Roadha Mihaaru
ޖާބިރުގެ ގެސްޓް ހައުސްގައި އަލިފާނުގެ ހާދިސާއެއް

މަތިވެރީގައި ހުންނަ ޖާބިރުގެ ގެސްޓް ހައުސްގައި އަނެއްކާ ވެސް އަލިފާނުގެ ހާދިސާއެއް ހިނގައިފި

06 ނޮވެމްބަރ 2021

އއ. މަތިވެރީގައި ހުންނަ ކާށިދޫ ދާއިރާގެ މެމްބަރު އަބްދުﷲ ޖާބިރުގެ ގެސްޓް ހައުސްގައި އަނެއްކާ ވެސް އަލިފާނުގެ ހާދިސާއެއް ހިނގައިފި އެވެ.

އިފްރާޒް އަލީ އިފްރާޒް އަލީ

އއ. މަތިވެރީގައި ހުންނަ ކާށިދޫ ދާއިރާގެ މެމްބަރު އަބްދުﷲ ޖާބިރުގެ ގެސްޓް ހައުސްގައި އަނެއްކާ ވެސް އަލިފާނުގެ ހާދިސާއެއް ހިނގައިފި އެވެ.

މިއަދު މި ހާދިސާ ހިނގާފައި ވަނީ "ކަސާ މިއާ" ކިޔާ އެ ގެސްޓް ހައުސްގެ ގޯތިތެރޭ ބިއްދޮށުގައި ވަކިން ހަދައިފައި ހުރި ދެ ބުރި އިމާރާތެއް ތިރީ ބައިގަ އެވެ.

ފުލުހުން ބުނީ މަތިވެރީގައި ކަރަންޓު ބޯޑެއްގައި އަލިފާން ރޯވެފައިވާ ކަމަށް ރޭ ފަތިހު 5 ޖަހާއިރު ރިޕޯޓްކޮށްފައިވާ ކަމަށެވެ. މި ހާދިސާގައި އެއްވެސް މީހަކަށް އަނިޔާ ނުވާ ކަމަށާއި މި މައްސަލަ ފުލުހުން ތަހުގީގު ކުރަމުން އަންނަ ކަމަށް ބުންޏެވެ.

އއ. މަތިވެރީގައި ޖާބިރު ހިންގާ "ކަސާ މިއާ" ގެސްޓް ހައުސްގައި ހިނގި އަލިފާނުގެ ހާދިސާ.

އއ. މަތިވެރީގައި ޖާބިރު ހިންގާ "ކަސާ މިއާ" ގެސްޓް ހައުސްގައި ހިނގި އަލިފާނުގެ ހާދިސާ.

ސޯޝަލް މީޑިއާގައި ދައުރުވާ ފޮޓޯތަކުން ފެންނަ ގޮތުގައި އަލިފާން ރޯވެފައި ވަނީ ގުދަނެއް ކަހަލަ ތަނެއްގެ ތެރޭގައި ހުރި ކަރަންޓު ބޯޑެއްގަ އެވެ. އެތަނުގެ ތެރޭގައި ހުރި އެހެން ތަކެއްޗަށް ވެސް ވަނީ ގެއްލުންވެފަ އެވެ.

މި ގެސްޓް ހައުސް އަކީ މަތިވެރީގައި ހިންގަމުން އަންނަ އެންމެ ބޮޑު ގެސްޓްހައުސެވެ. މީގެ ކުރިން 2019 ވަނަ އަހަރު ވެސް އެ ގެސްޓްހައުސްގައި އަލިފާނުގެ ހާދިސާއެއް ހިނގި އެވެ. އެފަހަރު މެމްބަރު ޖާބިރު ވަނީ އެއީ ބަޔަކު ގަސްދުގައި ކުރި ކަމެއް ކަމަށް ތުހުމަތު ކުރައްވައިފަ އެވެ. މިފަހަރު އެ ކަހަލަ ތުހުމަތުތަކެއް ވަނީ ކޮށްފަ އެވެ.

އއ. މަތިވެރީގައި ޖާބިރު ހިންގާ "ކަސާ މިއާ" ގެސްޓް ހައުސްގައި ހިނގި އަލިފާނުގެ ހާދިސާ ހިނގި އިމާރާތް.

އއ. މަތިވެރީގައި ޖާބިރު ހިންގާ "ކަސާ މިއާ" ގެސްޓް ހައުސްގައި ހިނގި އަލިފާނުގެ ހާދިސާ ހިނގި އިމާރާތް.

މި ގެސްޓް ހައުސް ހިންގާ ފަރާތުގެ ކޮމެންޓެއް ލިބޭ ގޮތެއް ނުވި އެވެ.

މި އަލިފާނުގެ ހާދިސާ މި ހިނގީ މިދިޔަ ބުރަސްފަތި ދުވަހު މެމްބަރު ޖާބިރާ އެކު އެ ރަށަށް ދިޔަ ބަޔަކު، އެ ރަށުގައި ދިރިއުޅޭ މީހަކަށް އަނިޔާކުރިކަމަށް ތުހުމަތުވާ މައްސަލައެއް ފުލުހުންނަށް ރިޕޯޓްކޮށްފައި ވަނިކޮށެވެ.