Roadha Mihaaru
ޝިލްޕާއާ އެކު ޖަޖެއްގެ ގޮތުގައި ބާދްޝާ

ޝިލްޕާއާ އެކު "އައިޖީޓީ" ޖަޖެއްގެ ގޮތުގައި ބާދްޝާ

21 އޮކްޓޯބަރ 2021

ސޮނީ ޓީިވީން ގެނެސްދޭން ތައްޔާރުވަމުން އަންނަ އިންޑިއާސް ގޮޓް ޓެލެންޓް (އައިޖީޓީ) ގައި ބަތަލާ ޝިލްޕާ ޝެޓީއާ އެކު، މަޝްހޫރު ރެޕާ/ލަވަކިޔުންތެރިޔާ ބާދްޝާ ޖަޖެއްގެ ގޮތުގައި ބައިވެރިވާ ގޮތަށް ހަމަޖެހިއްޖެ އެވެ.

އަހުމަދު އަދްޝަން އަހުމަދު އަދްޝަން

ސޮނީ ޓީިވީން ގެނެސްދޭން ތައްޔާރުވަމުން އަންނަ އިންޑިއާސް ގޮޓް ޓެލެންޓް (އައިޖީޓީ) ގައި ބަތަލާ ޝިލްޕާ ޝެޓީއާ އެކު، މަޝްހޫރު ރެޕާ/ލަވަކިޔުންތެރިޔާ ބާދްޝާ ޖަޖެއްގެ ގޮތުގައި ބައިވެރިވާ ގޮތަށް ހަމަޖެހިއްޖެ އެވެ.

އޭނާއާ އެކު ޝޯގެ އާ ޕްރޮމޯއެއް ވެސް މިހާރު އަންނަނީ ދައްކަމުންނެވެ. "އައިޖީޓީ" ގެނެސްދޭން އުޅޭކަން އިއުލާންކުރީ މިދިޔަ މަހުގެ ތެރޭގަ އެވެ. އަދި މިއީ ޝޯގެ ޖަޖެއްގެ ގޮތުގައި ޝިލްޕާ ބައިވެރިވާ ފުރަތަމަ ފަހަރު ވެސް މެ އެވެ. އޭނާ އަށް ސޮނީގެ މި ޝޯ އިން ފުރުސަތު ލިބުނު އިރު، ޖަޖެއްގެ ގޮތުގައި ބައިވެރިވަމުން އަންނަ "ސުޕަ ޑާންސާ" ޗެޕްޓަރު ހަތަރެއް މިދިޔަ ހަފުތާގައި ވަނީ ނިންމާލައިފަ އެވެ.

"އައިޖީޓީ" އަކީ ކުރިން ކަލާޒް އިން ގެނެސްދިން ޝޯއެކެވެ. އޭގެ 8 ސީޒަން އެ ޗެނެލުން ގެނެސްދީފައިވާ އިރު، ޝޯގެ ޖަޖުންގެ ގޮތުގައި ކޮންމެ ސީޒަނެއްގައި ވެސް ތިން ސެލެބްރިޓީން ބައިވެރިވެ އެވެ.

އެހެންވެ ސޮނީ ޓީވީން ވެސް "އައިޖީޓީ" ގެނެސްދޭ އިރު ޝިލްޕާ އާއި ބާދްޝާއާ އެކު އިތުރު ޖަޖަކު ބައިވެރިވުމުގެ ފުރުސަތު ބޮޑެވެ. މިހާރު އޮޑިޝަނަށް ހުޅުވާލާފައިވާ ޝޯ ދައްކަން ފަށާނެ އިރެއް އަދި އިއުލާނެއް ނުކުރެ އެވެ.

"އައިޖީޓީ" އަކީ އާދަޔާހިލާފު ކަންކަން ކުރާ މީސްމީހުންގެ ހުނަރުތައް ދައްކައިލަން ހާއްސަ ޝޯއެކެވެ. މީގެ ނުވަ ވަނަ ސީޒަން ސޮނީން ގެނެސްދޭން ނިންމި އިރު، ކަލާޒް އިން ވަނީ ހަމަ މި ކަހަލަ ޝޯއެއް "ހުނަރުބާޒް" ގެ ނަމުގައި އިއުލާންކޮށް، އޮޑިޝަނަށް ހުޅުވާލައިފަ އެވެ. އޭގެ ޖަޖުންގެ ތެރޭގައި އެކްޓަރު މިތުން ޗަކްރަބަތީ އާއި ޑައިރެކްޓަރު/ޕްރޮޑިއުސަރު ކަރަން ޖޯހަރް ހިމެނެ އެވެ.

ކަރަން އަކީ ކަލާޒް އިން ގެނެސްދިން "އައިޖީޓީ" އެންމެ ފަހު ތިން ސީޒަނެއްގެ އެއް ޖަޖެވެ.