Roadha Mihaaru
215 ކިލޯ ޑްރަގް މައްސަލަ: ދެ މީހުން ބަންދަށް

215 ކިލޯ ޑްރަގް މައްސަލަ: ހައްޔަރުކުރި ދެ މީހުން ބަންދުކޮށް، މައުލޫމާތު އާންމުކޮށްފިި

19 އޮކްޓޯބަރ 2021

މިދިޔަ ހަފުތާގައި އަތުލައިގަތް 215 ކިލޯގެ މަސްތުވާތަކެތީގެ މައްސަލާގައި ހައްޔަރުކުރި ދެ މީހުންގެ ބަންދުގެ މުއްދަތު އިތުރުކޮށް އަދިި އެ މީހުންގެ މައުލޫމާތު ފުލުހުން މިއަދު އާންމުކޮށްފި އެވެ.

މުއިއްޒު އިބްރާހިމް މުއިއްޒު އިބްރާހިމް

މިދިޔަ ހަފުތާގައި އަތުލައިގަތް 215 ކިލޯގެ މަސްތުވާތަކެތީގެ މައްސަލާގައި ހައްޔަރުކުރި ދެ މީހުންގެ ބަންދުގެ މުއްދަތު އިތުރުކޮށް އަދިި އެ މީހުންގެ މައުލޫމާތު ފުލުހުން މިއަދު އާންމުކޮށްފި އެވެ.

ފުލުހުން ހިންގި އޮޕަރޭޝަނެއްގައި 215 ކިލޯގެ މަސްތުވާތަކެތި އަތުލައިގަތީ ރ. އަތޮޅުގެ ފަޅު ރަށަކުންނެވެ. މިއީ ވޭތުވެދިޔަ 20 އަހަރު ރާއްޖޭގައި އެއްފަހަރާ އަތުލައިގަތް އެންމެ ގިނަ މަސްތުވާތަކެއްޗެކެވެ.

ފުލުހުން ބުނީ އެ މައްސަލާގައި ހައްޔަރުކުރީ ރ. މަޑުއްވަރީ، ފިނިފަރު އަލީ ޝާކިރާއި ރ. މަޑުއްވަރީ ފެހިއަލި، ނިމާލް އަބްދުލްހާރިސް ކަމަށެވެ. އެ ދެ މީހުންގެ ބަންދަށް 15 ދުވަހުގެ މުއްދަތެއް ކޯޓުން އިތުރުކޮށްފައިވާ ކަމަށް ފުލުހުން ބުންޏެވެ.

ފަހުގެ ތާރީޚެއްގައި މަސްތުވާތަކެތީގެ ރެކޯޑް އަދަދެއް ފުލުހުން މިދިޔަ ހަފުތާގައި އަތުލައިގަތްއިރު، މިދިޔަ ހަފުތާގައި ހިންގި އެހެން އޮޕަރޭޝަނެއްގައި 100 ކިލޯގެ މަސްތުވާތަކެތި ވެސް އަތުލައިިގަތެވެ. އެ ތަކެތި ވެސް އަތުލައިގަތީ ފަޅު ރަށެއްގައި ފޮރުވާފައި ހުއްޓަ އެވެ.

އެ މައްސަލާގައި ހައްޔަރުކުރި 10 މީހުންގެ ތެރެއިން އަށް މީހެއްގެ ބަންދުގެ މުއްދަތުު ކޯޓުން އިތުރުކޮށްދީފައި ވާއިރު، އެކަމުގައި އިސްކޮށް ހަރަކާތްތެރިވި ކަމަށް ތުހުމަތު ކުރެވޭ ދެ މީހުން ކޯޓުން ވަނީ ދޫކޮށްލައިފަ އެވެ.