29 އޮކްޓޯބަރ 2021
މި ސަރުކާރުން ކުރިއަށް ގެންދަން ރާވާފައިވާ އެންމެ ބިޔަ މަޝްރޫއު ކަމަށްވާ މާލެ، ވިލިމާލެ، ތިލަފުށި އަދި ގުޅިފަޅު ގުޅުވާލާ "ގްރޭޓާ މާލެ ކަނެކްޓިވިޓީ ޕްރޮޖެކްޓް" ނުވަތަ "ތިލަމާލެ" ބްރިޖު އެޅުމަށް ހަދަން ޖެހޭ ސާވޭގެ މަސައްކަތް އިއްޔެ ފަށައިފި އެވެ.
މި ސަރުކާރުން ކުރިއަށް ގެންދަން ރާވާފައިވާ އެންމެ ބިޔަ މަޝްރޫއު ކަމަށްވާ މާލެ، ވިލިމާލެ، ތިލަފުށި އަދި ގުޅިފަޅު ގުޅުވާލާ "ގްރޭޓާ މާލެ ކަނެކްޓިވިޓީ ޕްރޮޖެކްޓް" ނުވަތަ "ތިލަމާލެ" ބްރިޖު އެޅުމަށް ހަދަން ޖެހޭ ސާވޭގެ މަސައްކަތް އިއްޔެ ފަށައިފި އެވެ.
މި ސާވޭގެ މަސައްކަތް ފަށައިފައި ވާތީ ބްރިޖު އަޅަން ހަމަޖެހިފައިވާ ސަރަހައްދުން ދަތުރުކުރާ ކަނޑު އުޅަނދުފަހަރު ސަމާލުވުމަށް އަންގާ ޓްރާންސްޕޯޓް މިނިސްޓްރީން ރޭ ވަނީ އިއުލާނެއްކޮށްފަ އެވެ.
އެ އިއުލާނުގައި ބުނެފައި ވަނީ އިއްޔެ އިން ފެށިގެން އަންނަ އަހަރު ފެބްރުއަރީ 22 ގެ ނިޔަލަށް މި ސާވޭގެ މަަސައްކަތް ކުރިއަށް ގެންދަނީ މާލޭގެ ހުޅަނގު ދެކުނު ފަރާތުން ފެށިގެން، ވިލިމާލެ އާއި ގުޅީފަޅުގެ ދެކުނުފަރާތުގެ މޫދާއި އަދި ތިލަފުށީގެ އިރުދެކުނު ކޮޅާ ދެމެދު އެއް ކިލޯ މީޓަރުގެ ފުޅާމިނުގެ ސަރަހައްދެއްގައި ކަމަށް ޕްލޭނިން މިނިސްޓްރީން އަންގާފައިވާ ކަމަށެވެ.
މި ސާވޭ މަސައްކަތް ކުރިއަށްދާ ވަގުތުތަކުގައި ސާވޭ ހެދުމަށް ބޭނުންކުރާ ބޯޓާއި އަދި މި މަސައްކަތްކުރާ ޑައިވަރުންނަށް އުނދަގޫ ނުވާނެ ފަދަ ގޮތަކަށް، ހާއްސަ ސަމާލުކަމެއް ދީގެން އެ ސަރަހައްދުން ދަތުރުކުރާ އުޅަނދު ފަހަރު އޮޕަރޭޓް ކުރަން ޓްރާންސްޕޯޓް މިނިސްޓްރީން ވަނީ އަންގައިފަ އެވެ.
މި ސާވޭގެ މަސައްކަތް ކުރިއަށް ގެންދަނީ މި މަޝްރޫއުގެ މަސައްކަތް ހަވާލުކޮށްފައިވާ އިންޑިއާގެ ކުންފުނި ކަމަށްވާ އެފްކޮންސް އިންފްރާސްޓަރަކްޗާގެ ސަބް-ކޮންޓްރެކްޓަރެއް ކަމަށްވާ ފޯސައިޓް ސާވެއާސްއާ ހަވާލުކޮށްގެންނެވެ.
މި ބްރިޖުގެ އަމަލީ މަސައްކަތް ފެށޭނީ އަންނަ އަހަރުގެ ކުރީ ކޮޅު ކަަމަށް ސަރުކާރުން ވަނީ ބުނެފަ އެވެ.
އިންޑިއާގެ އެގްޒިމް ބޭންކްގެ ލޯނަކާއި އެ ގައުމުން ދޭ އެހީއެއް އެއްކޮށްލައިގެން ހަރަދުކުރާ ގޮތަށް ހިންގަން ނިންމާފައިވާ ތިލަމާލެ ބްރިޖްގެ މަސައްކަތް އިންޑިއާގެ އެފްކޮންސްއާ ހަވާލުކޮށް، އެއްބަސްވުމުގައި ސޮއިކުރުމުގެ ރަސްމިއްޔާތު ބޭއްވީ މިދިޔަ އޮގަސްޓް މަހުގެ 26 ގަ އެވެ.
މި މަޝްރޫއުގެ ދަށުން ގްރޭޓާ މާލެ ސަރަހައްދު ގުޅާލުމަށް 6.7 ކިލޯމީޓަރުގެ ބްރިޖެއް އަޅާނެ އެވެ. މި މަޝްރޫއަކީ 500 މިލިއަން ޑޮލަރު (7.7 ބިލިއަން ރުފިޔާ)ގެ މަޝްރޫއެކެވެ. އެއީ ލައިން އޮފް ކްރެޑިޓްގެ ދަށުން ދޭ 400 މިލިއަން ޑޮލަރާއި އިންޑިއާގެ ސަރުކާރުން ހިލޭ އެހީގެ ގޮތުގައި ލިބޭ 100 މިލިއަން ޑޮލަރެވެ.
ތިލަމާލެ ބްރިޖަކީ މާލޭގެ ވިޔަފާރި ބަނދަރު ގުޅިފަޅަށް ބަދަލުކުރުމާއި ގުޅިފަޅު ތަަރައްގީކުރުން ވެސް ހިމެނޭ ބޮޑު ޕްރޮޖެކްޓެއްގެ އެއް ބައެވެ. ފިޔަވަހިތަކަކަށް ބަހާލައިގެން މަސައްކަތް ކުރިއަށް ގެންދާ މި ބްރިޖުގެ ފުރަތަމަ ފިޔަވަހީގައި މާލެ އާއި ވިލިމާލެއާ ގުޅުވާލާނެ އެވެ.
ބްރިޖު ނިންމާނެކަމުގެ 100 ޕަސެންޓް ޔަގީންކަން
ތިލަ-މާލެ ބްރިޖު މަޝްރޫއަށް އާންމުންގެ ހިޔާލު ހޯދަނީ
މާލެ ސަރަހައްދަށް އައި ބޮޑު ބަދަލު، ނާސާގެ ފޮޓޯތަކުން
ލޮކްޑައުންއާ ހިލާފުވާ މީހުން ކަރަންޓީންކުރާނެ
ތިލަފުށި-މާލެ ބްރިޖްގެ އަގުބޮޑުކަމުން ކަންބޮޑުވޭ:ސައީދު
މާލެ-ތިލަފުށި ބްރިޖް އަޅާނީ އިންޑިއާގެ ކުންފުންޏަކުން
"ގުދަން ހަދަން އިންޑަސްޓްރިއަލް ޒޯން ކަމަކު ނުދޭ"
ރައީސް ކެބިނެޓާ އެކު ތިލަމާލެ ބްރިޖު ސައިޓަށް
ގޯތި ދޫކުރަން ގުރު ނެގުން އޮންނާނީ ގަލޮޅު ދަނޑުގައި
މާލެ-ވިލިމާލެ ކަނޑުއޮޅިން ދަތުރުކުރާނަމަ ފިޔަވަޅުއަޅަނީ