22 ސެޕްޓެމްބަރ 2021
ބަރަހަނާ ފިލްމު ހެދި މައްސަލައެއްގައި ހައްޔަރުކުރި ފިރިމީހާ ރާޖް ކުންދުރާ ދެ މަހެއްހާ ދުވަސް ފަހުން ހޯމަ ދުވަހު ޖަލުން ދޫކޮށްލުމާ އެކު ބަތަލާ ޝިލްޕާ ޝެޓީ ފޭނުންނަށް ވަރަށް އުފާވެރި ޚަބަރެއް ދީފި އެވެ.
ބަރަހަނާ ފިލްމު ހެދި މައްސަލައެއްގައި ހައްޔަރުކުރި ފިރިމީހާ ރާޖް ކުންދުރާ ދެ މަހެއްހާ ދުވަސް ފަހުން ހޯމަ ދުވަހު ޖަލުން ދޫކޮށްލުމާ އެކު ބަތަލާ ޝިލްޕާ ޝެޓީ ފޭނުންނަށް ވަރަށް އުފާވެރި ޚަބަރެއް ދީފި އެވެ.
އެއީ އޭނާ އަނެއްކާވެސް މުޅިން ތަފާތު ޓީވީ ޝޯއެއްގެ ޖަޖެއްގެ ގޮތުގައި ބައިވެރިވާ ވާހަކަ އެވެ. އެ ޝޯ އަކީ ޝިލްޕާ މިހާރު ވެސް ޖަޖެއްގެ ގޮތުގައި މަސައްކަތްކުރަމުން އަންނަ ސޮނީ ޓީވީން އަލަށް ފަށަން ތައްޔާރުވާ އިންޑިއާސް ގޮޓް ޓެލެންޓް (އައިޖީޓީ) އެވެ.
އެ ޝޯގެ ނުވަ ވަނަ ސީޒަންގެ ޖަޖެއްގެ ގޮތުގައި ފެންނާނެކަން ކަށަވަރުކޮށްދީ ޝިލްޕާ ސޯޝަލް މީޑިއާގައި އޭގެ ޕްރޮމޯއެއް ވެސް ޕޯސްޓްކޮށްފައިވެ އެވެ. އެ ޝޯގެ އޮޑިޝަން ވެސް ވަރަށް އަވަހަށް ފަށަން ހަމަޖެހިފައިވާ އިރު، ޝޯ ދައްކަން ފަށާނެ އިރެއް އަދި އިއުލާނެއް ނުކުރެ އެވެ.
އައިޖީޓީ ވާނީ ޑާންސް ނޫން ޓީވީ ޝޯއެއްގެ ޖަޖެއްގެ ގޮތުގައި ޝިލްޕާ ބައިވެރިވާ ފުރަތަމަ ފަހަރެވެ.
މި ޝޯގެ އާ ސީޒަން މި ފަހަރު ސޮނީން ގެނެސްދޭން ނިންމި އިރު، މީގެ ކުރީގެ ސީޒަންތައް ގެނެސްދިނީ ކަލާޒް ޗެނެލުންނެވެ. އޭގެ އަށް ސީޒަނެއް މިހާތަނަށް ގެނެސް ދީފައިވެ އެވެ.
އެންމެ ފަހުން ގެނެސްދިން ތިން ސީޒަންގެ ޖަޖުންނަކީ ކަރަން ޖޯހަރާއި މަލައިކާ އަރޯރާގެ އިތުރުން މިހާރު ކެންސަރަށް ފަރުވާ ހޯދަމުން އަންނަ ދުވަސްވީ ބަތަލާ ކިރަން ކޭރް އެވެ. އައިޖީޓީގެ އަށް ވަނަ ސީޒަން ގެނެސްދިނީ 2018 ގަ އެވެ.
ލޭގެ ކެންސަރަށް ފަރުވާ ހޯދާ ކިރަން "އައިޖީޓީ" އަށް
ޝިލްޕާއާ އެކު ޖަޖެއްގެ ގޮތުގައި ބާދްޝާ
އަމީތާބް ކުރަފި މަރާ ގޮތް ކިޔައިދީފި
ޕަރިނީތީ ޖަޖުކަން ކުރާ "ހުނަރުބާޒް" މި މަހު
ޝިލްޕާގެ "އައިޖީޓީ 9" މި މަހުގެ 15 ގައި
ސަލްމާންގެ "ދަ-ބަންގް" ޓުއާގައި ޝިލްޕާ ބައިވެރިވަނީ
މިތުންއާ އެކު ކަލާޒް އަށް "ހުނަރުބާޒް"
ޝިލްޕާ އަލުން "ސުޕަ ޑާންސާ 4" އަށް
އަމީތާބްގެ "ކޭބީސީ 13" ފެށުން 23 ގައި
ރަވީނާ، ޝިލްޕާގެ "ސުޕަ ޑާންސާ" ގަބޫލެއް ނުކުރި!