23 ޖުލައި 2018
ވޮޝިންޓަން (ޖުލައި 23) - އެމެރިކާ އަށް އެކި ފާޑުގެ ބިރުތައް ނުދެއްކުމަށް ރައީސް ޑޮނަލްޑް ޓްރަމްޕް އީރާނަށް އިންޒާރު ދެއްވައިފި އެވެ.
ވޮޝިންޓަން (ޖުލައި 23) - އެމެރިކާ އަށް އެކި ފާޑުގެ ބިރުތައް ނުދެއްކުމަށް ރައީސް ޑޮނަލްޑް ޓްރަމްޕް އީރާނަށް އިންޒާރު ދެއްވައިފި އެވެ.
ކެޕިޓަލް އަކުރުން ޓްރަމްޕް ލިޔުއްވި ޓްވިޓާ މެސެޖެއްގައި ވިދާޅުވެފައި ވަނީ އެމެރިކާ އަށް މީގެ ފަހުން އެ ގޮތަށް ބިރު ނުދެއްކުމަށާއި އެ ގޮތަށް މީގެ ކުރިން ބިރު ދެއްކި މީހުންނަށްވީ ގޮތް އީރާނަށް ވެސް ވެދާނެ ކަމަށެވެ.
ޓްރަމްޕުގެ މި އިންޒާރު އައިސްފައި ވަނީ އީރާނުގެ ރައީސް ހަސަން ރޫހާނީ ދެއްވި އިންޒާރުގެ މެސެޖަކާ ގުޅިގެންނެވެ. ރޫހާނީ ވިދާޅުވީ އެމެރިކާއާ އެކު ފަށާ ހަނގުރާމަ ވެގެންދާނީ ހަނގުރާމަތަކުގެ މަންމަ އަށް ކަމަށެވެ. އަދި ސިންގާގެ ނަގުލާ ނުކުޅުމަށް ރޫހާނީ ވަނީ އެމެރިކާ އަށް އިންޒާރު ދެއްވައިފަ އެވެ.
ޓްރަމްޕާއި ނޯތު ކޮރެއާގެ ލީޑަރު ކިމް ޖޮން-އުން ވެސް މިދިޔަ އަހަރުގެ ފަހުކޮޅު ވަނީ މި ބާވަތުގެ އިންޒާރުގެ މެސެޖްތަކެއް ބަދަލުކޮށްފަ އެވެ. ނަމަވެސް އެންމެ ފަހުން ދެ ގައުމުގެ މަޝްރަހު ފިނިކޮށް، ދެ ލީޑަރުން ވަނީ މިިދިޔަ ޖޫން މަހު ސިންގަޕޫރުގައި ބައްދަލު ކުރައްވައިފަ އެވެ.
އެމެރިކާ އިން ދަނީ 2015 ވަނަ އަހަރުގެ ނިއުކްލިއާ އެއްބަސްވުމުން ވަކިވުމަށް ފަހު ނޮވެމްބަރު 4 އިން ފެށިގެން އީރާނުގެ ތެލުގެ އެކްސްޕޯޓް ހުއްޓުވުމަށް މަސައްކަތް ކުރަމުންނެވެ.
ރަނގަޅު ވަގުތުގައި ރޫހާނީއާ ބައްދަލުކުރެވިދާނެ:ޓްރަމްޕް
އީރާނާ ހަނގުރާމަ ކުރަން ޓްރަމްޕް ބޭނުމެއް ނުވޭ
ޓްރަމްޕް އުޅެނީ އީރާނުގެ ސަރުކާރު ވައްޓާލަން: ރޫހާނީ
ސައްދާމް ހުސޭނަށް ޖެހުނު ހާލު ޓްރަމްޕަށް ވެސް ޖެހޭނެ
ޓްރަމްޕަކީ އިތުބާރު ނުކުރެވޭ މީހެއް، މަޝްވަރާ ކުރުން ބޭކާރު: އީރާން
އީރާންގެ ރައީސްއާ ބައްދަލު ކުރަން ތައްޔާރު: ޓްރަމްޕް
އެމެރިކާއާ އެކު ކުރާ ހަނގުރާމަ ވާނީ ހަނގުރާމަތަކުގެ މަންމަ އަށް
ޓްރަމްޕުގެ ނިންމުމަށް ރޫހާނީ ވަރުގަދަ ރައްދެއް ދީފި
އީރާނުގެ ރައީސް، ޓްރަމްޕަށް އިންޒާރު ދެއްވައިފި
ޓްރަމްޕް އަވަހާރަކޮށްލަން އުޅުނު މީހުންނަށް ދައުވާކޮށްފި