23 ނޮވެމްބަރ 2024
މޫސުމަށް އަންނަ ބަދަލުތަކުގެ ނުރައްކާ އެންމެ ބޮޑަށް އޮތް ގައުމުތަކުން އިހުތިޖާޖުކޮށް، އދ. ގެ ކޮޕް29 ސަމިޓުގެ މަޝްވަރާތައް ދޫކޮށް މިއަދު ނުކުމެއްޖެ އެވެ.
މޫސުމަށް އަންނަ ބަދަލުތަކުގެ ނުރައްކާ އެންމެ ބޮޑަށް އޮތް ގައުމުތަކުން އިހުތިޖާޖުކޮށް، އދ. ގެ ކޮޕް29 ސަމިޓުގެ މަޝްވަރާތައް ދޫކޮށް މިއަދު ނުކުމެއްޖެ އެވެ.
އަޒަރުބައިޖާންގެ ބާކޫގައި ކުރިއަށްދާ މަޝްވަރާތަކުގައި މައްސަލަ ހޫނުވީ މޫސުމީ ނުރައްކާތަކާ ކުރިމަތިލުމަށް، ކުދި ގައުމުތަކަށް ދޭނެ މާލީ އެހީއާ ގުޅޭ އެއްބަސްވުމަކަށް ނާދެވެ ދިގުލައިގެން ދިއުމުންނެވެ.
ކަނޑުގެ ލޮނުގަނޑު އުފުލުމުގެ ނުރައްކާ އެންމެ ބޮޑަށް އޮތް ކުދި ޖަޒީރާ ގައުމުތަކާއި އެފްރިކާގެ ފަގީރު ގައުމުތަކުގެ ޑިޕްލޮމެޓުން މި ހިތްހަމަނުޖެހުމާ އެކު މަޝްވަރާތައް ދޫކޮށް ވަޑައިގަތީ އެވެ.
"އަޅުގަނޑުމެން ދެންމެ ނުކުމެއްޖައީމު. މި ކޮޕް ސަމިޓަށް އައީ އިންސާފުވެރި އެއްބަސްވުމަކަށް. އަޅުގަނޑުމެންގެ އަޑު ނާހާ ކަމަށް އަޅުގަނޑުމެންނަށް މިހާރު ގަބޫލުކުރެވޭ،" އެލަޔަންސް އޮފް ސްމޯލް އައިލެންޑް ސްޓޭޓްސް (އޭއޯސިސް) ގެ ޗެއާމަން، ސާމޯއާގެ ސެޑްރިކް ޝުސްޓާ ވިދާޅުވި އެވެ.
ބާކޫގައި ދައުރުވަމުންދާ، އޭއެފްޕީއަށް އަށް ވެސް ފެނިފައިވާ އަދި ޝާއިއުކޮށްފައި ނުވާ އެއްބަސްވުމުގެ ހުށަހެޅުމުގައި، މޫސުމަށް އަންނަ ބަދަލުތަކާ ދެކޮޅަށް ފަގީރު ގައުމުތަކަށް މުއްސަނދި ގައުމުތަކުން ދޭ މާލީ އެހީ 2035 ވަނަ އަހަރާ ހަމައަށް އަހަރަކު 300 ބިލިއަން ޑޮލަރަށް އިތުރުކުރަން ހުށަހަޅާފައިވެ އެވެ.
މޫސުމީ ބަދަލުތަކުގެ ގެއްލުމާ ކުރިމަތިލުމަށް މުއްސަނދި ގައުމުތަކުން ކުދި ގައުމުތަކުން އެކަށީގެންވާ މާލީ އެހީ ދިނުމަށް ގޮވާލައި ކޮޕް ސަމިޓްގައި އެކްޓިވިސްޓުން މުޒާހަރާ ކުރަނީ. -- ފޮޓޯ: އޭއެފްޕީ
ކޮޕް29 ބާއްވާ އަޒަރުބައިޖާންގެ އަމާޒަކީ ސަމިޓް ރަސްމީކޮށް ނިމުނުތާ އެއް ދުވަސް ފަހުން، ހޮނިހިރު ދުވަހުގެ ރޭ 198 ގައުމެއްގެ ކުރިމަތީގައި މި ހުށަހެޅުމާ މެދު ގޮތެއް ނިންމުމެވެ. ނަމަވެސް އެއޯސިސް އިން ނެރުނު ބަޔާނެއްގައި ބުނީ ކްލައިމެޓް ފައިނޭންސްގެ މަޝްވަރާތަކުން އެ ގައުމުތައް މިހާރު ވަކިވެފައިވާ ކަމަށެވެ. އަދި އެންމެންގެ ބައިވެރިވުމާ އެކު ކަންކަން ނިންމުމަށް ގޮވާލާފައިވެ އެވެ.
"އެކަން އެގޮތަށް ނުކުރެވިއްޖެ ނަމަ ކޮޕް29 ގައި އެއްބާރުލުން ދިނުމަކީ އުނދަގޫ ކަމަކަށް ވާނެ،" ބަޔާނުގައިވެ އެވެ.
ދުނިޔޭގެ އެންމެ ފަގީރު ގައުމުތަކުގެ ތެރޭގައި ހިމެނޭ ސިއެރާ ލިއޯންގެ މޫސުމާ ބެހޭ ވަޒީރު ޖިވޯހް އަބްދުލައި ވިދާޅުވީ މި ޑްރާފްޓަކީ ދުނިޔޭގެ އެހެން ގައުމުތަކަށް "އަމިއްލައަށް މަރުވުމެއް" ކަމަށެވެ.
މީގެ ކުރިން، މުއްސަނދި ގައުމުތަކުން 250 ބިލިއަން ޑޮލަރު ހުށަހެޅުން، ތަރައްގީވަމުން އަންނަ ގައުމުތަކުން ވަނީ، މޫސުމަށް އަންނަ ބަދަލުތަކާ ދެކޮޅަށް މަސައްކަތްކުރުމަށާއި ޖައްވަށް ބޭރުކުރާ ވިހަ ގޭސްތައް މަދުކުރުމަށް މިއީ އެކަށިގެންވާ ވަރަށްވުރެ މާ ކުޑަ އަދަދެއް ކަމަށް ބުނެފަ އެވެ.
އިނގިރޭސިވިލާތުގެ އެނާޖީ ސެކްރެޓަރީ އެޑް މިލިބަންޑް ވިދާޅުވީ އެމެރިކާ، ޔޫރަޕިއަން ޔޫނިއަން އަދި ޖަޕާންގެ ވެސް ބައިވެރިވުމާ އެކު 300 ބިލިއަން ޑޮލަރަށް އެހީ އިތުރުކޮށް ހުށަހެޅުމަކީ ބޮޑު އަދަދެއް ކަމަށެވެ.
މި އަހަރުގެ ކޮޕް ސަމިޓަށް ރާއްޖެއިން ތައްޔާރުވަނީ
ކޭންސީސީގެ ރިޔާސަތު ރާއްޖެއަށް
މޫސުމީ ގެއްލުމުގެބަދަލަށް އެހީ ނުދޭތީ ރައީސްގެ ނުރުހުން
ކޮޕް26: ދިވެހި ވަފުދުގެ އެޑްވައިޒަރަކަށް ޒައިދު
އާއްމު މަޖިލީހުގެ ޕޯޑިއަމަށް އެރީ ޑައިނަސޯ އެއް
ކޮޕް29: ނިންމީ ފަގީރު ގައުމުތަކަށް 300 ބިލިއަން
މޫސުމީ އިންޒާރުގެ މެސެޖް ފޯނަށް ލިބޭނެ ގޮތް ހަދަނީ
ޕަޕުއާ ނިއު ގިނީން ކޮޕް29 ސަމިޓް ބޮއިކޮޓްކުރަނީ
ތެލަށް 65 މިލިއަން ޑޮލަރު ހޭދަވެއްޖެ:ރައީސް
މޫސުމީ ގެއްލުންތަކާ ގުޅިގެން ދޭ އެހީ އިތުރުކުރަންޖެހޭ