11 ނޮވެމްބަރ 2021
ދިވެހި ކޯޗުންގެ ފެންވަރު ރަނގަޅު ކުރެވޭނީ، ބިދެސީ މޮޅު ކޯޗުންނާ އެކު މަސައްކަތްކޮށްގެން ކަމަށާއި އެ ފުރުސަތު ކުރިއަށް އޮތް ދެ އަހަރު ތެރޭ ދިވެހި ކޯޗުންނަށް ތަނަވަސްކޮށްދޭނެ ކަމަށް ވޮލީ އެސޯސިއޭޝަންގެ ރައީސް މުހައްމަދު ރަނޭޝް (ރަނޭ) ވިދާޅުވެއްޖެ އެވެ.
ދިވެހި ކޯޗުންގެ ފެންވަރު ރަނގަޅު ކުރެވޭނީ، ބިދެސީ މޮޅު ކޯޗުންނާ އެކު މަސައްކަތްކޮށްގެން ކަމަށާއި އެ ފުރުސަތު ކުރިއަށް އޮތް ދެ އަހަރު ތެރޭ ދިވެހި ކޯޗުންނަށް ތަނަވަސްކޮށްދޭނެ ކަމަށް ވޮލީ އެސޯސިއޭޝަންގެ ރައީސް މުހައްމަދު ރަނޭޝް (ރަނޭ) ވިދާޅުވެއްޖެ އެވެ.
ވޮލީ، ގައުމީ ޓީމުތަކަށް ބިދޭސީ ތިން ކޯޗުން ގެނައުމަށް ވީއޭއެމް އިން ވަނީ ނިންމައިފަ އެވެ. ދުނިޔޭގެ ވޮލީބޯޅައިގެ މައި އިދާރާ (އެފްއައިވީބީ) ގެ އެހީތެރިކަމާ އެކު ރާއްޖޭގެ ފިރިހެން އަދި އަންހެން ސީނިއާ ޓީމުތަކުގެ އިތުރުން ބީޗް ވޮލީ ގައުމީ ޓީމަށް ވެސް ބިދޭސީ ކޯޗެއް ގެނައުމަށް ވީއޭއެމުން ވަނީ ހަމަޖައްސައިފަ އެވެ.
ރަނޭ ވިދާޅުވީ ކޯޗިން ލައިސެންސް ފުރިހަމަ ކުރުމުގެ އިތުރަށް ބިދޭސީ ކޯޗުންނާ އެކު ދިވެހި ކޯޗުން މަސައްކަތް ކުރަން ޖެހޭ ކަމަށެވެ.
"ދިވެހި ކޯޗުންގެ ފެންވަރާމެދު އެއްވެސް އިރެއްގައި އަޅުގަނޑުމެން ޝައްކެއް ނުކުރަން،" ރަނޭ ވިދާޅުވި އެވެ.
"އަޅުގަނޑުގެ ދައުރުގައި އަޅުގަނޑުމެން ވަރަށް ބާރުލާފައި ދައްކާ ވާހަކައެއް ބޭރު ކޯޗެއްގެ ވާހަކަ. ހުރިހާ ޓީމަކަށް ވެސް ބޭރު ކޯޗުން ގެންނަ ވާހަކަ. ހަގީގަތުގައި ބޭރު ކޯޗުން ގެންނަން އަޅުގަނޑުމެން ބޭނުންވާ ސަބަބަކީ ދިވެހި ކޯޗުންނަށް އިތުރު ނޮލެޖެއް ދޭން. ދިވެހި ކޯޗުންގެ ފެންވަރު ދަށްވެގެނެއް ނޫން."
އޭނާ ވިދާޅުވީ ފެންވަރު ރަނގަޅު ބިދޭސީ ކޯޗުންނާއެކު އަމަލީގޮތުން މަސައްކަތް ކޮށްގެން ލިބޭ ނޮލެޖް މާމަތިވާނެ ކަމަށް ވީއޭއެމްގެ ޓެކެނިކަލް ކޮމިޓީގެ މެންބަރުން ގަބޫލު ކުރާ ކަމަށެވެ. ގައުމީ ޓީމްތަކާ ހަވާލުވާން އަންނަ ބިދޭސީ ތިން ކޯޗުންގެ ތެރެއިން، އެއް ކޯޗު ވާނީ ކޯޗިން އެޑިއުކޭޝަން ޕްރޮގްރާމްތައް ވެސް ހިންގޭނެ ފެންވަރުގެ ތަޖުރިބާކާރަކަށް ކަމަށް ރަނޭ ވިދާޅުވީ އެވެ.
ގައުމީ ޓީމްތަކުގައި އެސިސްޓެންޓް ކޯޗުންގެ ގޮތުގައި މަސައްކަތް ކުރަން ފުރުސަތު ދޭނީ ދިވެހި ކޯޗުންގެ ތެރެއިން ވޮލީގައި ދާއިމީކޮށް މަސައްކަތް ކުރާނެ އަދި ކުރިއަށް ދެވޭނެ ކޯޗުންނަށް ކަމަށް ވެސް ރަނޭ ވިދާޅުވި އެވެ.
"އެހެންވީމަ ދެ އަހަރު ދުވަހަށް އަޅުގަނޑުމެންނަށް މިލިބޭ ބިދޭސީ ތިން ކޯޗުންނާއެކު މުންތާޒު އަލީ (ގައުމީ އަންހެން ވޮލީ ޓީމުގެ ކޯޗު) މެންކަލަހަ ބޭފުޅުން މަސައްކަތްކޮށްފި ކަމުގައިވާ ނަމަ ބޭރު ކޯޗުންގެ ނޮލެޖް އަޅުގަނޑުމެންގެ ދިވެހި ކޯޗުންނަށް ޓްރާންސްފާ ވާނެ،" ގައުމީ ޓީމަށް ކުރިން ކުޅުއްވި ސެޓަރު، ރަނޭ ވިދާޅުވި އެވެ.
"އޭގެ ސަބަބުން އަޅުގަނޑުމެންގެ ދިވެހި ކޯޗުން މިހާރު އެހުރި ފެންވަރަށް ވުރެ މާރަނގަޅު ފެންވަރަކަށް ގެންދެވޭނެ. އެހެން ވެއްޖެއްޔާ ސެންޓްރަލް ޒޯންއިން ވެސް އައިއޯއައިޖީން ވެސް ނުވަތަ ފޯ-ނޭޝަން ކަޕެއް ބާއްވާއިރު ވެސް ދިވެހި ކޯޗުންނާ އެކު ކާމިޔާބު ހޯދުމަކީ އުނދަގޫ ކަމަކަށް ނުވާނެ."
ވޮލީ ޓީމު ރޭންކިން މެޗުގައިވެސް ތަޖިކިސްތާން ބަލިކޮށްފި
ޗެލެންޖްކަޕްގައި ފިރިހެން ވޮލީޓީމަށް ނާކާމިޔާބު ފެށުމެއް
ޒުވާން ޓީމަށް މޮޅެއް ނުލިބުނު، ސީނިއާ ޓީމު ފުރައިފި
ދެވަނަ މެޗުގައި ލަންކާ އަތުން ވެސް ރާއްޖެ ބަލިވެއްޖެ
ވީއޭއެމްގެ ރައީސްކަމުން ރަނޭ އިސްތިއުފާ ދީފި
މައްސަލަގަނޑެއްގެ ތެރެއަށް ވައްޓާލުމަށްފަހު ރަނޭ ހަނު
ދެން ޓާގެޓަކީ އިންޑޯ ވޮލީން ރަން މެޑައްޔެއް: ރަނޭ
އިންޓަނޭޝަނަލް މުބާރާތަށް މެލޭ، ސިންގަޕޫރު، އަފްޣާން
ޓްރޭނިން ކޭމްޕްގައި ވޮލީގެ ދެ ޓީމުވެސް ތައިލެންޑަށް
ރަން މެޑައްޔަކުން ނޫނީ މިހާރު ފުއްދާލެވޭކަށް ނެތް