05 އޮކްޓޯބަރ 2016
ކުޅިވަރުތަކުން ފާހަގަކޮށްލެވޭ ދަރިވަރުންނަށް ދެމުން އަންނަ "ނެސްލޭ މައިލޯ ކަލާ އެވޯޑްސް" ޖެހިޖެހިގެން ދެ ވަނަ ފަހަރަށް، ފެތުންތެރިޔާ ނިޝްވާން އިބްރާހިމް ރޭ ހޯދައިފި އެވެ.
ކުޅިވަރުތަކުން ފާހަގަކޮށްލެވޭ ދަރިވަރުންނަށް ދެމުން އަންނަ "ނެސްލޭ މައިލޯ ކަލާ އެވޯޑްސް" ޖެހިޖެހިގެން ދެ ވަނަ ފަހަރަށް، ފެތުންތެރިޔާ ނިޝްވާން އިބްރާހިމް ރޭ ހޯދައިފި އެވެ.
ދަރުބާރުގޭގައި ބޭއްވި ހަފުލާއެއްގައި ކަލާސް އެވޯޑް ހާސިލްކުރި ނިޝްވާން ވަނީ ކޮމަންވެލްތް ޔޫތު ގޭމްސްގައި ރާއްޖެ ތަމްސީލްކޮށްފަ އެވެ. އަދި ފެތުމުގެ 50 މީޓަރު ބަޓަފްލައި ސްޓްރޯކްގެ ގައުމީ ރެކޯޑާއި ބެކްސްޓްރޯކް 50 މީޓަރުގެ ގައުމީ ރެކޯޑްވެސް އޭނާ ވަނީ ހަދައިފަ އެވެ.
އޮލިމްޕިކް ކޮމެޓީގެ ސްކޮލަޝިޕެއްގެ ދަށުން ނިޝްވާން މިހާރު އަންނަނީ އެފްރިކާގައި ތަމްރީނު ހަދަމުންނެވެ.
ކަލާސް އެވޯޑު ހަަފުލާއަށް ޔޫތު މިނިސްޓަރު އިރުތިޝާމައި (ކ) އެޑިއުކޭޝަން މިނިސްޓަރު ޑރ. އާއިޝަތު ޝިހާމް ވަޑައިގަންނަވަނީ.-- ފޮޓޯ: ހުސެއިން ޝަޔާހު/މިހާރު
"ކަލާސް އެވޯޑް ނައިޓް" ގައި މިދިޔަ އަހަރު ބޭއްވި އެކި މުބާރާތްތަކުން ވަނަ ތައް ހޯދި 130 ދަރިވަރަކަށް އެވޯޑު ދިނެވެ.
މި ހަފުލާ ޝަރަފުވެރިކޮށްދެއްވައި ވާހަކަ ދައްކަވަމުން ޔޫތު އެންޑް ސްޕޯޓްސް މިނިސްޓަރު އިރުތިޝާމް އާދަމް ވިދާޅުވީ ކަލާސް އެވޯޑުގެ ސަބަބުން ބައިނަލްއަގުވާމީ ފެންވަރުގައި ދަރިވަރުން ކާމިޔާބު ހޯދުމަށް ހިތްވަރު ލިބިގެންދާ ކަމަށެވެ. އަދި ސްކޫލު ދައުރަކީ ކުޅިވަރުގެ މައިދާނަށް ދަރިވަރުން ނުކުންނަން ލިބޭ އެންމެ ބޮޑު އެއް ހިތްވަރު ކަމަށް ވެސް މިނިސްޓަރު ވިދާޅުވި އެވެ.
ރާއްޖޭގެ އެންމެ ބާރު ދުވުންތެރިޔާ ހަސަން ސާއީދު، ކަލާސް އެވޯޑު ލިބުނު ދަރިވަރަކަށް އެވޯޑު ރޭ ހަވާލު ކޮށްދެއްވަނީ.-- ފޮޓޯ: ހުސެއިން ޝަޔާހު/ މިހާރު
ކުޅިވަރަކީ ސަރުކާރުން އިސްކަން ދީގެން ތަރައްގީކުރަމުން އަންނަ އެއް ދާއިރާ ކަމަށާއި ރާއްޖޭގެ އެކި ސަރަހައްދުތަކުގައި ކުޅިވަރު އެރީނާތަކާއި ފުޓްސަލް ދަނޑުތައް މިހާރު ވެސް އަޅަމުން އިރުތިޝާމް ފާހަގަކުރެއްވި އެވެ. އަދި ކުންފުނިތަކާއި ވިޔަފާރިތަކުން ވެސް ކުޅިވަރުގެ ދާއިރާއަށް އެހީތެރިވުމަށް މިނިސްޓަރު އެދިވަޑައިގަތެވެ.
އެޑިއުކޭޝަން މިނިސްޓަރު ޑރ. އާއިޝަތު ޝިހާމް ވިދާޅުވީ ތައުލީމީ ދާއިރާގެ އިތުރުން ކުޅިވަރުގެ ތެރޭގައި ވެސް ކާމިޔާބު ދަރިވަރުންތަކަކަށް ހެދުމަށް ދެމުން އަންނަ ސްޕޯޓްސް ސްކޮލަޝިޕްގެ މަގުސަދު ހާސިލްވަމުން އަންނަ ކަމަށެވެ. އޭނާ ވިދާޅުވީ އެ ދަރިވަރުން ބައިނަލްއަގުވާމީ ފެންވަރުގެ މުބާރާތްތަކުގައި ބައިވެރިވެ ރާއްޖެއަށް ރީތި ނަން ހޯދައިދެމުން އަންނަ ކަމަށެވެ.
ކަލާސް އެވޯޑު ހަފުލާގައި އެޑިއުކޭޝަން މިނިސްޓަރު ޑރ. އާއިޝަތު ޝިހާމް ރޭ ވާހަކަ ދައްކަވަނީ.-- ފޮޓޯ: ހުސެއިން ޝަޔާހު\ މިހާރު
މީގެ ތިން އަހަރު ކުރިން ދޭން ފެށި ކަލާސް އެވޯޑު ލިބޭ ދަރިވަރުންގެ އަދަދު މިއަހަރު 40 ޕަސެންޓަށް އިތުރުވެފައިވާ ކަމަށާއި އެއީ ވަރަށް ބޮޑު ކުރިއެރުމެއް ކަމަށް މިނިސްޓަރު ވިދާޅުވި އެވެ.
ރޭގެ ހަފުލާގައި ވަނީ ސްޕޯޓްސް ސްކޮލަޝިޕް ލިބުނު 12 ދަރިވަރަކަށް އެކަމުގެ ލިޔުން ހަވާލުކޮށްފަ އެވެ.
ވެބްސައިޓަކާއެކު "ފަރުކޮއެ" މަޝްރޫއު އިފްތިތާހްކޮށްފި
ރައިޝާންގެ ކާމިޔާބާ އެކު ކަލާފާނަށް ބޮޑު އުފަލެއް
ޒަމާނީ ވަސީލަތްތަކާއެކު ކިޔަވައިދިނުން، ބޮޑު އަމާޒަކަށް
މޭ 7 ގެ ފަހުން ކުދިން ކިޔަވާނީ ޓެބްލެޓްގައި
ޓީޗަރުން ހަމަވާނެ، ދިރާސީ އަހަރަށް ސްކޫލުތައް ތައްޔާރު
"ސާސްކަފުގެ ލަނޑުދަނޑިތަކަށް މަސައްކަތް ކުރާނަން"
500 ނަރުހުންނަށް ހުޅުވާލުމުން ދެ ގުނަ ކުރިމަތިލައިފި
ދުނިޔޭގެ ގަދަ 10 ގައި ދިވެހި 48 ދަރިވަރުން
ސްކޫލުތަކަށް ޕާކިސްތާނުން 15 ލެޕްޓޮޕް ހަދިޔާކޮށްފި
ދަރިވަރުންގެ ތަރިކައިގެ ނަމުގައި މަހާސިންތާއެއް ބާއްވަނީ