01 ނޮވެމްބަރ 2021
މިހާރު ކުރިއަށް ގެންދާ އދ. ގެ ތިމާވެށީގެ ކޮންފަރެންސް "ކޮޕް26" ގައި ބައިވެރިވާ ދިވެހި ވަފުދުގެ އެޑްވައިޒަރަކަށް އދ. ގެ އިންސާނީ ހައްގުތަކާ ބެހޭ އޮފީހުގެ ކުރީގެ ހައި ކޮމިޝަނަރު ޒައިދު ރާދު އަލް ހުސައިން، ރައީސް އިބްރާހިމް މުހައްމަދު ސޯލިހު އައްޔަން ކުރައްވައިފި އެވެ.
މިހާރު ކުރިއަށް ގެންދާ އދ. ގެ ތިމާވެށީގެ ކޮންފަރެންސް "ކޮޕް26" ގައި ބައިވެރިވާ ދިވެހި ވަފުދުގެ އެޑްވައިޒަރަކަށް އދ. ގެ އިންސާނީ ހައްގުތަކާ ބެހޭ އޮފީހުގެ ކުރީގެ ހައި ކޮމިޝަނަރު ޒައިދު ރާދު އަލް ހުސައިން، ރައީސް އިބްރާހިމް މުހައްމަދު ސޯލިހު އައްޔަން ކުރައްވައިފި އެވެ.
ސްކޮޓްލެންޑުގެ ގްލާސްގޯގައި ކުރިއަށް ގެންދާ ކޮންފަރެންސްގައި ރައީސްއާއެކު ދިވެހި ސަރުކާރުގެ ބައެއް އިސްވެރިންގެ ވަފުދެއް އަންނަނީ ބައިވެރިވަމުންނެވެ. މި ވަފުދުގައި ރައްޔިތުން މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދާއި އެންވަޔަރްމެންޓް މިނިސްޓަރު އައިމިނަތު ޝައުނާ އާއި ތިމާވެއްޓާ ބެހޭ ހާއްސަ މަންދޫބު ސަބްރާ ނޫރައްދީން ވެސް ހިމެނިވަޑައިގަންނަވަ އެވެ.
ދިވެހި ވަފުދުގެ އެޑްވައިޒަކަށް އައްޔަންކުރި، ޖޯޑަންގެ ޒައިދު ގެންދަވަނީ އިންޓަނޭޝަނަލް ޕީސް އިންސްޓިޓިއުޓް (އައިޕީއައި) ގެ ރައީސްގެ މަގާމާއި ސީއީއޯ ކަން ވެސް ކުރައްވަމުންނެވެ.
ރައީސް އޮފީހުން މިއަދު ބުނީ މި މަގާމަށް ޒައިދު ހަމަޖެއްސުމަކީ މޫސުމަށް އަންނަ ބަދަލުތަކާ ގުޅޭ ގޮތުން ރާއްޖެ އާއި އދ. އާ ދެމެދު ކުރަމުން އަންނަ މަޝްވަރާތަކަށް ލިބޭ އިތުރު ކުރިއެރުމެއް ކަމަށެވެ.
ޒައިދު ވަނީ އދ. ގައި ހުންނަވާ ޖޯޑަންގެ ދާއިމީ މަންދޫބު ކަމާއި އދ. ގެ ސެކިއުރިޓީ ކައުންސިލްގެ މެމްބަރު ކަމާއި އަދި އެ ޖަމާއަތުގެ އަމާންކަން ދަމަހައްޓާ ކޮމިޝަންގެ ކޮމިޓީގެ މުގައްރިރުގެ މަގާމު ވެސް ފުރުއްވައިފަ އެވެ.
ގިނަ ގައުމުތަކެއް ބައިވެރިވެގެން މިދިޔަ ހޮނިހިރު ދުވަހުން ފެށިގެން "ކޮޕް26" ކޮންފަރެންސް ކުރިއަށް ގެންދާނީ މި މަހު 12 ވަނަ ދުވަހުގެ ނިޔަލަށެވެ.
މޫސުމީ ގެއްލުމުގެބަދަލަށް އެހީ ނުދޭތީ ރައީސްގެ ނުރުހުން
ރައީސް ސްކޮޓްލެންޑަށް ފުރާވަޑައިގެންފި
އާއްމު މަޖިލީހުގެ ޕޯޑިއަމަށް އެރީ ޑައިނަސޯ އެއް
ކުރިއެރުން ހޯދަން ވާނީ ކަނޑުތަކާ ރައްޓެހިކޮށް: ރައީސް
ކުރީގެ މިނިސްޓަރު ތޯރިގުގެ ޝުކުރު ރައީސަށް!
ކޮޕް29: ނިންމީ ފަގީރު ގައުމުތަކަށް 300 ބިލިއަން
ކޮޕް29: ކުދި ގައުމުތަކުން މަޝްވަރާއިން ވަކިވެއްޖެ
މި އަހަރުގެ ކޮޕް ސަމިޓަށް ރާއްޖެއިން ތައްޔާރުވަނީ
ތެލަށް 65 މިލިއަން ޑޮލަރު ހޭދަވެއްޖެ:ރައީސް
މޫސުމީ ގެއްލުންތަކާ ގުޅިގެން ދޭ އެހީ އިތުރުކުރަންޖެހޭ