05 ނޮވެމްބަރ 2021
އިންޑިއާ އިން ރާއްޖެ އަށް ކަނޑައަޅާ އާ ސަފީރުގެ މަގާމަށް މުނޫ މަހާވަރު މިއަދު އައްޔަންކޮށްފި އެވެ.
އިންޑިއާ އިން ރާއްޖެ އަށް ކަނޑައަޅާ އާ ސަފީރުގެ މަގާމަށް މުނޫ މަހާވަރު މިއަދު އައްޔަންކޮށްފި އެވެ.
އިންޑިއާގެ އާ ސަފީރެއް ކަނޑައެޅީ އެ މަގާމުގައި ހުންނެވި ސަންޖޭ ސުދީރު ޔުނައިޓެޑް އަރަބް އެމިރޭޓްސް (ޔޫއޭއީ) ގެ އިންޑިއާގެ އާ ސަފީރުގެ މަގާމަށް އައްޔަން ކުރަން ނިންމުމުންނެވެ. ރާއްޖޭގައި ހުންނަވާ އިންޑިއާގެ ސަފީރުކަމާ އޭނާ ހަވާލުވެވަޑައިގަތީ މާޗް، 2019 ގަ އެވެ.
އިންޑިއާ އިން ރާއްޖެ އަށް ކަނޑައަޅާ ސަފީރުގެ މަގާމަށް މަހާވަރު މިއަދު އައްޔަން ކުރެއްވީ އެ ގައުމުގެ ރިޔާސީ ގަނޑުވަރު ރާޝްތުރަޕަތީ ބަވަންގައި ބޭއްވި ރަސްމިއްޔާތެއްގަ އެވެ. އޭނާ އަށް މަގާމުގެ ފަތްކޮޅު އެރުވީ އިންޑިއާގެ ރައީސް ރާމް ނާތު ކޯވިންދު އެވެ.
މަހާވަރު އެންމެ ފަހުން ހުންނެވީ އޮމާނުގައި ހުންނަވާ އިންޑިއާގެ ސަފީރުގެ މަގާމުގަ އެވެ.
މި ސަރުކާރުގައި އިންޑިއާ އާއި ރާއްޖޭގެ ގުޅުން ވަރަށް ބޮޑަށް ވަނީ ބަދަހިވެފަ އެވެ. އެގޮތުން އެކި މަޝްރޫއުުތަކަށް އިންޑިއާއިން ދަނީ އެހީވަމުންނެވެ. މި ސަރުކާރުގެ ބޮޑު މަޝްރޫއު ކަމަށްވާ މާލެ އާއި ވިލިމާލެ އަދި ތިލަފުށްޓާއި ގުޅީފަޅު ގުޅުވާލުމުގެ މަޝްރޫއު ވެސް ހިންގަނީ އިންޑިއާ ސަރުކާރުގެ އެހީގަ އެވެ.
އިންޑިއާއަށް އަޒީމާ، ސައުދީ އަށް ސަރީރު އައްޔަންކޮށްފި
ސަފީރުކަމަށް އަޒީމާ އައްޔަނުކުރަން މަޖިލީހުން ފާސްކޮށްފި
ފޮރިން މިނިސްޓަރު ޒަމީރު އިންޑިއާއަށް ފުރާވަޑައިގެންފި
ފޮރިން މިނިސްޓަރު ޒަމީރު އަންނަ ހަފުތާގައި އިންޑިއާއަށް
ރާއްޖެއަކީ އެންމެ އިސްކަން ދޭނެ ގައުމު: ޖައިޝަންކަރު
ޖައިޝަންކަރު އަނެއްކާވެސް ރާއްޖެ ވަޑައިގަންނަވަނީ
އިންޑިއާއަށް ކޮންމެ ވަގުތަކު ވެސް ބަރޯސާވެވޭނެ: ޝާހިދު
"އިންޑިއާއާ ދެކޮޅީ" ރާއްޖޭގެ މަދު ބައެއް: ސަފީރު
މައްސަލަ ބަލަން އެންގީ ކޮމިޓީން ނިންމައިގެނެއް ނޫން
އިންޑިއާއިން ހުށަހެޅި މައްސަލަ ބަލަން އެދިއްޖެ