18 އޮކްޓޯބަރ 2021
ސާފް ޗެމްޕިއަންޝިޕުގެ ދެން އަންނަ މުބާރާތުގެ ބިޑް އަވަށްޓެރި ލަންކާ އަށް ލިބުމުގެ ފުރުސަތު ބޮޑު ކަމަށް ފްޓްބޯލް ސްރީ ލަންކާގެ ރައީސް އުމަރު ޖަސްވާރު ވިދާޅުވެއްޖެ އެވެ.
ސާފް ޗެމްޕިއަންޝިޕުގެ ދެން އަންނަ މުބާރާތުގެ ބިޑް އަވަށްޓެރި ލަންކާ އަށް ލިބުމުގެ ފުރުސަތު ބޮޑު ކަމަށް ފްޓްބޯލް ސްރީ ލަންކާގެ ރައީސް އުމަރު ޖަސްވާރު ވިދާޅުވެއްޖެ އެވެ.
ކުރިއަށް އޮތް ސާފް ޗެމްޕިއަންޝިޕް ބާއްވަން އިންޑިއާ އާއި ބަންގްލަދޭޝް އިން ވެސް ވަނީ ޝައުގުވެރިކަން ފާޅުކޮށްފަ އެވެ. ނަމަވެސް ޖަސްވާރް ވިދާޅުވީ ސްރީ ލަންކާ އަށް ބިޑް ކާމިޔާބު ކުރެވޭނެކަމުގެ އިތުބާރު އޭނާ އަށް އެބައޮތް ކަމަށެވެ.
އިންޑިއާ އާއި ބަންގްލަދޭޝް އިން ވެސް ވަނީ މީގެ ކުރިން ތިން ފަހަރު ސާފް ޗެމްޕިއަންޝިޕް ބާއްވައިފަ އެވެ. ލަންކާ ސާފް ޗެމްޕިއަންޝިޕް ބާއްވާފައި ވަނީ ދެ ފަހަރު އެވެ. އެއީ 1995 ވަނަ އަހަރުގެ ސާފް ޗެމްޕިއަންޝިޕާއި ރާއްޖެއާ އެކު ކޯ ހޯސްޓް ގައުމެއްގެ ގޮތުގައި ބޭއްވި 2008 ގެ ސާފް ޗެމްޕިއަންޝިޕެވެ. އޭރު 1995 ގައި ސާކް ގޯލްޑް ކަޕްގެ ނަމުގައި ބޭއްވި މުބާރާތް ލަންކާއިން ވަނީ ކާމިޔާބު ވެސް ކޮށްފަ އެވެ.
ލަންކާގެ ސަންޑޭ ޓައިމްސް ނޫހުން ބުނީ ސާފް ޗެމްޕިއަންޝިޕް ލަންކާގައި ބޭއްވުމަށް ސްޕޯޓްސް މިނިސްޓަރު ނަމާލް ރަޖަޕަކްސަ ވެސް ބޭނުންވާ ކަމަށެވެ.
ނިމިގެން ދިޔަ ސާފް ޗެމްޕިއަންޝިޕްގައި ރާއްޖެ އާއި ލަންކާ ބައްދަލު ކުރި މެޗު ބައްލަވާލައްވަން ނަމާލް ރާއްޖެ ވަޑައިގެންނެވި އެވެ. މެޗަށް ފަހު ނަމާލް ވަނީ ދިވެހި ސަޕޯޓަރުން ނެގި ފޯރި އާއި ތަރުހީބު ފެނިވަޑައިގެންނެވުމުން އަޖައިބުވެވަޑައިގެންނެވި ކަމަށް ވިދާޅުވެފަ އެވެ.
މި ފަހަރުގެ ސާފް ޗެމްޕިއަންޝިޕް ބާއްވަން އެންމެ ފުރަތަމަ ޝައުގުވެރިކަން ފާޅު ކުރީ ލަންކާއާ ގުޅިގެން ކުރިއަށް ގެންދިއުމަށެވެ. އެހެންނަމަވެސް މުބާރާތުގައި ފަސް ޓީމު ވާދަކުރާތީ ދެ ގުރޫޕަކަށް ޓީމުތައް ބެހެން ނެތުމުން އެ ހިޔާލު ދޫކޮށް ރާއްޖެއިން އެކަނި މުބާރާތް ބޭއްވުމަށް އެފްއޭއެމުން ބިޑް ކުރި އެވެ. ރާއްޖެ ބިޑް ކާމިޔާބު ކުރީ ނޭޕާލާ ވާދަކޮށެވެ.
ރާއްޖެ އާއި ލަންކާ ގުޅިގެން 2008 ގައި ބޭއްވި ސާފް ޗެމްޕިއަންޝިޕް ދެ ގުރޫޕަކަށް ބަހާލާފައިވާއިރު ގުރޫޕް އޭ ރާއްޖޭގައި ހޯސްޓް ކުރިއިރު ލަންކާގައި ބޭއްވީ ބީ ގްރޫޕުގެ މެޗުތަކެވެ. ސެމީ ފައިނަލް އެއް މެޗު ރާއްޖޭގައި ކުޅުނު އިރު ލަންކާގައި ވަނީ ދެ ވަނަ ސެމީ ފައިނަލް މެޗާއި ފައިނަލް މެޗު ކުޅެފަ އެވެ. އެފަހަރު މުބާރާތް އިންޑީއާ ބަލިކޮށް ޗެމްޕިއަންކަން ހޯދީ ރާއްޖެއިންނެވެ.
އަންނަ މަހު ލަންކާގައި ހަތަރު ގައުމު ވާދަކުރާ އިންޓަނޭޝަނަލް މުބާރާތެއް ބޭއްވުމަށް ވަނީ ހަމަޖެހިފަ އެވެ. އެ މުބާރާތުގައި ރާއްޖެ ވެސް ވާދަކުރާނެ އެވެ. ލަންކާ އާއި ރާއްޖޭގެ އިތުރުން ދެން ވާދަ ކުރާނީ ސީޝެލްސް އާއި ބަންގްލަދޭޝް އެވެ.
ސާފް ޗެމްޕިއަންޝިޕްގެ ސީނިއާ ދެ މުބާރާތް އަންނަ އަހަރު ބޭއްވުމާ ގުޅޭ ގޮތުން ސާފްގެ ކޮންގްރެސްގައި މިދިޔަ ހަފުތާގައި ވަނީ މަޝްވަރާ ކޮށްފަ އެވެ. މުބާރާތް ބާއްވާނެ ވަކި ގައުމެއް އެ ބައްދަލުވުމުގައި ކަނޑައަޅައިފައެއް ނުވެ އެވެ.
ބޫޓާން އަތުން ބަލިވެ ރާއްޖެ މުބާރާތުން ކެޓުމުގެ ބިރު
ރާއްޖޭގެ މައްސަލަ ސާފްގެ ކޮންގްރެސްގައި ފެންމަތިކޮށްފި
ދެ މުބާރާތުގައި ވެސް ރާއްޖެއާއި އިންޑިއާ ދެ ގުރޫޕަކަށް
ސާފް ޗެމްޕިއަންޝިޕް:ރާއްޖެ-ލެބަނަން އެއް ގުރޫޕަކަށް
ސާފް ޗެމްޕިއަންޝިޕް އިންޑިއާގައި ބާއްވަން ނިންމައިފި
ޒުވާން ގައުމީ ޓީމުތަކަށް އޮތް އަހަމިއްޔަތުކަން ކުޑަ
ލަންކާ ކައިރިން ފަހުވަގުތު ރާއްޖެ ފުއްދާލީ ޕޮއިންޓަކުން
ދިވެހި ސަޕޯޓަރުން އަހަރެން އަޖައިބުކޮށްލައިފި:ނަމާލް
ލަންކާ ބަލިކޮށް ރާއްޖެ ފައިނަލުގެ އުއްމީދު ބޮޑުކޮށްފި
ރާއްޖެ- ލަންކާ މެޗު ބައްލަވަން ނަމަލް ރާއްޖޭގައި