"މައި ހުޅުމާލެ ވޮލީބޯލް ކޭމްޕް 2021" ގެ ނަމުގައި އެޗްޑީސީން ހުޅުމާލޭގައި ވޮލީބޯޅަ ކޭމްޕެއް ފަށައިފި އެވެ.
14 ނޮވެމްބަރ 2021
"މައި ހުޅުމާލެ ވޮލީބޯލް ކޭމްޕް 2021" ގެ ނަމުގައި އެޗްޑީސީން ހުޅުމާލޭގައި ވޮލީބޯޅަ ކޭމްޕެއް ފަށައިފި އެވެ.
އުމުރުން 12-15 އަހަރާ ދެމެދުގެ ދެޖިންސުގެ ކުދިންނަށް ހާއްސަކޮށްފައިވާ މި ކޭމްޕުގައި ބައިވެރިކޮށްފައި ވަނީ 80 ކުދިންނެވެ.
އެޗްޑީސީން ހުޅުމާލޭގައި ކުރިއަށްގެންދާ ވޮލީބޯލް ކޭމްޕްގެ ތެރެއިން --- ފޮޓޯ: ފަޔާޒު މޫސާ | މިހާރު
އެޗްޑީސީން ބުނީ، ކޭމްޕުގެ މަގްސަދަކީ ވޮލީބޯޅައިގެ އަސާސީ ހުނަރު ދަސްކޮށްދިނުމާއި އެ ކުޅިވަރަށް ޝައުގުވެރިކަން އުފެއްދުން ކަމަށެވެ.
މިދިޔަ ބުރާސްފަތި ދުވަހުން ފެށިގެން ހަފުތާއަކަށް ކުރިއަށް ގެންދާ މުބާރާތް ނިންމުމުގެ ކުރިން، ކުދިންގެ މެދުގައި އެއް ދުވަހުގެ ވޮލީ މުބާރާތެއް ބާއްވާނެ ކަމަށް ވެސް އެޗްޑީސީން ބުންޏެވެ.
އެޗްޑީސީން ވަނީ މި އަހަރުގެ ޖެނުއަރީ މަހު ވޮލީ މުބާރާތެއް ވެސް ބާއްވައިފަ އެވެ. އެ ކުންފުނީގެ އިޖުތިމާއީ ހަރަކާތްތަކުގެ ތެރެއިން ކުރިއަށް ގެންދާ ވޮލީގެ ހަރަކާތްތަކުގައި އިސްކޮށް ހަރަކާތްތެރިވަނީ ގައުމީ ވޮލީ ޓީމުގެ ކޯޗު މުހައްމަދު ސާޖިދު (ކާއްޓޭ) އެވެ.
އާ ކުޅުންތެރިން ވޮލީއަށް ނެރެން އެޗްޑީސީން ކޭމްޕެއް
ކުލި ނުދައްކާ ފްލެޓްތަކަށް ނޯޓިސް ފޮނުވަން ފަށައިފި
ހުޅުމާލެއިން އާބަން ފާމިންއަށް 18 ބިމެއް ދީފި
ހުޅުމާލޭގެ އާ މާސްޓަޕްލޭނަށް އާންމުންގެ ހިޔާލު ހޯދަނީ
ހިޔާ 2 ގެ އާ ލިފްޓުތައް ބޭނުންކުރަން ފަށައިފި
ހުޅުމާލެ ރަމްޒުކޮށްދޭ 100 މީޓަރު އުސް ޓަވަރެއް
"ކުންފުނިތަކަށް ބަދަލުތައް ގެންނަން، ފައިދާ ފެނޭ"
މާސްޓަޕްލޭނަށް ބަދަލު ގެނައީ ބަނދަރުގެ ޖާގަ ކުޑަވާތީ
ހުޅުމާލޭގެ މާސްޓަޕްލޭނަށް ބަދަލު ގެެނެސް އާންމުކޮށްފި
ސަފާރީ ބަނދަރުކުރާތަން ހުސްކުރުމަކީ ބޮޑު ގޮންޖެހުމެއް!