26 އޮކްޓޯބަރ 2021
އެސްޓީއޯގެ ސަބްސިޑަރީ ކުންފުނި މޯލްޑިވްސް ސްޓޭޓް ޝިޕިން (އެމްއެސްއެސް) އިން އިންޑިއާގެ ޓުޓިކޮރިން އާއި އައްޑުއާ ދެމެދު އޮޕަރޭޓްކުރާ އާގު ބޯޓުން އައްޑޫ ބަނދަރަށް ގެންދާ މުދަލުގެ އަގު އާންމު އަގުތަކަށް ވުރެ ބޮޑު ނުވާނެ ކަމަށާއި އަގުތަކަށް ބަދަލު ގެނެސްފައިވާ މައިގަނޑު ސަބަބަކީ ބަނދަރު ހިންގާ އެމްޕީއެލް އިން ހިދުމަތަށް ނަގާ އަގު މާ ބޮޑުވުމުން ކަމަށް އެ ކުންފުނީގެ މެނޭޖިން ޑިރެކްޓަރު އަބްދުﷲ ސައީދު ވިދާޅުވެއްޖެ އެވެ.
އެސްޓީއޯގެ ސަބްސިޑަރީ ކުންފުނި މޯލްޑިވްސް ސްޓޭޓް ޝިޕިން (އެމްއެސްއެސް) އިން އިންޑިއާގެ ޓުޓިކޮރިން އާއި އައްޑުއާ ދެމެދު އޮޕަރޭޓްކުރާ އާގު ބޯޓުން އައްޑޫ ބަނދަރަށް ގެންދާ މުދަލުގެ އަގު އާންމު އަގުތަކަށް ވުރެ ބޮޑު ނުވާނެ ކަމަށާއި އަގުތަކަށް ބަދަލު ގެނެސްފައިވާ މައިގަނޑު ސަބަބަކީ ބަނދަރު ހިންގާ އެމްޕީއެލް އިން ހިދުމަތަށް ނަގާ އަގު މާ ބޮޑުވުމުން ކަމަށް އެ ކުންފުނީގެ މެނޭޖިން ޑިރެކްޓަރު އަބްދުﷲ ސައީދު ވިދާޅުވެއްޖެ އެވެ.
ސައީދު މިހެން ވިދާޅުވީ އެމްއެސްއެސްގެ ބޯޓު އެމްބީ ބޮންތިން އައްޑުއަށް ގެންދާ މުދަލުގެ އަގު ބޮޑު ކަމަށް ބުނެ، ދައުލަތުގެ ކުންފުނިތައް ހިނގާ ނުހިނގާ ގޮތް ބަަލަން ރައްޔިތުންގެ މަޖިލީހުގައި އޮންނަ ކޮމިޓީ، ސްޓޭޓް އޯންޑް އެންޓަޕްރައިޒް ކޮމިޓީ (އެސްއޯއީ ކޮމިޓީ) އަށް ފޮނުވާފައިވާ ސިޓީއަކާ ގުޅިގެން ބޭއްވި ބައްދަލުވުމެއްގަ އެވެ.
ސައީދު ވިދާޅުވީ އެމްއެސްއެސްގެ ބޯޓު އައްޑުއަށް ގަވައިދުން ކުރާ ދަތުރުތަކުގައި އައްޑޫ ބަނދަަރުން ހޯދާ ހިދުމަތްތަކަށް އަގު ނަގަނީ، ޗާޓަރުކޮށްގެން ބައެއް ފަހަރު ދަތުރުކުރާ ބޯޓްފަހަރަށް ނަގާ ރޭޓުން ކަމަށެވެ. ދަތުރުތައް ފެށި އިރު، އެމްޕީއެލް އިން ބުނެފައިވާ ގޮތަށް، އަގުތައް ރިވައިސްކޮށްފައި ނުވާ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
އެމްޕީއެލް އިން ނަގާ އަގު ބޮޑުވުމާއި އައްޑޫ ބަނދަރުން ލިބޭ ހިދުމަތުގެ ފެންވަރު ދަށްވުމުގެ ސަބަބުން، ކާގޯ އުފުލުމަށް ނަގާ އަގު އެތައް ފަހަރަކު ބޮޑުކުރަން ޖެހުނު ކަމަށް ވެސް ސައީދު ވިދާޅުވި އެވެ.
"އަޅުގަނޑުމެންގެ ފްރައިޓަށް ގެނައި ބަދަލުތަކަކީ، ހަތަރު ވަނަ ދަތުުރުގައި އަޅުގަނޑުމެން ބޮޑުކުރަން ޖެހުނު 10 ޑޮލަރު. ދެން 11 ވަނަ ދަތުރުގައި އަޅުގަނޑުމެން އަނެއްކާ ވެސް ބޮޑުކުރިިން. އެހެންވީމާ މިހާރު އަޅުގަނޑުމެން ޕެރިޝަބުލް މިގެންނަނީ 85 ޑޮލަރަށް ޓަނެއް،" އެމްއެސްއެސްގެ މައި ކުންފުނި އެސްޓީއޯގެ ސީއީއޯ ހުސެން އަމްރު ވެސް ހާޒިރުކުރި ކޮމިޓީގައި ސައީދު ވިދާޅުވި އެވެ.
ނަމަވެސް އެއީ ބޮޑު އަގެއް ނޫން ކަމަށާއި ޓުޓިކޮރިން އިން މާލެއަށް ދަތުރުކުރާ ލަކުޑި ބޯޓްތަކުގައި ވެސް މުދާ ގެނެވެނީ އެ އަގަށް ކަމަށް އޭނާ ވިދާޅުވި އެވެ.
"އެހެންވީމާ މިހާރު ވެސް އައްޑޫ ބޭފުޅުންނަށް ކާގޯ އެ ލިބެނީ ޑިސްކައުންޓެޑް ރޭޓެއްގައި،" ސައީދު ވިދާޅުވި އެެވެ.
އެމްއެސްއެސްގެ އެމްޑީ އަބްދުﷲ ސައީދާއި އެސްޓީއޯގެ ސީއީއޯ އަމްރު އެސްްއޯއީ ކޮމިޓީއަށް މައުލޫމާތު ދެއްވަނީ. ފޮޓޯ: ރައްޔިތުންގެ މަޖިލީހުގެ އިދާރާ
އެސްޓީއޯގެ ސީއީއޯ އަމްްރު ވިދާޅުވީ އައްޑޫ ބަނދަރުން ދޭ ހިދުމަތްތަކަށް ނަގާ އަގުތައް މާލޭ ބަނދަރުން ނަގާ އަގުތަކަށް ވުރެ ވެސް ބޮޑު ކަމަށެވެ. އޭނާ ތުހުމަތުކުރެއްވި ގޮތުގައި އައްްޑޫ ބަނދަރުން ނަގާ އަގުތައް ބޮޑީ ބަނދަރު ހިންގަން ކުރަން ޖެހޭ ހުރިހާ ހަރަދެއް ހޯދަނީ އެމްއެސްއެސްގެ ބޯޓުން ހޯދަން މަސައްކަތް ކުރާތީ އެވެ.
"މުޅި ޕޯޓްގައި މަހެއްގެ މައްޗަށް ކުރާ ހުރިހާ ހަރަދެއް، ޕާސްކޮށްލަނީ އެ ބޯޓަށް،" އޭނާ ވިދާޅުވި އެވެ.
އިއްޔެގެ ބައްދަލުވުމުގައި ސައީދު ވިދާޅުވި ގޮތުގައި އައްޑޫ ބަނދަރުން ދޭ ހިދުމަތުގެ ފެންވަރު ދަށްވުމުގެ ސަބަބުން ބޯޓްގެ ދަތުރު ވަރަށް ބޮޑަށް ލަަސްވެ އެވެ. ބޯޓު މުޅިން ބަރުކޮށްގެން ކުރާ ދަތުރުގައި ގެންދާ 3،700 ޓަނުގެ މުދާ ބާލައި ބޯޓް ހުސްކުރަން 20 ދުވަސް ހޭދަވާ ކަމަށާއި އެހެންވެ، އެމްއެސްއެސްގެ އަމާޒާ އެއްގޮތަށް ދަތުރު ނުކުރެވޭ ކަމަށް ވެސް އޭޭނާ ވިދާޅުވި އެވެ.
ބޯޓް ހުސްކުރުން ލަސްވާ މައްސަލައިގައި އެމްޕީއެލް އިން ދައްކާ އުޒުރަކީ ސައީދު ވިދާޅުވި ގޮތުގައި ބަނދަރުގައި ބޯޓް ރޯލުކުރާލެއް ބޮޑުކަމުން ކްރޭން އޮޕަރޭޓްކުރަން އުނދަގޫވުމެވެ. އެ މައްސަލައާ ހެދި، އެސްޓީއޯގެ ކްރޭނެއް ގެންގޮސްގެން ކިތަންމެ ދަތުރެއްގައި މުދާ ބާލާފައި ހުންނާނެ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
"ޕެރިޝަބުލް [އަވަހަށް ކުނިވެ ހަލާކުވާ ބާވަތްތައް] ބޭލުމުގެ އޮޕަރޭޝަން ހިންގަނީ ވަރަށް ދޯދިޔާ ގޮތަކަށް. ކާގޯ އޯނަރުން އެ ބަލާ އައީމާ [މުދާ] ބާލަނީ. ބާލަނީ ކޮނޑުގައި،" ސައީދު ވިދާޅުވި އެވެ.
އެމްއެސްްއެސްްގެ ބޯޓް އައްޑުއަށް އޮޕަރޭޓްކުރުމުގައި ކުރިމަތިވާ މައްސަލަތައް ހައްލުވޭތޯ އެމްޕީއެލްއަށް ސިޓީވެސްް ފޮނުވާފައިވާނެ ކަމަށާއި އެެ ކުންފުނީގެ ކަމާ ބެހޭ ފަރާތްތަކާ ބައްދަލުކޮށް މަޝްވަރާކޮށްފައި ވާނެ ކަަމަށް ވެސް އެސްޓީއޯގެ ސީއީއޯ އަމްރު ވިދާޅުވި އެވެ.
އެސްޓީއޯގެ ވެރިން މާލިއްޔަތު ކޮމިޓީއަށް ހާޒިރުކުރަނީ
ބަންކަރިން އިން 1.5 މިލިއަންގެ އާމްދަނީ ލިބިއްޖެ
"ބަންކަރިންއަށް 20 މިލިއަން ޑޮލަރު އިންވެސްޓްކުރި"
އުތުރު ގޭޓްވޭގެ މައި އޮފީސް ހުޅުވައިފި
ފުރަތަމަ ހިދުމަތް ދެނީ "ވައިސީ ބެރިއާ" އަށް
ބަންކަރިންއަށް ބޭނުންވާ ދެވަނަ ބޯޓު ވެސް ގެނެސްފި
ބަންކަރިން ފަށަން 20 ވަނަ ދުވަހު ތެޔޮ ވިއްކަނީ
އުތުރުގެ ބަންކަރިން ހިދުމަތް މި މަހު 12 ގައި ފަށަނީ
މެރިޓައިމްގެ ހިދުމަތްތަކާ ގުޅޭ ހާއްސަ ވެބްސައިޓެއް
ބަންކަރިން ހިދުމަތް އަންނަ މަހު ފަށަނީ