08 ޑިސެމްބަރ 2016
އެންމެ ކުޑަ އިންޓަރެސްޓާ އެކު ވެސް، ޓާޓާ ފްލެޓަކަށް 20 އަހަރުގެ ތެރޭގައި އިންޓަރެސްޓާ އެކު 3.4 މިލިއަން ރުފިޔާ ދައްކަން ޖެހޭނެ ކަމަށް ބެލެވެން ފަށައިފި އެވެ.
އެންމެ ކުޑަ އިންޓަރެސްޓާ އެކު ވެސް، ޓާޓާ ފްލެޓަކަށް 20 އަހަރުގެ ތެރޭގައި އިންޓަރެސްޓާ އެކު 3.4 މިލިއަން ރުފިޔާ ދައްކަން ޖެހޭނެ ކަމަށް ބެލެވެން ފަށައިފި އެވެ.
ރާއްޖޭގައި ހިންގާ ބޭންކުތަކުގެ ތެރެއިން ހައުސިން އަށް ފައިނޭންސް ކޮށްދޭ އެންމެ ދަށް ރޭޓަކީ ނުވަ ޕަސެންޓް އިންޓަރެސްޓް ރޭޓެވެ. އޭގެ ތެރެއިން މޯލްޑިވްސް އިސްލާމިކް ބޭންކް (އެމްއައިބީ) އިން ޑައުންޕޭމަންޓަށް 20 ޕަސެންޓް ދެއްކުމުން އަހަރަކު ނުވަ ޕަސެންޓް ޕްރޮފިޓްގައި 20 އަހަރަށް ބަހާލައިގެން ދެއްކޭ ގޮތަށް ފައިނޭންސް ކޮށްދެ އެވެ. މިގޮތަށް އެ ބޭންކުން ފައިނޭންސް ކޮށްދެނީ ތިން މިލިއަނަށް ވުރެ އަގު ކުޑަ ތަންތަނަށެވެ.
އެމްއައިބީގެ ރޭޓްތައް ދައްކާ ގޮތުން ޓާޓާ ފްލެޓަކަށް 20 އަހަރުގެ ތެރޭގައި 3،454.939ރ. ދައްކަން ޖެހެ އެވެ. އެ އަދަދު ދައްކަން ޖެހެނީ ދެ މިލިއަން ރުފިޔާ ފްލެޓަކަށް މަހަކު 14،395.58ރ. ދައްކާ ނަމަ އެވެ. އެހެން ބޭންކުތަކާއި ފައިނޭންސް ކޮށްދޭ ތަންތަނުން 20 ޕަަސެންޓް ޑައުންޕޭމަންޓް ދެއްކި ނަމަވެސް އިންޓަރެސްޓްގެ ގޮތުގައި މަދުވެގެން ދިހަ ޕަސެންޓް އިންޓަރެސްޓްގެ ގޮތުގައި ޗާޖްކުރެ އެވެ.
އެމްއައިބީގެ އޮފިޝަލަކު މިއަދު ވިދާޅުވީ އެ ބޭންކުން ހައުސިން އަށް މި ވަގުތު ކަނޑައަޅާފައިވާ ރޭޓްތަކަކީ އެންމެ ކުޑަ ރޭޓް ކަމަށެވެ.
"މި ރޭޓްތަކަކީ މި ވަގުތު ރާއްޖެއިން ލިބެންހުރި އެންމެ ކުޑަ ރޭޓް. މި ރޭޓްތައް ކަނޑައަޅާފައި މިވަނީ ސޯޝަލް ހައުސިން އަށް އަމާޒުކޮށްގެން،" އޭނާ ވިދާޅުވި އެވެ.
ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ)ގެ އިސް އޮފިޝަލަކު މިއަދު ވިދާޅުވީ ޓާޓާ ފްލެޓްތައް ލިބުނު ފަރާތްތަކަށް ލުއި ގޮތަކަށް ލޯނު ލިބޭނެ އިންތިޒާމް ހަމަޖެއްސުމަށް ރާއްޖޭގެ ބޭންކުތަކާއި ފައިނޭންސްކޮށްދޭ ކުންފުނިތަކާ ވާހަކަދެއްކި ކަމަށެވެ.
"އަޅުގަނޑުމެންނަށް ބައެއް ފަރާތްތަކުން ކޮމިޓްމަންޓް ދިނުމަށް ފަހު ވެސް އެބަހުރި ބޯޑާ ހިސާބުން ނުނިމިފައި. އެކަމަކު އަދިވެސް މަސައްކަތްކުރަމުން މިދަނީ ލުއި ގޮތްތަކެއް ހޯދައިދެވޭތޯ،" އޭނާ ވިދާޅުވި އެވެ.
އަރަބިއްޔާ ހުރި ތަނުގައި ހަދާފައިވާ "މާލޭ ސްކުއާ" އާއި ގާކޮށި ހުރި ތަނުގައި ހަދާފައިވާ "މާލޭ ގްރޭންޑް" އިން ފްލެޓް ލިބުނު ފަރާތްތަކަށް މިދިޔަ ބުރާސްފަތި ދުވަހު އަންގާފައި ވަނީ ލޯނުގެ ކަންކަން ހަމަޖެއްސިކަމުގެ ލިޔުން އަންނަ މަހުގެ 26ގެ ކުރިން ހުށަހެޅުމަށެވެ. އަދި ފްލެޓް ހަވާލުކުރާނީ ލޯނަށް ދައްކަން ޖެހޭ ޑައުންޕޭމަންޓް ހަލާސްކުރުމަށް ފަހު، އެޗްޑީސީ އާއި ލޯނު ދޭ ފަރާތް އަދި ފްލެޓްގެ ވެރިފަރާތާ ދެމެދު ކުރާ އެއްބަސްވުމަކަށް ފަހުގައި ކަމަށް އެޗްޑީސީން ބުނެފައި ވެ އެވެ.
ދެ އިމާރާތުން ދޭ ފްލެޓެއްގެ އަގު އުޅެނީ ދެ މިލިއަން ރުފިޔާގަ އެވެ. ރާއްޖޭގެ ބޭންކްތަކާއި ގެދޮރަށް ލޯނު ދޫކުރާ އެހެން ފަރާތްތަކުން ޑައުންޕޭމަންޓްގެ ގޮތުގައި 20 ޕަސެންޓް ނަގަ އެވެ. އެހެންކަމުން ދެ އިމާރާތުން ފްލެޓް ލިބުނު މީހުން ޑައުންޕޭމަންޓްގެ ގޮތުގައި 400،000ރ. ދައްކަން ޖެހެ އެވެ.
ކުރިން އަރަބިއްޔާ ހުރި ބިމުގައި 90 ފްލެޓް އަދި ގާކޮށީގައި 190 ފްލެޓް ތަރައްގީކޮށްފައިވެ އެވެ. އޭގެ އަގުގެ ގޮތުގައި ސަރުކާރުން ވަނީ، އިންޑިއާގެ ޓާޓާ ކުންފުނީގެ ހިއްސާ އޮންނަ އެޕެކްސް ރިއަލިޓީ އަށް 277 މިލިއަން ރުފިޔާ އެއްފަހަރާ ދައްކައިފަ އެވެ.
އެޗްޑީސީން ބުނީ އެ ފްލެޓްތަކަށް ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) އާއި މޯލްޑިވްސް އިސްލާމިކް ބޭންކާއި ހައުސިން ޑިވޮލޮޕްމެންޓް ފައިނޭންސް ކޯޕަރޭޝަން (އެޗްޑީއެފްސީ) އިން ލޯނު ލިބޭނެ ގޮތް ހަމަޖައްސާފައިވާނެ ކަމަށެވެ.
ޓާޓާ ފްލެޓަށް ލޯނު ލިބުނީ އެންމެ 26 މީހުންނަށް
ޓާޓާ ފްލެޓްގެ ލޯނަށް ހުށަހެޅީ ތިން މީހެއް: އެޗްޑީސީ
ޓާޓާގެ 47 ފްލެޓް ވިއްކައި ނިމިއްޖެ
ޓާޓާ ފްލެޓަށް އެދޭއިރު ލޯނުގެ ޝަރުތު ހަމަވާން ޖެހިއްޖެ
ޓާޓާ ފްލެޓްތަކުން ނުވިކި ހުރި 47 ފްލެޓް ވިއްކާލަނީ
މަހެއްވިއިރު ވެސް ފްލެޓް ވިއްކާނެ އިންތިޒާމް ހަމަނުޖެހޭ
ޓާޓާ ފްލެޓްތައް ވިއްކަން އިންތިޒާމްތަކެއް ހަމަޖައްސަނީ
ފްލެޓް ގަތުމަށް ދެ ދުވަސް ކުރިން ކިޔޫ ހަދައިފި
ޓާޓާ ފްލެޓަށް ހޮވުނު 160 މީހަކު އާ ލޯނު ސްކީމަށް
ޓާޓާ ފްލެޓްތަކަށް ފައިސާ ދައްކަން މުހުލަތެއް ދީފި