07 ޑިސެމްބަރ 2016
ތެހެރާން (ޑިސެމްބަރު 7) - ނިއުކްލިއާ އެއްބަސްވުން ވީދާލުމުގެ ފުރުސަތު އެމެރިކާގެ ރައީސް ކަމަށް އިންތިޚާބުކޮށްފައިވާ ޑޮނަލްޑް ޓްރަމްޕަށް ނުދެއްވާނެ ކަމަށް ވިދާޅުވެ އީރާނުގެ ރައީސް ހަސަން ރޫހާނީ އިންޒާރު ދެއްވައިފި އެވެ.
ތެހެރާން (ޑިސެމްބަރު 7) - ނިއުކްލިއާ އެއްބަސްވުން ވީދާލުމުގެ ފުރުސަތު އެމެރިކާގެ ރައީސް ކަމަށް އިންތިޚާބުކޮށްފައިވާ ޑޮނަލްޑް ޓްރަމްޕަށް ނުދެއްވާނެ ކަމަށް ވިދާޅުވެ އީރާނުގެ ރައީސް ހަސަން ރޫހާނީ އިންޒާރު ދެއްވައިފި އެވެ.
"ވަރަށް ގިނަ ކަންކަން ކުރައްވަން ޓްރަމްޕް ބޭނުންވޭ. އެކަމަކު އެއިން އެއްވެސް ކަމަކުން އީރާނަކަށް އަސަރެއް ނުކުރާނެ،" ތެހެރާން ޔުނިވާސިޓީގައި ވާހަކަ ދައްކަވަމުން ރޫހާނީ ވިދާޅުވި އެވެ. "ޓްރަމްޕަށް ހީވަނީތޯ އީރާނާ އެކު ގާއިމްކުރި ނިއުކްލިއާ އެއްބަސްވުން އުވާލެވިދާނެ ކަމަށް. ޓްރަމްޕަށް ހީވަނީތޯ ބޭނުން ކަމެއް ކުރައްވަން އީރާނުން ފުރުސަތު ދޭނެ ކަމަށް."
އީރާނާ އެކު މިދިޔަ އަހަރު ނިއުކްލިއާ އެއްބަސްވުން ގާއިމްކޮށްފައި ވަނީ އެމެރިކާ، އިނގިރޭސިވިލާތް، ފްރާންސް، ޗައިނާ، ރަޝިޔާ އަދި ޖަރުމަނެވެ. މި އެއްބަސްވުމުގެ ދަށުން އީރާނުގެ ނިއުކްލިއާ ޕްރޮގްރާމް 98 ޕަސެންޓް ހުއްޓުމަކަށް ގެންނަން ޖެހެ އެވެ.
ތެހެރާން ޔުނިވާސިޓީގައި އީރާންގެ ރައީސް ރޫހާނީ ވާހަކަ ދައްކަވަނީ. --ފޮޓޯ:އޭއެފްޕީ
އަންނަ މެއި މަހު އީރާނުގައި އޮންނަ ރިޔާސީ އިންތިޚާބުގައި ދެ ވަނަ ދައުރަކަށް ވާދަކުރައްވާނެ ކަމަށް ބެލެވޭ ރޫހާނީ ވިދާޅުވީ އީރާނަކީ ބައިނަލްއަގުވާމީ ސުލްހަ އަށް ހުރި ބިރެއް ނޫން ކަމަށެވެ. އަދި އީރާނާ ބެހޭ ގޮތުން އެމެރިކާ އާއި އިޒްރޭލް ވަނީ ނުބައި ތަސައްވަރެއް ދުނިޔެ އަށް ދީފައި ކަމަށް ވެސް ރޫހާނީ ވިދާޅުވި އެވެ.
ރިޔާސީ އިންތިޚާބުގެ ކެމްޕޭން ތެރޭގައި ޓްރަމްޕް ވަނީ އީރާނާ އެކު ގާއިމްކުރި ނިއުކްލިއާ އެއްބަސްވުމަށް ނުރުހުން ފާޅުކޮށްފަ އެވެ. އަދި އެއީ މިހާތަނަށް ގާއިމްކުރި އެންމެ ކަމުނުދާ އެއްބަސްވުން ކަމަށާއި އެ އެއްބަސްވުން ބަދަލު ކުރައްވާނެ ކަމަށް ވަނީ ވިދާޅުވެފަ އެވެ. ނަމަވެސް ޓްރަމްޕުގެ ވެރިކަމުގެ 100 ދުވަހުގެ ޕްލޭނުގައި އީރާނުގެ ނިއުކްލިއާ އެއްބަސްވުމާ ގުޅޭ ގޮތުން ކަންކުރައްވާނެ ގޮތެއް ހިމަނައިފައެއް ނުވެ އެވެ.
ނިއުކްލިއާ އެއްބަސްވުން ޓްރަމްޕަށް އުވާނުލެއްވޭނެ ކަމަށް ކުރިން ވެސް ރޫހާނީ ވަނީ ވިދާޅުވެފަ އެވެ. ސަބަބަކީ އެއީ އެއްގައުމާ ހަމައިން ނިންމާލެވޭނެ ކަމެއް ނޫން ކަމަށާއި އެއީ ސަލާމަތީ މަޖިލީހުގެ ގަރާރަކުން ނިންމާފައިވާ ކަމެއް ކަމަށް ވެސް ރޫހާނީ ވަނީ ވިދާޅުވެފަ އެވެ.
ޓްރަމްޕުގެ ނިންމުމަށް ރޫހާނީ ވަރުގަދަ ރައްދެއް ދީފި
ނިއުކްލިއާ ހަތިޔާރު އުފެއްދުން ނުހުއްޓުވޭނެ: ޚާމަނާއީ
އީރާންގެ ނިއުކްލިއާ ވާހަކަތައް އަވަހަކަށް ނުފެށޭނެ
ރަނގަޅު ވަގުތުގައި ރޫހާނީއާ ބައްދަލުކުރެވިދާނެ:ޓްރަމްޕް
އީރާނާ ހަނގުރާމަ ކުރަން ޓްރަމްޕް ބޭނުމެއް ނުވޭ
ޓްރަމްޕް އުޅެނީ އީރާނުގެ ސަރުކާރު ވައްޓާލަން: ރޫހާނީ
ސައްދާމް ހުސޭނަށް ޖެހުނު ހާލު ޓްރަމްޕަށް ވެސް ޖެހޭނެ
ޓްރަމްޕަކީ އިތުބާރު ނުކުރެވޭ މީހެއް، މަޝްވަރާ ކުރުން ބޭކާރު: އީރާން
އީރާންގެ ރައީސްއާ ބައްދަލު ކުރަން ތައްޔާރު: ޓްރަމްޕް
އެމެރިކާ އަށް ބިރު ނުދައްކަން ޓްރަމްޕް އިންޒާރު ދީފި