Roadha Mihaaru
ސާބާ ޗެމްޕިއަންޝިޕް: ފުރަތަމަ މެޗުން ރާއްޖެ ބަލިވެއްޖެ

ސާބާ ޗެމްޕިއަންޝިޕް: ފުރަތަމަ މެޗުން ރާއްޖެ ބަލިވެއްޖެ

16 ނޮވެމްބަރ 2021

ބަންގްލަދޭޝްގައި އިއްޔެ ފެށި ސާބާ ޗެމްޕިއަންޝިޕުގައި ގައުމީ ފިރިހެން ބާސްކެޓްބޯޅަ ޓީމު ކުޅުނު ފުރަތަމަ މެޗުން ދެކުނު އޭޝިއާގެ ގަދަބާރު އިންޑިއާ އަތުން 88-31 ޕޮއިންޓުން މިއަދު ބަލިވެއްޖެ އެވެ.

މުހައްމަދު ޒަޔާން ޒާހިރު މުހައްމަދު ޒަޔާން ޒާހިރު

ބަންގްލަދޭޝްގައި އިއްޔެ ފެށި ސާބާ ޗެމްޕިއަންޝިޕުގައި ގައުމީ ފިރިހެން ބާސްކެޓްބޯޅަ ޓީމު ކުޅުނު ފުރަތަމަ މެޗުން ދެކުނު އޭޝިއާގެ ގަދަބާރު އިންޑިއާ އަތުން 88-31 ޕޮއިންޓުން މިއަދު ބަލިވެއްޖެ އެވެ.

އިންޑިއާގެ އިސްކޮޅުން ދިގު، ބިޔަ ކުޅުންތެރިންނާ ދެކޮޅަށް ކުޅުނު ހަތަރު ކުއާޓާގައި ވެސް ރާއްޖޭގެ މައްޗަށް ކުރި ހޯދިއިރު ރާއްޖޭގެ ކުޅުންތެރިންނަށް ސްކޯ ކުރުމުގައި ދަތިތަކާ ދިމާވި އެވެ. މިހާތަނަށް ބޭއްވި ހަތް ސާބާ ޗެމްޕިއަންޝިޕުގެ ތެރެއިން ފަސް މުބާރާތުގައި ވާދަކޮށް، ފަސް ފަހަރު ވެސް ކާމިޔާބުކުރި އިންޑިއާ، މިއަދުގެ މެޗުތަކުގެ ކުއާޓާތައް ގެންދިޔައީ 26-4، 28-7، 17-11 އަދި 17-6 އިންނެވެ.އިއްޔެ ކުޅުނު ފުރަތަމަ މެޗުގައި ސްރީ ލަންކާ ވަނީ މުބާރާތް ބާއްވާ ގައުމު، ބަންގްލަދޭޝް 67-56 ޕޮއިންޓުން ބަލިކޮށްފަ އެވެ.

ރާއްޖޭގެ ދެވަނަ މެޗުގައި މާދަމާ ހެނދުނު ބައްދަލުކުރާނީ ބަންގްލަދޭޝްއާ ދެކޮޅަށެވެ. މުބާރާތުގައި ރާއްޖޭން އެންމެ ފަހުން ބަންގްލަދޭޝް ބަލިކުރީ 2016 ވަނަ އަހަރު އިންޑިއާގަ އެވެ.

އެންމެ ފަހުން 2018 ވަނަ އަހަރު ވެސް މި މުބާރާތް ބަންގްލަދޭޝްގައި ބޭއްވިއިރު، ކުޅުނު ހަތަރު މެޗުން ވެސް މޮޅުވެ، މުބާރާތް ކާމިޔާބުކުރީ ލަންކާ އެވެ. އިންޑިއާ ވާދަކުރީ ސީދާ ފީބާ އޭޝިއާ ކަޕް ކޮލިފައިން ބުރުގަ އެވެ. ޕްރީ ކޮލިފައިންގައި އެ އަހަރު ރާއްޖެއަށް ލިބުނީ ސާބާގެ ތިންވަނަ އެވެ.