27 އޯގަސްޓް 2019
ޕެރިސް (އޮގަސްޓް 27) - ރަނގަޅު ވަގުތުގައި އީރާނުގެ ރައީސް ހަސަން ރޫހާނީއާ ބައްދަލު ކުރެއްވުމަކީ ވެދާނެ ކަމެއް ކަމަށް އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ވިދާޅުވެއްޖެ އެވެ.
ޕެރިސް (އޮގަސްޓް 27) - ރަނގަޅު ވަގުތުގައި އީރާނުގެ ރައީސް ހަސަން ރޫހާނީއާ ބައްދަލު ކުރެއްވުމަކީ ވެދާނެ ކަމެއް ކަމަށް އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ވިދާޅުވެއްޖެ އެވެ.
"މީގެ ދެ އަހަރާއި ބައިގެ ކުރިން އަޅުގަނޑު ވެރިކަމަށް އައިއިރު އީރާން އޮތް ގޮތަކަށް ނޫން މިހާރު އޮތީ. އީރާނަކީ ވެސް ވަރުގަދަ ގައުމަކަށް ވެދާނެ. އެކަމަކު އެ ގައުމުގައި ނިއުކްލިއާ ހަތިޔާރެއް ނުބެހެއްޓޭނެ،" ޖީ7 ސަމިޓުގެ ތެރޭގައި ނޫސްވެރިންނާ ވާހަކަ ދައްކަވަމުން ޓްރަމްޕް ވިދާޅުވި އެވެ.
ޓްރަމްޕް ވިދާޅުވީ އޭނާގެ އުއްމީދަކީ އީރާނާ އެކު ނިއުކްލިއާ އެއްބަސްވުމެއް ގާއިމް ކުރުން ކަމަށެވެ.
ރޫހާނީ ހޯމަ ދުވަހު ވިދާޅުވީ އީރާނަށް ފައިދާ ހުރި ކަމަކަށް ވަންޏާ ކޮންމެ މީހަކާ ވެސް ބައްދަލު ކުރަން ތައްޔާރަށް ހުންނެވި ކަމަށެވެ.
"އީރާނަށް ފައިދާ ހުރި ނުވަތަ އީރާނަށް މިހާރު ދިމާވެފައިވާ މައްސަލަތައް ހައްލު ކުރެވޭނެ ކަމުގެ ޔަގީންކަން އޮތް ނަމަ އެއީ ކޮންމެ މީހަކު ކަމަށް ވިޔަސް އެ މީހަކާ ބައްދަލު ކުރަން ފަހެއް ނުޖެހޭނަން،" ރޫހާނީ ވިދާޅުވި އެވެ.
ޖީ7 ގެ ސަމިޓް ކުރިއަށް ދަނިކޮށް އީރާނުގެ ޚާރިޖީ ވަޒީރު ޖަވާދު ޒަރީފް ވަނީ ކުއްލި ގޮތަކަށް ސަމިޓަށް ވަޑައިގެންފަ އެވެ. ޓްރަމްޕް ވިދާޅުވީ ޒަރީފް ވަޑައިގަންނަވާކަން އޭނާ އަށް ކުރިން އެނގިވަޑައިގަންނަވާ ކަމަށާއި ނަމަވެސް އީރާނުގެ އެންމެ އިސް ޑިޕްލޮމެޓާ ބައްދަލު ކުރުން އަދި މާއަވަސް ކަމަށެވެ.
ދުނިޔޭގެ ބޮޑެތި ބާރުތަކާ އެކު އީރާނުން 2015 ވަނަ އަހަރު ގާއިމްކުރި ނިއުކްލިއާ އެއްބަސްވުމުން އެމެރިކާ މިދިޔަ އަހަރު ވަނީ ވަކިވެފަ އެވެ.
އީރާނާ ހަނގުރާމަ ކުރަން ޓްރަމްޕް ބޭނުމެއް ނުވޭ
ޓްރަމްޕް އުޅެނީ އީރާނުގެ ސަރުކާރު ވައްޓާލަން: ރޫހާނީ
ސައްދާމް ހުސޭނަށް ޖެހުނު ހާލު ޓްރަމްޕަށް ވެސް ޖެހޭނެ
ޓްރަމްޕަކީ އިތުބާރު ނުކުރެވޭ މީހެއް، މަޝްވަރާ ކުރުން ބޭކާރު: އީރާން
އީރާންގެ ރައީސްއާ ބައްދަލު ކުރަން ތައްޔާރު: ޓްރަމްޕް
އެމެރިކާ އަށް ބިރު ނުދައްކަން ޓްރަމްޕް އިންޒާރު ދީފި
އެމެރިކާއާ އެކު ކުރާ ހަނގުރާމަ ވާނީ ހަނގުރާމަތަކުގެ މަންމަ އަށް
ޓްރަމްޕުގެ ނިންމުމަށް ރޫހާނީ ވަރުގަދަ ރައްދެއް ދީފި
އީރާނުގެ ރައީސް، ޓްރަމްޕަށް އިންޒާރު ދެއްވައިފި
ޓްރަމްޕް އަވަހާރަކޮށްލަން އުޅުނު މީހުންނަށް ދައުވާކޮށްފި