23 އޮކްޓޯބަރ 2021
ބޯހިޔާވަހިކަން ފޯރުކޮށް ދޭން 1.2 ބިލިއަން ރުފިޔާގެ މަޝްރޫއެއް ހިންގަން ނިންމާފައިވާ ކަމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު މިރޭ ވިދާޅުވެއްޖެ އެވެ.
ބޯހިޔާވަހިކަން ފޯރުކޮށް ދޭން 1.2 ބިލިއަން ރުފިޔާގެ މަޝްރޫއެއް ހިންގަން ނިންމާފައިވާ ކަމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު މިރޭ ވިދާޅުވެއްޖެ އެވެ.
މި އަހަރުގެ ޒުވާނުންގެ ދުވަސް ފާހަގަ ކުރަން ހދ. ކުޅުދުއްފުށީގައި ބޭއްވި ޖަލްސާގައި ރައީސް ވިދާޅުވީ، ސަރުކާރުގެ ބޯހިޔާވަހިކަމުގެ ސިޔާސަތުގެ ދަށުން ރާއްޖޭގެ އެކި ސަރަހައްދުތަކުގައި ބޯހިޔާވަހިކަން ފޯރުކޮށްދޭން 1.2 ބިލިއަން ރުފިޔާގެ މަޝްރޫއުއެއް ކުރިއަށް އޮތް ދެ އަހަރު ހިންގަން ނިންމާފައިވާ ކަމަށެވެ. އެ މަޝްރޫއު ހިންގާނީ ސަރުކާރުގެ ބަޖެޓުން ޚަރަދުކުރާ ގޮތަށް ކަމަށް އެ މަނިކުފާނު ވިދާޅުވި އެވެ.
"ބަޖެޓްގައި ހިމަނައިގެން، ސީދާ ބަޖެޓުން ޚަރަދު ކޮށްގެން 1.2 ބިލިއަން ރުފިޔާގެ ބަޖެޓަކާ އެކު އެކި ސަރަހައްދުތަކުގައި ބޯހިޔާވަހިކަމުގެ މަޝްރޫއުތަކެއް އެބަ ހިންގަން،" ރައީސް ވިދާޅުވި އެވެ.
މިރޭގެ ޖަލްސާގައި ރައީސް ވާހަކަފުޅު ދައްކަވަނީ: ބޯހިޔާވަހިކަމަށް 1.2 ބިލިއަން ރުފިޔާގެ މަޝްރޫއުއެއް ހިންގަން ނިންމާފައިވާ ކަމަށް ވިދާޅުވި --- ފޮޓޯ/ރައީސް އޮފީސް
އެ މަނިކުފާނު ވިދާޅުވިގޮތުގައި، ކުޅުދުއްފުށީގައި ހައުސިން ޔުނިޓް އެޅުމަށް 400 މިލިއަން ރުފިޔާ އަންނަ އަހަރުގެ ބަޖެޓްގައި ހިމަނާނެ އެވެ.
މީގެ އިތުރުން ރާއްޖެއިން ބޭރުގެ އަމިއްލަ ފަރާތަކާ ގުޅިގެން ކުޅުދުއްފުށީގައި އިތުރު 1،000 ހައުސިން ޔުނިޓް އެޅުމުގެ މަސައްކަތް ފަށަން މަސައްކަތް މަޝްވަރާކޮށް، އެކަން ނިމުމަކާ ގާތަށް ގޮސްފައިވާ ކަމަށް ވެސް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވިދާޅުވި އެވެ.
"ކުޅުދުއްފުށި ބަދަލުކޮށްލަން ހެދީ 1ބިލިއަންގެ ޑީލެއް"
ގިރާވަރު ފަޅު މިއަހަރު މެދުތެރޭ ހިއްކާ ނިމޭނެ: ރައީސް
ގިރާވަރު ފަޅު ތަރައްގީ ކުރާނެ އިންވެސްޓަރުން ހޯދަނީ
މި ވައުދުގެ މިސްރާބު 100 ޕަސެންޓާ ދިމާލުގައި!
"ބިން ހިއްކުމަށް ވުރެ ރަނގަޅީ ރަށްތައް ގުޅުވާލުން"
ބޭނުންވާ އެންމެންނަށް ބޯހިޔާވަހިކަން ލިބޭނެ: ރައީސް
ކުޅުދުއްފުށީގެ ބޯހިޔާވަހިކަން ހައްލުކޮށްދޭން ޕެޓިޝަނެއް
ބޯހިޔާވަހިކަމުގެ މަޝްރޫއު ގެންދިޔަގޮތް ބަލަން ކޮމެޓީއެއް
ހުވާގައި ދެމިހުންނާނަން، ރައްޔިތުން ބާކީނުވާނެ: ރައީސް
ރައީސްގެ ފުރަތަމަ 100 ދުވަސް: ބޮޑެތި ވައުދުތަކެއް