އައިމިނަތު ރައުފާ ރުޝްދީ އާއި އޭނާގެ ފިރިމީހާ މުހައްމަދު ސުއާދު އިބްރާހިމް 90،000ރ. ދީފައި ގަތް ގްރީން ވިންގް މަކާއޯއެއް ގެއްލިގެން އެ ހޯދައިދިން މީހަކަށް 25،000ރ. ގެ އިނާމެއް ހުށަހަޅައިފި އެވެ.
03 ނޮވެމްބަރ 2021
އައިމިނަތު ރައުފާ ރުޝްދީ އާއި އޭނާގެ ފިރިމީހާ މުހައްމަދު ސުއާދު އިބްރާހިމް 90،000ރ. ދީފައި ގަތް ގްރީން ވިންގް މަކާއޯއެއް ގެއްލިގެން އެ ހޯދައިދިން މީހަކަށް 25،000ރ. ގެ އިނާމެއް ހުށަހަޅައިފި އެވެ.
މީގެ ދެ ދުވަސް ކުރިން ގެއްލުނު މަކާއޯ އަކީ ކުވައިތުން ގެނައި އެއްޗެކެވެ. މީގެ ދެ ދޫނި އެ މީހުން ގެނަ އެވެ. ގެއްލިގެން އުޅެނީ މީގެ ތެރެއިން އެންމެ ބޮޑު ދޫނި ކަމަށްވާ "ރިކޯ" އެވެ. ރަތާއި ފެހި އަދި ނޫ ކުލަ ހުންނަ ރިކޯ މި ގެއްލުނީ އެ ގެނައިތާ އަހަރެއް ވެސް ނުވަނީހެވެ.
ގެއްލިގެން ހޯދަމުން އަންނަ މަކާއޯ (ރަތް ކުލައިގައި) އާއި މީގެ ވެރި މީހާ ގެންގުޅޭ ދެވަނަ މަކާއޯ.
ރައުފާ ބުނީ މި ދޫނި ގެއްލުނީ ހުޅުމާލެ ދެވަނަ ފިޔަވަހީގައި ހިޔާ ފުލެޓްތައް ކައިރީ އުދުއްސަން ގެންގޮސްގެން އުޅެނިކޮށް، މިދިޔަ ހޯމަ ދުވަހު ހެނދުނު 8:00 ހާއިރު ކަމަށެވެ. މަކާއޯ ކަހަލަ، ތަފާތު ދޫނިތައް ގެންގުޅޭ މީހުން މިހާރު ވަރަށް ގިނައިން އެ ސަރަހައްދަށް ގޮސް މި އެއްޗެހި އުދުއްސަ އެވެ. ކޮންމެ ދުވަހަކު ހެނދުނު ރިކޯ ގޮވައިގެން އެ މީހުން ވެސް އެ ސަރަހައްދަށް ދެ އެވެ.
"ހީވަނީ ރިކޯ އުދުހެމުން މާ ދުރަށް ގޮސް، އަނބުރާ އަންނަން ނޭނގި ގެއްލުނީހެން،" ރައުފާ ބުންޏެވެ.
ގެއްލިގެން ހޯދަމުން އަންނަ މަކާއޯ: މި ދޫންޏަށް ކިޔާ އުޅެނީ "ރިކޯ".
އުދުހިފައި ކިތަންމެ ދުރަށް ދިޔަޔަސް، ރިކޯ އަށް ގޮވާލުމުން އެނބުރި އާދެ އެވެ. ގޭގައި ވެސް އެ ދޫނި ގެންގުޅެނީ ކޮއްޓެއްގައި ބޭންދުމުގެ ބަދަލުގައި ގޭތެރެ އަށް ދޫކޮށްލައިގެންނެވެ.
"އޭތި ވަރަށް ދުރަށް ދާތަން ފެނުނު. އަހަރެމެން އޭގެ ފަހަތުން ވެސް ދިޔައިން މާ ދުރަށް ދާތީ. އެކަމަކު ވަކި ހިސާބަކުން ގެއްލުނީ،" ރައުފާ ބުންޏެވެ.
ރިކޯ ހޯދާ މީހަކަށް އިނާމެއް ހުށަހެޅި ފަހުން ވަރަށް ގިނަ ފޯން ކޯލްތައް އެ ދެމަފިރިންނަށް ލިބުނެވެ. އެއާ ވައްތަރު އެހެން ދޫނިތައް ފެނިގެން ވެސް މީހުން ގުޅި އެވެ. އެންމެ ފަހުން މީހަކަށް ރިކޯ ފެނުނު ކަމަށް ވަނީ، އެ ގެއްލުނު ދުވަހުގެ މެންދުރު އެވެ.
ފުރާނަ ސަލާމަތްވީ ގުރައަކާ ހެދި
ފްލެޓުތައް އަންނަ މަހު ހަވާލުކުރަން ފަށަނީ
4،000 ފްލެޓުގެ މަސައްކަތް ރައީސް ބައްލަވާލައްވައިފި
ހުޅުމާލެ 2 ގެ އާ ސްކޫލްގެ ޖާގަ ހުޅުވާލައިފި
ހުޅުމާލޭގެ އާ މާސްޓަޕްލޭނަށް އާންމުންގެ ހިޔާލު ހޯދަނީ
ހިޔާ 2 ގެ އާ ލިފްޓުތައް ބޭނުންކުރަން ފަށައިފި
ހުޅުމާލެ ރަމްޒުކޮށްދޭ 100 މީޓަރު އުސް ޓަވަރެއް
މާސްޓަޕްލޭނަށް ބަދަލު ގެނައީ ބަނދަރުގެ ޖާގަ ކުޑަވާތީ
ހުޅުމާލޭގެ މާސްޓަޕްލޭނަށް ބަދަލު ގެެނެސް އާންމުކޮށްފި
ހުއްޓުވީ ހުއްދަ ނުނަގައި ޑްރޯން އަރުވަން އުޅުމުން