ގުދުރަތީ ފެހި މާހައުލުތަކަށް ނުކުމެ ކުޅެ އުޅެވޭ ގޮތަށް ކުދިންނަށް ފުރުސަތު ލިބުމަކީ އެ ކުދިން ހެދިބޮޑުވުމަށް މަގުފަހިކޮށްދޭ ކަމެއް ކަމަށް ދިރާސާއެއްގައި ބުނެފި އެވެ.
02 ނޮވެމްބަރ 2021
ގުދުރަތީ ފެހި މާހައުލުތަކަށް ނުކުމެ ކުޅެ އުޅެވޭ ގޮތަށް ކުދިންނަށް ފުރުސަތު ލިބުމަކީ އެ ކުދިން ހެދިބޮޑުވުމަށް މަގުފަހިކޮށްދޭ ކަމެއް ކަމަށް ދިރާސާއެއްގައި ބުނެފި އެވެ.
ލެންސެޓް ޕްލެނެޓަރީ ހެލްތު ޖާނަލްގައި ޝާއިއުކޮށްފައިވާ ދިރާސާގައި ބުނެފައިވާ ގޮތުގައި ފެހި މާހައުލުތަކަށް ކުދިން ނެރުމަކީ އެ ކުދިންގެ ފަރާތުން ފެންނަ ނޭދެވޭ ކަންކަން ފިލައިދިއުމަށް ވެސް ވަރަށް ބޮޑު ބާރަކަށްވެ އެވެ. މިއާ އެކު ކުދިން ކަންކަމަށް ދޭ ސަމާލުކަން އިތުރުވެ، ހަނދާން ގަދަވެ، ކިޔެވުމަށް ވެސް ކުދިން މޮޅުވުމަށް އެކަމުގެ ސަބަބުން މަގުފަހި ކޮށްދެ އެވެ.
ދިރާސާގައި ފާހަގަ ކޮށްފައިވާ ގޮތުން ފެހިިކަން ކުޑަ ތަންތަނާއި ތޮއްޖެހި ބާރުވެ، ވައި ނުސާފު އަދި އަޑުފަށްގަނޑު ވެސް ގަދަ މާހައުލުތަކުގައި ދަރިން އުޅޭ ނަމަ ކުދިންގެ ހެދިބޮޑުވުމަށް އަސަރުކޮށް، އޭގެ ސަބަބުން ހާސްކަމާއި ކަންބޮޑުވުންތައް އިތުރުވެ، ކުދިންގެ ނިދުމަށް ވެސް ނޭދެވޭ އަސަރުކުރެ އެވެ.
"އެއާ ހިލާފަށް ޖާގަ ތަނަވަސް އަދި ފެހިކަން ގަދަ ތަންތަނަށް ނުކުމެ އުޅެވޭ ވެއްޓެއްގައި ކުދިން ބޮޑެތިވާ ނަމަ ޖުމްލަކޮށް ކުއްޖާގެ މުޅި ހެދިބޮޑުވުން ރަނގަޅުކޮށްދޭ. މީގެ ސަބަބުން ކުއްޖާގެ އިޖުތިމާއީ ގުޅުން ވެސް ރަނގަޅުވެ، އެހެން މީހުންނާ އެކީ އުޅެން ވެސް ދަސްވޭ،" ދިރާސާގައި އިސްކޮށް މަސައްކަތް ކުރެއްވި އިންގްރިޑް ޖާވިސް ވިދާޅުވި އެވެ. "އަދި ހަމަމިއާ އެކު ކުދިންނަށް ދިރިއުޅުމުގެ އެކި ކަހަލަ ހުނަރުތައް ވެސް ދަސްވާން މިކަމުން ބާރަކަށްވޭ."
ކުދިންތަކެއް ކުޅެނީ.
ދިރާސާގައި ބުނެފައިވާ ގޮތުގައި ސިޓީ ފަދަ ތަންތަން ތަރައްގީކުރާ އިރު މަގުތަކުގައި ގަސް އިންދުމާއި ފެހިކަން ގަދަ ޕާކްތަކާއި އަދި އާންމު އެހެނިހެން މައިދާންތަކަކީ ވެސް ގަސް ގިނަ ފެހިކަން ބޮޑު ތަންތަނަށް ހެދުމަކީ ވަރަށް ބޮޑު އިސްކަމެއް ދޭން ޖެހޭ ކަމެކެވެ. މީގެ ސަބަބުން ހުރިހާ އުމުރުފުރައެއްގެ ދުޅަހެޔޮ ކަމަށް ވެސް ވަރަށް ބޮޑު އެހީއަކަށްވެ އެވެ. "ވަކިން ހާއްސަކޮށް ކުދިން ބޮޑެތިވަމުން އަންނަ އިރު އެ މީހުން ދިރިއުޅޭ ވެށްޓަކީ ސާފު ވައި ލިބޭ، ހިތަށް ފިނިކަން ގެނުވައިދޭ ކަހަލަ މާހައުލެއް ނަމަ ކުދިންނަށް އަންނަ ހެޔޮ ބަދަލުތައް ވަރަށް ގިނަ. އެހެންވީމަ ޒަމާނަށް އަންނަ ބަދަލުތަކާ އެކު އާބަން ސިޓީތައް ތަރައްގީކުރާ އިރު އެބަޖެހޭ ވެށީގެ ހިތް ފަސޭހަކަމާއި ތާޒާ ކަމަށް އިސްކަން ދޭން،" އިންގްރިޑް ވިދާޅުވި އެވެ. "އެގޮތުން ސާފު ވައި ލިބުމާއި ހަމަހިމޭން މާހައުލެއް ދަރިންނަށް ހޯދައި ދިނުމަކީ އެ ކުދިންގެ ދުޅަހެޔޮކަމާ ވަރަށް ބޮޑަށް ގުޅިފައިވާ ކަންކަން."
ކުދިންތަކެއް ކުޅެނީ.
ދިރާސާގައި މަސައްކަތްކުރެއްވި ޑރ. މެޓިލްޑާ ވެން ޑެން ބޯޝް ވިދާޅުވި ގޮތުގައި ދުޅަހެޔޮ ޖީލެއް ބިނާކުރެވޭނީ ކުދިންނަށް ރައްކާތެރި ވެއްޓެއް ހޯދައި ދީގެން ކަމަށްވާތީ އާބަން ޕްލޭނިން އަކީ ކޮންމެ ގައުމަކުން ވެސް ވަރަށް ބޮޑަށް އިސްކަންދޭން ޖެހޭ ކަމެކެވެ. "އެގޮތުން ދިރިއުޅޭ ތަންތަނާއި ކުދިން ކިޔަވަންދާ ތަންތަން ވެސް ފެހިކޮށް ބޭއްވުމަކީ ވަރަށް މުހިއްމު ކަމެއް. ކުދިން ބޮޑެތިވަމުން އަންނަ އިރު އެ ކުދިން އެންމެ ގިނައިން ވަގުތު ހޭދަކުރާ ތަނަކަށް ވާނެ ސްކޫލް،" އޭނާ ވިދާޅުވި އެވެ. "އެހެންވެ ސްކޫލް މާހައުލު ފެހިކޮށް ބާއްވައި ކުދިންނަށް އެފަދަ މާހައުލަކަށް ނުކުމެ ހަރަކާތްތެރިކޮށް އުޅެވޭނެ ގޮތްތައް ތަނަވަސްކޮށްދޭން ޖެހޭ."
ކުދިންގެ ކަރާމާތް ނުގެއްލޭ ކޮންޓެންޓު ފޮނުވަން އެދިއްޖެ
މާޒް ސަލީމް ފުލުހަށް ހާޒިރުވާން އަންގައިފި
އެމްޑީޕީގެ އެއްވުމުގައި ހިނގި ކަންކަން ކުށްވެރިކޮށްފި
މުޒާހަރާގައި ދެއްކި ވާހަކައަށް ފިޔަވަޅުއަޅަން ގޮވާލައިފި
ދަރިންގެ ހަރަދު ދޭންޖެހެނީ ބައްޕައެއް އެކަންޏެއް ނޫން
ހަރަދުނުދޭ މީހުންގެ ނަން ހާމަކުރުން:ހަމަހަމަކަމެއް ނެތް
ދަރިންގެ ހަރަދު ހޯދުމުގައި އާ ނިޒާމަކަށް ދާންޖެހޭ
އަހަރުނުވާ 4 ކުއްޖަކާ އެކު ދައުލަތަށް 167 ކުއްޖެއް
"އަނިޔާއިން އެއްކިބާވެފައިވާ މާހައުލެއް ހޯދައިދޭނަން"
ކުށުގެ ޒިންމާ އުފުލާ އުމުރު ދަށްކުރުމަކީ ހައްލެއް ނޫން