އިއްޔެ ފ. ނިލަންދޫގައި ރުކަކަށް އަރައި އުޅެނިކޮށް ވެއްޓި ބޮޑެތި އަނިޔާތަކެއްވި ޒުވާނާގެ އޮޕަރޭޝަނެއް މިއަދު ކުރަން ތައްޔާރުވަމުން އަންނަ ކަމަށާއި އޭނާގެ މޭކަށިތަކާއި މައިބަދައަށް ވެސް ވަރަށް ބޮޑަށް އަނިޔާވެފައިވާ ކަމަށް އާއިލާއިން ބުނެފި އެވެ.
09 ނޮވެމްބަރ 2021
އިއްޔެ ފ. ނިލަންދޫގައި ރުކަކަށް އަރައި އުޅެނިކޮށް ވެއްޓި ބޮޑެތި އަނިޔާތަކެއްވި ޒުވާނާގެ އޮޕަރޭޝަނެއް މިއަދު ކުރަން ތައްޔާރުވަމުން އަންނަ ކަމަށާއި އޭނާގެ މޭކަށިތަކާއި މައިބަދައަށް ވެސް ވަރަށް ބޮޑަށް އަނިޔާވެފައިވާ ކަމަށް އާއިލާއިން ބުނެފި އެވެ.
އުމުރުން 22 އަހަރުގެ އިރުފާން ވެއްޓުނީ ދިގުމިނުގައި ފަންސާހެއްހާ ފޫޓް ހުންނަ ރުކެއްގެ ކުރީގައި އޮއްވަ އެވެ.
އިރުފާން ވެއްޓި އަނިޔާވުމުން ފ.އަތޮޅު ހޮސްޕިޓަލަށް ގެންގޮސް ފަރުވާ ދިނުމުގެ ބަދަލުގައި އިއްޔޭ އޭނާ ވަނީ އައިޖީއެމްއެޗްއަށް ގެނެސްފަ އެވެ.
އިރުފާންގެ އާއިލާގެ މީހަކު "މިހާރު" އަށް ބުނީ، އިރުފާންގެ ކަނާތު ފައިގެ ކަށިގަނޑު ބިންދައިގެން ގޮސް އަނެއް ފަރާތަށް އެނބުރިފައިވާ ކަމަށެވެ. އޭނާގެ ނޭފަތުންނާއި އަނގައިން ކުރިން ލޭ އަޔަސް މިހާރު ލޭ މަނާކުރެވިފައިވާ ކަމަށް ވެސް ބުންޏެވެ.
އައިޖީއެމްއެޗުން ޓެސްޓު ހެދުމުން އޭނާގެ މައިބަދައަށް ވެސް ގެއްލުންވެފައިވާކަން އެނގިފައިވާ ކަމަށް އޭނާ ބުންޏެވެ. އިރުފާންގެ މައިބަދައިގެ ކަށިގަނޑެއްގައި ހުރީ ރެނދު ވެސް ލައިފަ އެވެ. އޭގެ އިތުރުން އޭނާގެ މޭކަށިގަނޑުގެ ދެ ތަނަކުން ވަނީ ބިންދައިގެން ގޮސްފަ އެވެ.
އާއިލާ އިން ވާހަކަދެއްކި މީހަކު ބުނި ގޮތުގައި އިރުފާންގެ ފައިގެ އޮޕަރޭޝަނެއް މިއަދު ކުރާނެ އެވެ.
ޑޮކްޓަރުންނާ ހަވާލާދީ އާއިލާއިން ބުނީ އިރުފާންގެ ހާލު އަންނަނީ ރަނގަޅުވަމުން ކަމަށެވެ.
"[ޑޮކްޓަރުން] ބުނޭ އުންމީދެއް އެބަ އޮތޭ. މިހާރު ލޭ ހޯދުމުގެ މަސައްކަތް ކުރަމުން ދަނީ،" އޭނާ ބުންޏެވެ.
ނިލަންދޫ ކައުންސިލްގެ ރައީސް އަލީ އަހުމަދު ވިދާޅުވި ގޮތުގައި އިރުފާން އެ ރުކަށް އެރީ ރުއް ހުރި ގޯތީގެ މީހުން އެދިގެންނެވެ. އިރުފާނަކީ މީހުން ބުނުމުން އެފަދަ ކަންތައް ކޮށްދޭ މީހެއް ކަމަށް ވެސް އަލީ އަހުމަދު ވިދާޅުވި އެވެ.
ސިމެންތި ބަސްތާއިން ޖެހުނު ކުއްޖާ މަރުވެއްޖެ
ލޮރީއެއްގެ ދަށުވި މީހެއްގެ ހާލު ސީރިއަސްވެ ފަރުވާދެނީ
އެކްސިޑެންޓުވި 16 އަހަރުގެ ކުއްޖާ ގެޔަށް ދޫކޮށްލައިފި
ސީރިއަސް ޒަހަމްތައް ވި މީހާ ވެންޓިލޭޓަރުން ނަގައިފި
އެކްސިޑެންޓްގައި އަނިޔާވިއެކަކު އަދިވެސް ވެންޓިލޭޓަރުގައި
އަލްސަން ނިޔާވުމުން ރައީސް ތައުޒިޔާ ވިދާޅުވެއްޖެ
އެކްސިޑެންޓުވި 40 އަހަރުގެ މީހާ ވެންޓިލޭޓަރުގައި
ތިނަދޫ އެކްސިޑެންޓުގައި އަނިޔާވި މީހާ ނިޔާވެއްޖެ
ފައިނުގައި އަނިޔާވި 3 މީހުން އައިސީޔޫ އިން ވޯޑަށް
ފައިނު އެކްސިޑެންޓް: ދެ ކުދިން ވެންޓިލޭޓަރުން ނަގައިފި