09 ނޮވެމްބަރ 2016
ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ) ގެ އެގްޒިބިޝަން ސެންޓަރު މިއަދު ހުޅުވައިފި އެވެ.
ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ) ގެ އެގްޒިބިޝަން ސެންޓަރު މިއަދު ހުޅުވައިފި އެވެ.
އެޗްޑީސީގެ އޮފީހުގައި ގާއިމުކުރި ސެންޓަރު ހުޅުވައި ދެއްވީ ރައީސް އޮފީހުގެ މިނިސްޓަރު އަހުމަދު ޒުހޫރު އެވެ. މި ރަސްމިއްޔާތުގައި ޒުހޫރު ވަނީ އެޗްޑީސީގެ އާ ވެބްސައިޓާއި އަލަށް ތައާރަފް ކުރި އެޗްޑީސީގެ "މައި ހުޅުމާލެ" ޕޯޓަލް ވެސް އިފްތިތާހުކޮށް ދެއްވައިފަ އެވެ.
އެޗްޑީސީން ބުނި ގޮތުގައި ބަދަލުތަކަކާއެކު ހުޅުވި އެގްޒިބިޝަން ސެންޓަރަކީ ހުޅުމާލެ އަށް ޒިޔާރަތް ކުރާ އިންވެސްޓަރުންނާއި ބޭރުގެ އެކިއެކި ފަރާތްތަކަށް ހާއްސަކޮށް، ހުޅުމާލެ ތަރައްގީވެގެން އައި ގޮތް ދައްކުވައިދޭ ޓައިމްލައިންތަކާއި ހުޅުމާލެ ތަރައްގީ ކުރުމަށް ރޭވިފައިވާ ގޮތް ފެންނަ ގޮތަށް ތައްޔާރު ކޮށްފައިވާ ތަނެއް ކަމަށެވެ.
އެޗްޑީސީ އެގްޒިބިޝަން ސެންޓަރުގައި ހުރި ހުޅުމާލެ މާސްޓާ ޕްލޭންގެ މޮޑެލް.--- ފޮޓޯ: މިހާރު
ސެންޓަރަށް ޒިޔާރަތް ކުރާ މީހުންނަށް ފެންނަ ގޮތަށް، މިހާރުގެ މާސްޓާ ޕްލޭންގެ ފުރިހަމަ މޮޑެލްއެއް ވެސް އެތަނުގައި ޝޯކޭސް ކޮށްފައިވެ އެވެ. އަދި ހުޅުމާލެ މާސްޓަޕްލޭންގެ މޮޑެލް ތްރީޑީކޮށް ބަލައިލުމުގެ ފުރުސަތު ވެސް އެޗްޑީސީން ވަނީ ފަހިކޮށްދީފަ އެވެ.
މިއަދުގެ ރަސްމިއްޔާތުގައި މިނިސްޓަރު ޒުހޫރު ވިދާޅުވީ މިދިޔަ ތިން އަހަރުގެ ތެރޭގައި ތަރައްގީގެ މަޝްރޫއުތައް އެތައް ގުނައަކަށް އިތުރުވެފައިވާ ކަމަށެވެ. އެ ގޮތުން ހަމައެކަނި ހުޅުމާލެއަށް ބެއްޔަސް ފެންނަނީ "ކޮންސްޓްރަކްޝަން އިންޑަސްޓްރީ" އެއްގެ ގޮތުގައި ކަމަށް އޭނާ ވިދާޅުވި އެވެ.
"ކޮންމެ ދިމާލަކަށް ބަލައިލިޔަސް އަޅަމުންދާ އުސް އިމާރާތްތައް ފެނިގެން އެބަދޭ. މިއީ ގައުމުގެ އިގްތިސާދަށް އައި ކުރިއެރުން،" ޒުހޫރު ވިދާޅުވި އެވެ.
އެޗްޑީސީގެ އެގްޒިބިޝަން ސެންޓަރު ހުޅުވުމަށް މިއަދު ބޭއްވި ރަސްމިއްޔާތުގައި ރައީސް އޮފީހުގެ މިނިސްޓަރު ޒުހޫރު ވާހަކަ ދައްކަވަނީ: ހުޅުމާލެ ފެންނަނީ ކޮންސްޓްރަކްޝަން އިންޑަސްޓްރީއެއް ގޮތުގައި ކަމަށް އޭނާ ވިދާޅުވި.--- ފޮޓޯ: މިހާރު
އޭނާ ވިދާޅުވި ގޮތުގައި ހުޅުމާލެ ތަރައްގީވުމުން ރާއްޖޭގެ ދެބައިކުޅައެއް ބަޔަށް ވުރެ ބޮޑު އާބާދީއެއް ދިރިއުޅޭނީ އެ ރަށުގަ އެވެ. އަދި ހުޅުމާލެ އިތުރަށް ތަރައްގީ ކުރެވިގެން ދަނީ ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރުގެ ދުރުވިސްނޭ ސިޔާސަތުގެ ދަށުން ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
އެޗްޑީސީގެ މެނޭޖިން ޑިރެކްޓަރު މުހައްމަދު ސައިމަން ވިދާޅުވި ގޮތުގައި އެގްޒިބިޝަން ސެންޓަރަކީ އިންވެސްޓަރުންނާ ރަހްމަތްތެރި ތަނެކެވެ. އެގޮތުން އިންވެސްޓަރުންނަށް އޮތް ފުރުސަތުތައް ވަރަށް ފަސޭހަކަމާއެކު އެނގިގެންދާނެ ކަމަށް ވެސް ސައިމަން ވިދާޅުވި އެވެ.
"އަޅުގަނޑުމެންނަށް ލިބޭ އިންވެސްޓަރުން ދެމެހެއްޓުމަށް ނުވަތަ [އިންވެސްޓަރުން] އިތުރު ކުރުމަށް ވަރަށް ބޮޑު ލުއި ފަސޭހަތަކެއް [އެގްޒިބިޝަން ސެންޓަރުން] ލިބިގެންދާނެ،" ސައިމަން ވިދާޅުވި އެވެ.
އެޗްޑީސީގެ އެގްޒިބިޝަން ސެންޓަރުގައި ހުރި ހުޅުމާލެ މާސްޓާ ޕްލޭންގެ މޮޑެލް.--- ފޮޓޯ: މިހާރު
ސައިމަން ވިދާޅުވީ ބައިނަލްއަގުވާމީ ދެތިން އިންވެސްޓަރުން ހަފުތާއަކު ހުޅުމާލެއަށް ޒިޔާރަތް ކުރާ ކަމަށާއި އިގްތިސާދަށް ގެންނަ އިސްލާހީ ބަދަލުތަކުގެ ސަބަބުން ގިނަ ބަޔަކު ހުޅުމާލޭގައި އިންވެސްޓްކުރަން ޝައުގުވެރިކަން ފާޅުކުރަމުން އަންނަ ކަމަށެވެ.
އެޗްޑީސީގެ ޕޯޓަލް މެދުވެރިކޮށް ޔޫސާ ނޭމް އެއް ހަދައިގެން އެޗްޑީސީގެ ކަސްޓަމަރުންނަށް ލިބެން ހުންނަ ހުރިހާ ހިދުމަތްތައް އޮންލައިންކޮށް ހޯދުމުގެ މަގު ތަނަވަސްވެގެންދާނެ އެވެ. މި ޕޯޓަލް މެދުވެރިކޮށް ލިބިގެންދާނެ އިލެކްޓްރޯނިކް ހިދުމަތްތައް ކުރިއަށް އޮތް ތަނުގައި ފުޅާކުރުމަށް ވަނީ ހަމަޖެހިފަ އެވެ.
މި ޕޯޓަލް އެޗްޑީސީގެ އާ ވެބްސައިޓްގައި ވެބް އެޕްލިކޭޝަނެއްގެ ގޮތުގައި ގާއިމު ކޮށްފައިވާއިރު، އެއް މަސް ދުވަހުގެ ތެރޭގައި މި ޕޯޓަލްގެ އެންޑްރޮއިޑް އަދި އެޕަލް ބޭސްޑް މޮބައިލް އެޕްލިކޭޝަން ތައާރަފް ކުރުމަށް ހަމަޖެހިފައިވާ ކަމަށް އެޗްޑީސީން ބުންޏެވެ.
ހުޅުމާލޭގެ ޓަވަރުތަކުގެ ޕައިލިން މަސައްކަތް ނިމިއްޖެ
25 ބުރީގެ 16 ޓަވަރުގެ ބޮޑު ބައި މިއަހަރު ނިމޭނެ
ހުދު ފަސްގަނޑެއް ނޫން، ތަރައްގީގެ އެތައް މަސައްކަތެއް
ސަރުކާރު މުވައްޒަފުންނަށް 400 ފްލެޓް އަޅަން އަމީނަށް
ހުޅުމާލޭގެ ދެވަނަ ފިޔަވަހިން ގޯތި ވިއްކަން ހުޅުވާލައިފި
ހުޅުމާލޭގެ ދެވަނަ ފިޔަވަހިން ގޯތި ވިއްކަން ފަށަނީ
ހުޅުމާލޭގައި 72 ފްލެޓް އަޅަން އިންޑިއާ ބަޔަކަށް ދީފި
ހުޅުމާލޭގައި ދަމާސް އިން 95 ހައުސިން ޔުނިޓް އަޅަނީ
އެޗްޑީސީ އަށް ކުންފުނިތަކުން ނުލިބި 1.2 ބިލިއަން!
ހުޅުމާލޭގައި ރެސިޑެންޝިއަލް 10 ޓަވަރު އަޅަނީ