28 ސެޕްޓެމްބަރ 2022
ރާއްޖޭގައި މިހާރު ކުރިއަށްދާ ސާބާ ޗެމްޕިއަންޝިޕްގައި ނޭޕާލްގެ މައްޗަށް ކާމިޔާބު ހޯދައި، މިރޭ ރާއްޖެ އާއި ސްރީ ލަންކާ ކުޅޭ މެޗުގެ ނަތީޖާ އަށް ނޭޕާލުން އިންތިޒާރު ކުރަން ޖެހިއްޖެ އެވެ.
ރާއްޖޭގައި މިހާރު ކުރިއަށްދާ ސާބާ ޗެމްޕިއަންޝިޕްގައި ނޭޕާލްގެ މައްޗަށް ކާމިޔާބު ހޯދައި، މިރޭ ރާއްޖެ އާއި ސްރީ ލަންކާ ކުޅޭ މެޗުގެ ނަތީޖާ އަށް ނޭޕާލުން އިންތިޒާރު ކުރަން ޖެހިއްޖެ އެވެ.
ސޯޝަލް ސެންޓަރުގެ އިންޑޯ ހޯލްގައި މިއަދު ހަވީރު ކުޅުނު މެޗު ނޭޕާލުން ކާމިޔާބު ކުރީ 39 ޕޮއުންޓްގެ ތަފާތަކުން 65-26 ޕޮއިންޓުންނެވެ.
މެޗުގެ ފުރަތަމަ ކުއާޓާ ނިމުނު އިރު ނޭޕާލުން ލީޑްގައި އޮތީ އެންމެ ޕޮއިންޓެއްގެ ތަފާތުންނެވެ. އެ ޓީމަށް ހޯދުނީ 11 ޕޮއިންޓެވެ. ބޫޓާނަށް 10 ޕޮއިންޓެވެ. ނޭޕާލުން ފަރަގު ބޮޑު ކުރީ ދެވަނަ ކުއާޓާގަ އެވެ. އެ ކުއާޓާ ނިމުނު އިރު ނޭޕާލުން ޖުމުލަ 28 ޕޮއިންޓް ވަނީ ހޯދާފަ އެވެ. ބޫޓާނަށް އެ ކުއާޓާގައި ހޯދި ޖުމުލަ ފަސް ޕޮއިންޓާއެކު އޮތީ 15 ޕޮއިންޓެވެ.
ތިންވަނަ ކުއާޓާ ނިމިގެން ދިޔައިރު ނޭޕާލުން 42 ޕޮއިންޓް ހަމަ ކުރި އެވެ. އޭރު ބޫޓާނަށް 20 ޕޮއިންޓް ވެސް ހަމަ ނުކުރެ ވެ އެވެ.
ކުޅުނު ދެ މެޗުން ވެސް ބަލިވެ މުބާރާތުގައި އެއް ވެސް ފުރުސަތު ނެތް ޓީމަކީ ބޫޓާނެވެ. ނޭޕާލަށް ވެސް ވަނީ މުބާރާތް ނިމިފަ އެވެ. އެ ޓީމު ކުޅުނު ތިން މެޗުގެ ތެރެއިން ފުރަތަމަ މެޗުގައި ރާއްޖެ އަތުން ބަލިވީ މެޗުގެ ފަހު ވަގުތު ލީޑް ގެއްލުމުންނެވެ.
މިރޭ ލަންކާ އާއި ރާއްޖެ ކުޅޭ މެޗަކީ މުބާރާތުގެ މަރުގެ މެޗެވެ. ދެ ޓީމަށް ވެސް މޮޅުވުން މަޖުބޫރެވެ. މިރޭގެ މެޗަށް ފަހު ލަންކާ އަށް ވެސް މުބާރާތް ނިމޭނެ އެވެ. ލީގު އުސޫލުން ކުޅޭ ފަހު މުބާރާތުގެ ފަހު މެޗުގައި މާދަމާ ރޭ ރާއްޖެ އާ ނޭޕާލް ވާދަ ކުރާނެ އެވެ.
ނޭޕާލާއި ޕާކިސްތާނަށް ފަރަގު ބޮޑު މޮޅެއް
ލަންކާ ބަލިކޮށް ނޭޕާލަށް ދިރުން އަތުވެއްޖެ
ޗެމްޕިއަން ލަންކާއިން ބޫޓާންގެ މައްޗަށް ބޮޑު މޮޅެއް
ރާއްޖެއިން އެންމެ ފަހުގެ ރަނަރަފް ނޭޕާލް ބަލިކޮށްފި
ފައިވް ނޭޝަން މުބާރާތުގެ ޗެމްޕިއަންކަން ބޫޓާނަށް
ބުޓާން އަތުން ވެސް ރާއްޖެ ބަލިވެއްޖެ
ބޫޓާން ބަލިކޮށް ރާއްޖެއިން ބްރޯންޒް މެޑަލް ހޯދައިފި
ރާއްޖެ ބަލިކޮށް ލަންކާއިން ޗެމްޕިއަންކަން ހޯދައިފި
ބޮޑު ހިތްވަރާއެކު ތާރީހީ ކާމިޔާބެއް ހޯދުމުގެ އަޒުމުގައި
އިސްރާއުގެ ތަފާތު ފޯމް އަމްޒަރަށް ވެސް ވީ ހިތްވަރަކަށް