Roadha Mihaaru
ހުޅުމާލޭގައި ދަމާސް އިން 95 ހައުސިން ޔުނިޓް އަޅަނީ

ހުޅުމާލޭގައި 95 ހައުސިން ޔުނިޓް އަޅަން ދަމާސްއާ ހަވާލުކޮށްފި

05 ޖޫން 2016

ހުޅުމާލޭގައި 95 މިކްސްޑް ރެސިޑެންޝަލް ހައުސިން ޔުނިޓްތަކެއް އަޅަން ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ)ން ދަމާސް ކޮމްޕެނީއާ މިއަދު ހަވާލުކޮށްފި އެވެ.

އަބްދުﷲ ޖަމީލު އަބްދުﷲ ޖަމީލު

ހުޅުމާލޭގައި 95 މިކްސްޑް ރެސިޑެންޝަލް ހައުސިން ޔުނިޓްތަކެއް އަޅަން ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ)ން ދަމާސް ކޮމްޕެނީއާ މިއަދު ހަވާލުކޮށްފި އެވެ.

އެސްޓީއޯގެ ހޮޓާ ހުންނަ ސަރަހައްދުގައި ހައުސިން ޔުނިޓް އަޅަން އެޗްޑީސީގެ ފަރާތުން ސޮއިކުރެއްވީ މެނޭޖިން ޑިރެކްޓަރު މުހައްމަދު ސައިމަން އެވެ. ދަމާސް އިން ސޮއިކުރެއްވީ މެނޭޖިން ޑިރެކްޓަރު އަބްދުﷲ ސޯލިހެވެ.

އެޗްޑީސީން ބުނީ އެއްބަސްވުމުގައި ސޮއިކުރާތާ އެއް އަހަރާއި ދެ މަސް ދުވަހުގެ ތެރޭގައި ހައުސިން ޔުނިޓްތައް އިމާރާތްކޮށް ނިންމަން ޖެހޭ ކަމަށެވެ.

ހުޅުމާލޭގައި 95 ހައުސިން ޔުނިޓް އަޅަން ދަމާސްއާއެކު އެޗްޑީސީން މިއަދު އެއްބަސްވުމުގައި ސޮއިކުރަނީ. ފޮޓޯ: އެޗްޑީސީ

ހުޅުމާލޭގައި 95 ހައުސިން ޔުނިޓް އަޅަން ދަމާސްއާއެކު އެޗްޑީސީން މިއަދު އެއްބަސްވުމުގައި ސޮއިކުރަނީ. ފޮޓޯ: އެޗްޑީސީ

އެޗްޑީސީން ބުނިގޮތުގައި ހައުސިން ޔުނިޓްތައް ހަވާލުކުރީ ދަމާސް އިން އެ ތަންތަން އިމާރާތް ކުރުމަށް ފަހު، އަމިއްލަ ފަރާތްތަކަށް ވިއްކާ ގޮތަށެވެ.

ހުޅުމާލޭގައި މިކްސް ރެސިޑެންޝަލް ހައުސިން ޔުނިޓްތަކެއް އަޅަން ހަވާލުކުރީ ކިހާ ބޮޑު މިނެއްގެ ބިމެއް ކަމެއް އަދި ބިން ވިއްކި އުސޫލެއް އެޗްޑީސީއަކުން އަދި ނުބުނެ އެވެ.

މިދިޔަ ހަފުތާގައި ވެސް އެޗްޑީސީން ވަނީ ހުޅުމާލޭގައި 60 ހައުސިން ޔުނިޓް އަޅަން ބެޗް ކޮންސްޓްރަކްޝަނާ ހަވާލުކޮށްފަ އެވެ.