 1 މިނެޓު 08:13 ސިކުންތުން ރޭސް ނިންމި މުހައްމަދު މުއުތަސިމް އަދުނާންގެ އަތުގަ އެވެ.
މި ފަހަރުގެ އިވެންޓުގައި ނިޝްވާނާ އެކު އިސްމާއިލް މުއުތަސިމް އާދަމް ވާދަކޮށް ރޭސް ނިންމާފައިވަނީ 1 މިނެޓު 05:97 ސިކުންތުންނެވެ.
މޯލްޑިވްސް އޮލިމްޕިކް ކޮމިޓީގެ އެހީތެރިކަމާ އެކު ދެކުނު އެފްރިކާގެ ޑާބަންގައި ތަމްރީން ހަދަމުން އަންނަ ނިޝްވާން މި ހޯދީ ފާހަގަކޮށްލެވެ ފަދަ ބޮޑު ކުރިއެރުމެކެވެ. އޭނާ އަކީ ރާއްޖޭގެ އެންމެ ހުނަރުވެރި އަދި އެންމެ އުއްމީދީ ފެތުންތެރިޔާ އެވެ.
ނިޝްވާނާއި އިސްމާއިލްގެ އިތުރުން ފީނާ ވޯލްޑް ޗެމްޕިއަންޝިޕުގައި ރާއްޖޭގެ ފަރާތުން ބައިވެރިވަނީ އެއް ވަނަ އަންހެން ފެތުންތެރިޔާ އައިމިނަތު ސަޖަން އަދި އައިޝަތު ސަައުޝަން އެވެ. ކޯޗަކީ އިސްމާއިލް ފަރުހާނެވެ.
ކަލާސް އެވޯޑުގެ އެއްވަނަ މިފަހަރު ވެސް ނިޝްވާނަށް
ހީޓުގެ ތިން ވަނަ ނިޝްވާން ހޯދައިފި
ތައިލެންޑުގެ މުބާރާތުން ލޫތު އާއި މައާދު އަށް ތިންވަނަ
ނިއުލެގޫންގެ 40 ފެތުންތެރިން ތައިލެންޑްގެ މުބާރާތަށް
މެރާލް އާއި އުލްޔާ އަށް ޝޯޓްކޯސް ގައުމީ ރެކޯޑްތަކެއްް
މިކްސް ރިލޭ ޓީމުގެ ރެކޯޑާ އެކު ޖުމްލަ 8 ރެކޯޑް
ތަޒްކިޔާ އާއި އާން އަށް ވެސް އިތުރު ގައުމީ ރެކޯޑެއް
ރިހާން، އާން އަދި މިކްސް މެޑްލޭ ޓީމަށް ވެސް ރެކޯޑެއް
ދުނިޔޭގެ މުބާރާތުގައި މެރާލް އާއި ތަޒްކިޔާއަށް ރެކޯޑެއް
ދިރާގު"މާލެ އޯޕަން"ފެތުމުގެ މުބާރާތަށް ބޮޑު ތަރުހީބެއް