22 ސެޕްޓެމްބަރ 2019
މާލޭގެ ހުޅަނގު ދެކުނު ފަރާތުގައި ކުރީގެ ސަރުކާރުން ހިއްކާފައި އޮތް ސަރަހައްދަކީ އިންޑަސްޓްރިއަލް މަސައްކަތް ކުރަން އެންމެ އެކަށީގެންވާ ތަނެއް ނޫން ކަމަށާއި އެ ސަރަހައްދު ބޭނުން ކުރާނީ އެހެން ކަންތައްތަކަށް ކަމަށް ޕްލޭނިން މިނިސްޓަރު މުހައްމަދު އަސްލަމް މިއަދު ވިދާޅުވެއްޖެ އެވެ.
މާލޭގެ ހުޅަނގު ދެކުނު ފަރާތުގައި ކުރީގެ ސަރުކާރުން ހިއްކާފައި އޮތް ސަރަހައްދަކީ އިންޑަސްޓްރިއަލް މަސައްކަތް ކުރަން އެންމެ އެކަށީގެންވާ ތަނެއް ނޫން ކަމަށާއި އެ ސަރަހައްދު ބޭނުން ކުރާނީ އެހެން ކަންތައްތަކަށް ކަމަށް ޕްލޭނިން މިނިސްޓަރު މުހައްމަދު އަސްލަމް މިއަދު ވިދާޅުވެއްޖެ އެވެ.
ހުކުރު ދުވަހުގެ ރޭ މާލޭގައި ހިނގި އަލިފާނުގެ ބޮޑު ހާދިސާއާ ގުޅިގެން ސަރުކާރުން އުފައްދާފައިވާ ޓާސްކްފޯހުން ރައީސް އޮފީހުގައި މިއަދު ހަވީރު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އަސްލަމް ވިދާޅުވީ "އިންޑަސްޓްރިއަލް ވިލެޖް"ގެ ގޮތުގައި މިސަރުކާރަށް ވާރުތަވީ ގޮނޑެއް ކަމަށެވެ. އެތަނުގެ ބޭނުން ކުރުމަށްޓަކައި އެތަން ސާފުކުރުމުގެ މަސައްކަތް މިހާރު ކުރަމުން އަންނަ ކަމަށް އޭނާ ވިދާޅުވި އެވެ.
އިންޑަސްޓްރިއަލް ވިލެޖް ހިއްކީ މާލޭގެ މީހުން ދިރިއުޅޭ ސަރަހައްދުގައި ހުރި ކެމިކަލް ގުދަންތައް އެތަނަށް ބަދަލުކުރަން ކަމަށް ކުރީގެ ސަރުކާރުން ބުންޏެވެ. އަލިފާނުގެ ބޮޑު ހާދިސާ ހިނގުމާ ހަމައަށް ވެސް އެކަން ނުވެ އޮތުމުން އޭރުގެ ހައުސިން މިނިސްޓަރު ޑރ. މުހައްމަދު މުއިއްޒު ސަރުކާރަށް ފާޑުވިދާޅުވި އެވެ.
މާލެ އާއި ހުޅުމާލެއަކީ އެއްތަނެއްގެ ގޮތުގައި ބަަލަމުން އަންނަ އިރު ބްރިޖް ނިމިނިމި އޮއްވައި މާލެއިން ތަނެއް ހިއްކައި، އެތަން އިންޑަސްޓްރިއަލް މަސައްކަތްތަކަށް ބޭނުންކުރަން ކުރީގެ ސަރުކާރުން ނިންމީ ކީއްވެތޯ އަސްލަމް ސުވާލުކުރެއްވި އެވެ.
"މާލޭގެ ބޮޑުތަކުރުފާނު މަގުގައި، އެ ސަރަހައްދުގައި އިންޑަސްޓްރިއަލް ކަންތައްތަކެއް ހިންގަން ފެށީމާ ދެން އެތަނުގެ ޓްރެފިކަށް ވާނެގޮތާއި ތޮއްޖެހޭނެ ގޮތާ އެއާ ދޭތެރޭގައި ވެސް ވިސްނާލުން [ރަނގަޅު]. އަމިއްލަޔަށް ވެސް ވިސްނާލުން، ހަމަ ވިސްނާލުން ރަނގަޅުވާނެ،" އަސްލަމް ވިދާޅުވި އެވެ.
އެ ސަރަހައްދަކީ ކެމިކަލް ރައްކާކުރާ ގުދަންތަކެއް ހަދަން ރައްކާތެރި ތަނެއް ނޫން ކަމަށް ވެސް އަސްލަމް ވިދާޅުވި އެވެ. އެގޮތުން ހުޅަނގު ބަނދަރުގައި ކުރިން ހިނގި އަލިފާނުގެ ހާދިސާއެއްގައި ދޯނިތަކެއް އަނދައިގެން ދިޔަކަން ހަނދާން ކުރަން ޖެހޭ ކަމަށް އޭނާ ވިދާޅުވި އެވެ.
"އެއީ މީހުން ދިރިނޫޅުނުކަމުގައި ވިޔަސް ތޮއްޖެހިފައި އޮންނަ ސަރަހައްދެއްގެ ވާހަކަ މިދައްކަނީ. ބަޔަކު ނުނިދަނީ އެތަނުގައި، ނުނިދަނީ ގެދޮރު އަޅައިގެން. ނިދާ މީހުން ތިބޭ އިނގޭތޯ. އެ އަލިފާނުގެ ހާދިސާގެ އަސަރު މިއަދުވެސް ހުންނާނެ ކަޅުތުއްކަލާ ކޮށިން ފެންނަން،" އަސްލަމް ވިދާޅުވި އެވެ.
އިންޑަސްޓްރިއަލް ވިލެޖްގެ ގޮތުގައި ހިއްކިތަން ބޭނުންކުރާނެ ގޮތާ ބެހޭ ގޮތުން އަސްލަމް ވިދާޅުވީ މާލޭ ވިޔަފާރި ބަނދަރު ސަރަަހައްދުގައި ބޭނުންކުރާ ބޮޑެތި ވެހިކަލްތައް ޕާކްކުރާނެ ސަރަހައްދެއް އެތަނުގައި ހަދަން ނިންމާފައިވާ ކަމަށެވެ. އޭނާ ވިދާޅުވީ މާލެއަކީ ވެހިކަލްތަކުން ވެސް ތޮއްޖެހިފައިވާ ތަނަކަށް ވާތީ އެކަމަށް ހައްލުތައް ހޯދަމުން އަންނަ ކަމަށާ އިންޑަސްޓްރިއަލް ވިލެޖްގައި ހެވީ ވެހިކަލްތަކަށް ޕާކިން އޭރިއާއެއް ހަދަނީ އެހެންވެ ކަމަށެވެ.
"އިންޑަސްޓްރިއަލް ވިލެޖްގައި ބޮޑު ސަރަހައްދެއް ސާފުކޮށް ނިންމާފައި އެތަނުގައި ގާއެޅުމުގެ މަސައްކަތްކުރަން ތައްޔާރުވެފައި މިހާރު އެއޮތީ. ކަސްޓަމްސް ސަރަހައްދުގައި އެހުންނަ ބޮޑެތި ވެހިކަލްތައް ޕާކްކުރާނެ ސަރަހައްދެއް ހޯދަން،" އޭނާ ވިދާޅުވި އެވެ.
އޭގެ އިތުރުން އެ ސަރަހައްދުގެ އެއް ބަޔަކީ އާއްމުންނަށް ވަދެ އުޅެވޭ، ބައެއް ކުޅިވަރުތައް ވެސް ކުޅެވޭ ސަރަހައްދަކަށް ބަދަލުކުރަން ނިންމާފައިވާ ކަަމަށް ވެސް ވިދާޅުވި އެވެ. އަދި އެސްޓީއޯ އިން ވިއްކާ ކޮންކްރީޓް މިކްސްގެ މަސައްކަތް ކުރަން ވެސް އެ ތަނުން ސަރަހައްދެއް ދޭނެ ކަމަށް އަސްލަމް ވިދާޅުވި އެވެ.
ގޯތި ދޫކުރަން ގުރު ނެގުން އޮންނާނީ ގަލޮޅު ދަނޑުގައި
މާލެއިން ގޯތި ލިބޭ މީހުން އިއުލާންކުރާނީ މެއި މަހު
ބްރިޖު ނިންމާނެކަމުގެ 100 ޕަސެންޓް ޔަގީންކަން
ތިލަމާލެ ބްރިޖުގެ ސާވޭގެ މަސައްކަތް ފަށައިފި
މާލެ ސަރަހައްދަށް އައި ބޮޑު ބަދަލު، ނާސާގެ ފޮޓޯތަކުން
ތިލަ-މާލެ ބްރިޖު މަޝްރޫއަށް އާންމުންގެ ހިޔާލު ހޯދަނީ
ލޮކްޑައުންއާ ހިލާފުވާ މީހުން ކަރަންޓީންކުރާނެ
މާލެ ފުރެން އަދި ކައިރި ވެސް ނުވޭ: މަލީހް
ގޯތި ލިބުނު ފަހުން މަރުވި މީހުންގެ ބިން ވާރިސުންނަށް
ގެދޮރުގެމައްސަލަ ހައްލުނުވަނީ އަތޮޅުތެރެ ތަރައްގީ ނުވާތީ